"ހަވީރު" ނޫހުގެ އިދާރާ: އެތާނގައި މަސައްކަތް ކުރި މީހުންނަށް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި ވަޒީފާ އަދާކުރުން ސިވިލް ކޯޓުން ވަނީ މަނާކޮށްފައި -- ފައިލް ފޮޓޯ
07 ޖުލައި 2016 - 19:08
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ދާދިދެންމެއަކު ނެރުނު ތިން ސަފުހާގެ ބަޔާނުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރުމަށް ފަހު ބުނެފައި ވަނީ، އަމުރާ ޚިލާފު ވެއްޖެ ނަމަ އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަށް ނިސްބަތްވާ ބައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
1. އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކޮށްފައިވާއިރު، ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާ މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީ އަށް ވެސް އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީ އަކަށް ލިބިފައި ނެތުމުން މިއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވުން.
2. މި ހުކުމް ތަންފީޒު ކުރަން ހޯމް މިނިސްޓްރީގެ މައްޗަށް އަމުުރުކޮށްފައިވާ އިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ރިއާޔަތް ކުރާއިރު ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒު ކުރެވޭނެ ނިންމުމެއް ކަމުގައި ނުވާތީ، މިއީ ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ވުން.
3. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނަކުން މެނުވީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ހ.ގެ ދަށުން ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ހިފެހެއްޓުމަކީ ނުވަތަ ހަނިކުރުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށްވީ ހިނދު، ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ޗާޕްޚާނާ އާއި ހަވީރަށް ނިސްބަތްވާ ވިޔަފާރިތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހަކު ނުވަތަ ބައެއް އިސްވެ ދެންނެވި ހުކުމާ ހިލާފުވެއްޖެ ނަމަ، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާ ހިލާފު ބާތިލް އަމުރަކަށް ވުން.
4. މި މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓުން ނެރެފައިވާ ނިހާއީ ހުކުމްގެ ގަޒިއްޔާ އާއި އެ ގަޒިއްޔާ އާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާ އިން ބެލި މައްސަލާގައި ވެސް ދައުވާކުރި ފަރާތްތަކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެދިފައި ނުވާއިރު، އެއީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
5. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތައް ކަމަށްވާ ފެބްރުއަރީ 3، 2016 އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުންގެ މައްޗަށް އެ ފަރާތްތަކުގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެންދާ ނުވަތަ ހަނިވެގެންދާ އަމުރެއް ސިވިލް ކޯޓުން ކުރިއިރު ކޯޓުން އެ ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ނެޗުރަލް ޖަސްޓިސްގެ އުސޫލެއް ކަމަށްވާ އަނެއް ޚަސްމުގެ ބަހެއް ހޯދުމާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
6. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތަކުގެ ތެރޭގއި ފެބްރުއަރީ 3، 2016އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުން ހިމެނޭ އިރު، އެކިއެކި މުއްދަތުތަކުގެ ތެރޭގައި އެކިއެކި ހައިސިއްޔަތުތަކުން، އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވުން.
Press release regarding the decision to appeal part of Civil Court case number 220/Cv-C/2016. pic.twitter.com/xow2Q4yf94
— AG Office Maldives (@agofficemv) July 7, 2016
"ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެ ނޫހާއި ނޫހުގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް "ހަވީރު" ނޫން މީޑިއާއެއްގައި ދެ އަހަރު ވަންދެން އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާކޮށްފަ އެވެ. "ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި 80އެއްހާ މުވައްޒަފުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ.
"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައި ހުކުމާ އެކު، މައްސަލައިގައި ސަރުކާރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހަންމަދު އަނިލް ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަނިލް ވިދާޅުވެފައި ވަނީ ބާތިލް ވާހަކަތަކެއް ކަމަށެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ނިންމިއިރު، "ހަވީރު"ގެ ކުރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބުރާސްފަތި ދުވަހު މި މައްސަލަ އިސްތިއުނާފު ކުރަން ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
08 July 2016
އެއީ ޢައިރު ޤާނޫނީ އަމުރެއްކަން ގްރޭޑް 7 ގެ ކުއްޖަކަށްވެސް އެނގޭނެ، އެކަމަކުވެސް އެފަދަ ފަނޑިޔާރުން ކޯޓުގައި ބައިތިއްބާނެ، އެހުކުމްކުރި ފަނޑިޔާރަކީ އެއްވެސް ތަނެއްދޮރެއް ދަންނަ ފަނޑިޔާރެއްނޫން
ހުސަންބޭ
08 July 2016
މިރައީސްވެ އިހަށްދުވަހު ވިދާޅުވީ، ސަރުކާރަށް ޕްރެޝަރު ބޮޑުވާ ވަހަކައާއި، އެގޮތަށް ޕްރެޝަރު ބޮޑުވަނީ ކޯޓުތަކުން ކުރާ ޙުކުމްތަކުގެ ސަބަބުންނޭ.
