ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ/މިހާރު
28 ނޮވެމްބަރ 2017 - 17:44
މާލޭގެ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ހަދަން އުޅުނީ އެންމެންނަށް ހުޅުވާލާފައިވާ ލައިބްރަރީއަކާއި ކެފޭއެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެކަންތައް މިހާރު އޮތީ ދިރާސާތަކެއް ހެދުމަށް ކަމަށް ބުނެ މެދުކަނޑާލައިފަ އެވެ.
ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ހަސަން ވަހީދު މިއަދު ވިދާޅުވީ އެ މިނިސްޓްރީން ކުރިން ނިންމާފައިއޮތީ އެ ސަރަހައްދުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ކަމަށެވެ. އޭގެ ތެރެއިން ތިރީ ބުރީގައި ލައިބްރަރީއެއް ހެދުމަށް ނިންމާފައިވާއިރު މަތީ ބުރީގައި ހަދަން ނިންމާފައިވަނީ ތައްޔާރީ ކާނާ ވިއްކާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން އިން މިހާރު ބާތިލްކޮށްފައިވާ އިއުލާންގައި، އެ ސަރަހައްދުގައި ހަ ސްޓަޑީ ކިއޮސްކާއި ފުޑް އައުޓްލެޓެއް ހަދަން ވެސް ހުޅުވާލައިފައި ވެ އެވެ.
ހަސަން ވިދާޅުވީ އެ މަސައްކަތް ކުރަން ނިންމީ ހެރިޓޭޖް ޑިޕާޓްމަންޓާ ވެސް މަޝްވަރާކޮށްފައި ތާރީހީ އެއްވެސް އެއްޗަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.
ނަމަވެސް ހެރިޓޭޖް ޑިޕާޓްމަންޓުގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ އެ ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން ހައުސިން އާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އެ ތަނުގައި ކެފޭއެއް ހަދައިފި ނަމަ އެތަން އެ ލިސްޓުން އުނިވާނެ ކަމަށް ވެސް އެ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ޔުނެސްކޯއިން މިހާރު ލަފާދީފައި ވަނީ ހުކުރު މިސްކިތް ވަށައިގެން ބޮޑު ހުސް ޖާގައެއް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން އެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫތައް ނުހިންގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
30 November 2017
ލައިބްރަރީއޭ؟ ދިވެހިންނައް؟ ވައްސަލާމް!!
ބޫމް
29 November 2017
މިދަނޑިވަޅު ހެދީމާ ވޯޓުތަކެއް ގެއްލިދާނެ. 2018ގައި ޙޮވިއްޖެނަމަ އަވަހަށް ތިކަން ކުރާނެ. ތި ހަދާ ދިރާސާއަކީ މީ ދޯ؟
މުދިންބެ
29 November 2017
ލިޔުމުގައި "ހަސަން ވިދާޅުވީ އެ މަސައްކަތް ކުރަން ނިންމީ ހެރިޓޭޖް ޑިޕާޓްމަންޓާ ވެސް މަޝްވަރާކޮށްފައި ތާރީހީ އެއްވެސް އެއްޗަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ." އެއީ ކަނޑައެޅުގެން ދޮގެކެވެ. ހެރިޓޭޖް ޑިޕާޓްމަންޓުން ހައުސިންގ ގައި ދަންނަވާފައިވަނީ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކާގެ ވަގުތީ ލިސްޓަށް އެރުވާފައިވަނީ ހުކުރު މިސްކިތާއި ޙަރިއްމައާއި ޙަރިއްމާގައިވާ ޒިޔާރަތްތަކާއި މަޤުބަރާތައް ހިމެނޭގޮތަށް މުޅި ކޮމްޕައުންޑް ކަމަށެވެ. އެ ކޮމްޕައުންޑް ތެރޭގައި ޢިމާރާތެއް އަޅަން ނުވަތަ ބަދަލުތަކެއް ގެންނަން ހެރިޓޭޖް އަކުން އެއްބަހެއް ނުވާނެކަން ޔަޤީނެވެ. ސިޔާސީ މަޤާމުގައި ތިބި ފަރާތްތައްވެސް ޓެކްނިކަލް ސްޓާފުންގެ ލަފާ ހޯދާނެކަމަށާއި ޔުނެސްކޯ ޗާޓަރާއި ޚިލާފުކަމެއްކުރުމަށް އެއްބަސް ނުވާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެމީހުން ބޭނުންވާ ކަމެއް ހުކުރު މިސްކިތުގެ ޙަރިއްމަ ތެރޭގައި ކޮށްފާނެކަމަށްވެސް ޤަބޫލުކުރަމެވެ.
ޤާސިމް
29 November 2017
އެތަނުގައި ނާސިރު ވަޅުލި އިރު ތިބުނާ ތަރިކަ ކޮބާ؟
ޓޮނޭ
29 November 2017
ނާޞިރު ފަސްދާނު ލެވުނީ މާކުރިން އެތާނގެ އިރު ދެކުނު ކަނުގައި ހަދާފައިވާ ޕާކުގެ ސަރަހައްދު ތެރޭގައެވެ.
އުނބުށެން
29 November 2017
ޤައުމީ ލައިބްރަރީ ހުރިތަނާ ތިޔަ ބުނާ ތަނަކާ ދޭތެރޭ ކިތައް މޭލުގެ ދުރުމިންހުރޭތޯއެވެ. ގައުމީ ލައިބްރަރީ މިހާ އަވަހަށް ކުޑަވީތޯއެވެ. އެހެންނޫނީ އެއީ ވަކި ބަޔަކަށްނޫނީ ނުވަދެވޭ ތަނެއްތޯއެވެ. މީގެ ކުރިން ފެނިގެން ދިޔަގޮތަށް ކުއްޔަކާ ނުލާ ކޮންމެވެސް ކަމެއް ކޮލާގޮތަށް މާލޭގެ އަގުބޮޑު ބިމުން ތަންކޮޅެއް އާމްދަނީ ހޯދާނެ ކަމެއްކުރަން ބަޔަކަށް ދޭންޖެހެނީ ނޫންބައެވެ.
ދަންޑެހެލް
29 November 2017
އެކަމަކު 2011 ސާކުސަމިޓު ބޭއްވި ދުވަސް ރައީސް ނަޝީދަކީ ލާދީނީ މީހަކަށް ވީ...މިހާރު މިވަނީ ކިހިނެއް ކޮބާތޯ އެއްކަލަ ބައިގަޑު މިބުނާ ދަންނަބޭކަލުން މިހުކުރު މިސްކިތަކީ އެތަށް ގަރުނުވެފަހުރި ބިނާއެއް ތާރީހީ ތަނެއް މާލޭއަށް އަންނަ ފަތުރުވެރިންނަ ވެސް ދައްކަންހުރިމަދުތަންތަނިގެ ތެރޭން އެއްމެ އާސާރީ އެއްތަން ފަތުރުވެރިންވެސް ބޭނުމެއްނުވާނެ ހަމަގައިމުވެސް އެތަން ކޮފީވިއްކާތަނަކަށް ބަދަލުވާކަށެއް..ކޮންކަމަކާތޯ އާސާރީތަންތަން ނައްތާލަން މިއުޅެނީ.....މިގޮތަށް ކޮންމެވެސް ބަޔަކު ޢަޑޫގަންވެސް ތަޅާސުންނާފަތިކުރި އެތާގެ ވެސް ހިސްޓޮރިކަލް ޓޫރިޒަމް ކުރިއަށް ގޮސްފާނެތީ..އިގިރޭސިން އެތާއުޅުނުކަން ނަތްތާލަންވެގެން..އެނިޔަތުގެ އެތަނުގެ ހުރިއިމާރާތްތަށް ބިމާހަމަކުރީ.....
އުދުހޭ
29 November 2017
މިސްކިތްތަކަށް އަޅުކަންކުރަން ވަންނަ މީހުންނަށް ޓާގެޓްކޮށްގެން ދޮރުކައިރި ވިޔަފާރި ފާށާހިސާބަށް ދިޔައީ ދޯ؟
ކޮލެޖް ބޯއީ
29 November 2017
ހުކުރު މިސްކިތު ގޯތީގައި ކޮން ލައިބްރަރީ އެއް ނޭޅިގެން ތިޔަ އުޅުނީ؟ ގައުމީ ކުތުބްޚާނާ އެހެރީ ހަމަ އެ މަގުގައި އެހެރީ ދެ މިނިޓަކުން ހިނގާލާފަ ގޮސް ވަދެވޭ ހިސާބުގަ. އެއީ މާ ގިނަ ފޮތް ހުރި އަދި ރާއްޖޭގެ އެންމެ ބޮޑު ގައުމީ ލައިބްރަރީ. ދެން އެތަން ހުއްޓަ ހުކުރު މިސްކިތު ގޯތީގައި ކޮން ލައިބްރަރީ އެއް ނޭޅިގެން ތިޔަ އުޅުނީ؟ އެތާ އުޅުނީ ހަމަ ސައި ހޮޓަލެއް ނޭޅިގެން. އެތާ ކައިރީ އުޅޭ ބަޔަކަށް ސައި ނުބޮވިގެން. ވީމަ ދޮގު ނުހަދާ. ދޮގު ހެދި ވަރަކަށް ސޯޓު ބޭލޭނީ.
ފާއިޒްގެ ކޮއްކޮ
28 November 2017
މި ޖެހެނީ ރަބީއުލް އައްވަލް ގެ 12 ވަނަ ދުވަސް.
ބުނެލީ
28 November 2017
މިސްކިތަކަށް ވީމަ އަދި ތާރީޚީ ތަނަކަށްވީމަ ކީއްތަވާނީ އެއްކަމެއް ނުކުރިއްޔާ؟ ކަލޭމެން ހިތުހުރިހާގޮތެއް ހަދާ ގަޓުހުރިކަން ދައްކަންހުރި ތަނެއް ނޫން އެއީ. އެއީ ހުރިހާ ދިވެހި ދަރީންގެ ތަރިކައެއް.
ބާނީ
28 November 2017
މާތްކަލާކޯ.. ތިތަނުގާ އެއްވެސް ކަމެއްނުކޮށް އޮތްގޮތަށް ބާއްވަބަލަ. ލާރިބޭނުންވަންޏާ ޖީއެސްޓީ ބޮޑުކުރޭ އެގޮތް މާރަގަޅު ތިތަން ހަލާކުކުރުމަށްވުރެ. ފުޑްކޯޓް ހަދާއެހެންތަނެއްގަ. ހުރަވީ ބިލްޑިންގް ގާޒީ ބިލްޑިންގް ކޯސްޓްގާޑް ބިލްޑިންގުން ތަނެއް ރަގަޅުވާނެ