ދިވެހި ބާޒު
08 July 2016
މިފަހަރު ބަންޑާރަނައިބުގެ ޒިންމާ ފުރިހަމައަށް އަދާ ކުރައްވައިފިއެވެ. މަރްހަބާ ބަންޑާރަނައިގު!
ދޮންމޮހޮނު
08 July 2016
އެންމެންނަށް ވެސް އިނގޭ އެ ހުކުމަކީ (ހަވީރުގެ ކުރީގެ މުވައްޒަފުންނަށް) ނުހަނު އަނިޔާވެރި ހުކުމެއްކަން. އެކަމަކު ކޯޓުން ހުކުމެއް ކޮއްފާނެތީ އެކަކަށްވެސް ނުކުރެނު ޕަބްލިކްލީ އެއްޗެކޭ ބުނާކަށް. އެކަމަކު ރާއްޖޭގައިވެސް ކިޔަވައިގެން ތިބި، ހައްޤު ބަސް ބުނަން ކެރޭ މީހުން ތިބިކަން، އަދި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަން ކެރޭ ދިވެހި ދަރިން ތިބިކަން މިދައްކުވައިދިނީ އަނިލް. ރިސްޕެކްޓް. އަސްލު ހަޤީޤަތުގައިވެސް، ކޮންމެ ސިޔާސީ ޕާރޓީއެއްގައި ހުއްޓަސް، ކޮންމެ މަޤާމެއްގައި ހުއްޓަސް، މިކަންތައް މިދަނީ ރަނގަޅަކަށް ނޫނޭ، ބުނަން ކެރޭނީ ވަރަށް މަދު މީހަކަށް. ގިނަ މީހުންނަށް ވާނެ ގޮތަކީ ހައްޤު ބަސް ބުނެގެން މަޤާމް ގެއްލިދާނެޔޭ، އެކުގައި އުޅޭ (ޕާރޓީ) ރަށްޓެހިން ތެރޭ ބާކީވެދާނެޔޭ، މިއީކީ ކޮންމެހެން މަށާ ބެހޭ ކަމެއް ނޫނޭ، މިހެން ހިތަށް އަރުވާލާފައި މިކަންތަކާ ދުރުވާނީ. އަނިލްގެ ނިންމުމުން އެއިނގެނީ އަނިލް އެގަސްދުކުރެއްވީ އަނިޔާ ލިބުނު ހަވީރުގެ މުވައްޒަފުންގެ ހައްޤުގައި ފައިޓްކުރައްވަންކަން. އެކަމަކު، މިއީ ރާއްޖެ. އާޚިރުގައި ހިތި ނަތީޖާ ލިބޭނީ، އަނިލްއަށް ކަންނޭނގެ. މިހާރުވެސް ނޭނގެ މަގާމް ނުގެއްލޭ ކަމެއް. ނޫނީ ހުކުމާއި ދެކޮޅު ހެދުމުން ކޯޓުގެ ހުރުމަތް ކަނޑާލީއޭ ކިޔާފައި ހުކުމެއް ނާންނަކަމެއް. ބިރުވެރި.....
ސީރިއަސް
08 July 2016
ހަވީރުގައި ކުރީގައި މަސައްކަތް ކުރި ނޫސްވެރިން ކާން ބޯން ކުރާ މަސައްކަތް ހުއްޓާލުމަށް ޓަކައި ކަމާއި ބެހޭ ކޯޓުން ހުކުމް ކުރީ އެއީ ކޮން ބޭސިސް އަކަށް ބައްލަވައިގެން ތޯއެވެ. ރައްޔިތުންނަށް މިކަމުގައި ކޯޓުން ވެސް ފޮރުވަން ޖެހޭނެ އެއްވެސް އެއްޗެއް އޮވެގެން ނުވާނެއެވެ. ހަވީރު ނޫހުގައި ކުރީގައި މަސައްކަތް ކުރި މުވައްޒަފުން ދެ އަހަރު ދުވަސް ވަން ދެން އެމީހުންގެ ޕްރޮފެޝަން ގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ކޯޓް އަމުރު ނެރުމުން އެއީ އެނޫސްވެރިންގެ އިންސާނީ ހައްގު ތަކަށް އަރައިގަތުމާއި ދާދި އެއްފަދަ ކަމެއް ކަމަށް ވެސް ހޭޖެހޭ މުޖުތަމައު ތަކުން ގަބޫލުކުރަން ފަށާނެއެވެ. ކަން މިހެން ހުރުމުން މީޑިއާ އަށް އެބަޖެހޭ ޖުޑިޝަލް ސާރވިސް ކަމިޝަނުން މިކަމާއި ބެހޭ ފުރިހަމަ ޖަވާބު ދެއްވަން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވިފައިވާ ގޮތުގައި ކޯޓް ތަކުގެ ބެލެނިވެރި ފަރާތަކީ އެއީ ޖުޑިޝަލް ސާރވިސް ކަމިޝަން އެވެ. ދެން އަނެއް ކޮޅުން ރާއްޖޭގައި ތިބި ލޯޔަރުންގެ ގްރޫޕްސް ތަކެއް ފޯރމް ކޮށްގެން ނަމަވެސް މިކަން މިހިނގާ ދިޔަ ގޮތާއި މީ ގާނޫނީ ގޮތުން ކުރެވެން ނެތް ހުކުމެއް ކަން ރައްޔިތުންނަށް ސާފުކޮށްދޭން އެބަޖެހެއެވެ. އޭޖީގެ ވެސް ޒިންމާ އެއް މިކަން ވަރަށް ސަރީހަ ކޮށް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ބުނެދިނުން. މިފަދަ ކަންކަމަކީ އެއީ ވަރަށް ސީރިއަސް ކޮށް ބަލަންޖެހޭނެ ކަންކަމެވެ.
ބިލޯންގިންގް
08 July 2016
ހަވީރުގެ މުވައްޒަފުންނަށް ކުރީ އެއީ ޢައިރު ގާނޫނީ އަމުރެއް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބް ވިދާޅުވާއިރު ކީއްވެގެންތޯ ޖުޑިޝަލް ސާރވިސް ކަމިޝަނުން މިހުކުމް ކުރި ގާޒީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަށް މަގުފަހި ކޮށްދޭ އުސޫލުން ހުކުމް ކޮށްފައިވޭތޯ ނުބަލާ މިހާދުވަސް ވަނީ. ޔަގީނުން ވެސް އިނގޭ އެއްޗަކީ ޓެކްސް ޕޭޔަރ މަނީން ވަރަށް ގިނަ އަދަދެއްގެ ފައިސާ ދީގެން ބަލަހައްޓާ ތަނެއް ކަން ޖުޑިޝަލް ސާރވިސް ކަމިޝަން އަކީ. ދެން އެހެންވީއިރުން މިފަދަ ކަންކަން ނުބެލި މިހާގިނަ ދުވަސް ވެ މިގައުމުގައި އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަން ރައްޔިތުންނަށާއި އަދި ދުނިޔެ އަށް ގަބޫލުކުރެވެން ދެން މަޑުކުރަނީ ތޯ ޖުޑިޝަލް ސާރވިސް ކަމިޝަން އިން. އަނެއް ކޮޅުން ސްޕްރީމް ކޯޓަށް ޓެކްސް ޕޭޔަރ މަނީން ކޮންމެ މަހަކު ކުރާ ޚަރަދު ނުބައްދަލު މަޖީދީމަގުގައި ހުރި ހުރިހާ ފިހާރަ ތަކުން ކޮންމެ މަހަކު ސަރުކާރަށް ދައްކާ ޓެކްސް އާއި. މިވަރުގެ ބޮޑު ޚަރަދެއް ސްޕްރީމް ކޯޓަށް ކުރާއިރު އެކޯޓް އަށް މިފަދަ ކަންކަން ދަށު ކޯޓް ތަކުން ކުރާއިރު އެފަދަ ކަންކަން އިސްލާހު ނުކުރެވެނީ އެއީ ކީއްވެގެންތޯއެވެ. މިފަދަ ކަންކަން ސްޕްރީމް ކޯޓުން ނޫންތޯ އިސް ނަގަން ޖެހޭނީ އިސްލާހު ކުރަން. ރައްޔިތުންގެ މަޖްލީހުން އައްޔަން ކޮށްފައިވާ މެމްބަރުން ސްޕްރީމް ކޯޓުގައި މިތިބެނީ. އެހެން ކަމަށްވާނަމަ އެއީ ރައްޔިތުން އައްޔަން ކޮށްފައިވާ ފަނޑިޔާރުން ނޫންތޯއެވެ. ރައްޔިތުންނަށް ޝަކުވާ ނުކުރެވޭނެ ދަށު ކޯޓް ތަކުގެ ފަނޑިޔާރުން ކައިރީގައި. ރައްޔިތުންނަށް ޝަކުވާ ކުރެވޭނީ އެއީ ހަމައެކަނި ސްޕްރީމް ކޯޓް ގައެވެ. ސަބަބަކީ އެއީ ނުސީދާ ކޮށް ރައްޔިތުން އައްޔަން ކޮށްފައިވާ ފަނޑިޔާރުން ތިބޭ ކޯޓް އަކަށް ވާތީއެވެ. ހިތާމަ އަކީ އެއްވެސް ކަމެއް ރަނގަޅު ވަމުން ދާ ތަނެއް ނުފެނެއެވެ. މިރާއްޖޭގައި ތަރައްގީ ވެ އިސްލާހު ވަމުން ނުދަނީ އެއީ ޝަރުއީ ދާއިރާ ކަމަށްވާ އިރު މިފަދަ ކަންކަން އިސްލާހު ކުރަން ސްޕްރީމް ކޯޓުން ރޯޑް މެޕެއް ނަމަވެސް އެކުލަވާލަން ވެއްޖެ ނޫންތޯއެވެ. ހެޔޮ ނުވާނެ ކިއްލި ތަޅާ ގްރޫޕް ތައް ކަރަޕްޝަންގެ މަގުން މިގައުމުގެ ކަންކަން ގޯހުން ގޯހަށް ނުގެންދަނީސް މިގައުމުގެ ޝަރުއީ ދާއިރާ ސަލާމަތް ކުރަން ސްޕްރީމް ކޯޓުން އިސް ނަންގަވާ ދެއްވާ. ހެޔޮ ނުވާނެ މިކަން ކޮށްދެއްވާ. މީ ހަމަ ތިބާގެ ވެސް ގައުމެވެ. އިޓް ބިލޯންގް ޓު އޯލް އޮފް އަސް..
ނެޝަނަލިސްޓް
08 July 2016
ދައުލަތުގެ މުއައްސަސާ ތަކުން އަމަލުކުރަންޖެހޭ ގޮތަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިފަހަރު ތިޔަ އަމަލު ކުރެއްވީ! އުއްމީދު ކުރަން ހައިކޯޓުން ގާނޫން ނަގަހައްޓާނެ ކަމަށް! އަދި ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ސިވިލް ކޯޓުގެ ފަންޑިޔާރާ މެދު ފިޔަވަޅު އަޅާނެ ކަމަށް!!
ތުއްތޮންބެ
08 July 2016
ވަޒީފާ ދޫކޮށްފަ ގޭގަ ތިބެގެން ކުރެވެންޏާ ތިޔަބުނި ކަންކަން ވެދާނެތޯއްޗެ! ދެން އިހަށް ހިނގާ ސަރުކާރު ހުޅުވުނީމަ އޭޖީ އަނިލް އަށް ވާގޮތެއް ބަލަންތިބެމާ!
ޒިއްމާދާރު
08 July 2016
އެތައްބައެއްގެ ބޭސިކް ރައިޓްސް ނިގުޅައިގަނެވޭ މިފަދަ ބޭއިންސާފު ޙުކުމް ކުރާ ގާޒީންނާއިމެދު ހަރުކަށި ފިޔަވަޅުތައް އަޅާ، އެފަދަ މީސްމީހުންގެ ފަރާތުން ޖުޑިޝަރީ މިނިވަން ކުރުމަށް ރައްޔިތުންގެ މަޖްލިސް އަށް ގޮވާލަން.
ޝަހީމް
08 July 2016
ތިޔައީ ޢަދުލުވެރު ޙުކުމެއް.
ޟަލާމް
08 July 2016
ރައީސް މީހާ ހައްޔަރު ކުރަން އަމުރު ނެރުނު ގާޒީ ކޮބާ؟ ވީ ކިހިނެތްތޯ؟ ބުނެދީބަލަ!
ޢޭނާ
08 July 2016
17 އަހަރަށް ޖަލަށް ހުކުމްކުރީ!! ނޭނގޭތަ؟