ދިވެހި ހައްޖުވެރިންތަކެއް މައްކާގައި: ޝައިހް ނަސްރުﷲ ހައްޔަރުކުރީ ހަތަރު ހައްޖުވެރިއަކު މައްކާގައި ހާލުގައި ޖެހުނު މައްސަލާގައި -- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2017 - 10:57
އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވިކަމުގެ ތުހުމަތުގައި އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޝައިހް ނަސްރުﷲ މުސްތަފާ ހައްޔަރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ނަސްރުﷲ ހައްޔަރުކުރީ އޭނާ މިއަހަރު ހައްޖަށް ފޮނުވި ކަމަށް ބުނާ ހަތަރު މީހަކު މައްކާގައި ހާލުގައި ޖެހުނު މައްސަލައިގެ ތުހުމަތުގަ އެވެ. އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ހައްޖަށް ފޮނުވިއިރު އެ މީހުން ތިބޭނެ ހޮޓަލެއްގެ އިންތިޒާމް ވެސް އޮތީ ހަމަނުޖައްސާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ، ފަހުން އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ.
އެ މައްސަލާގައި ނަސްރުﷲ ހައްޔަރު ކޮށްފައި ވަނިކޮށް، ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ކުރި ޝަރުތުތަކަކީ ކޮބައިކަން ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިއެއް ނުލިބެ އެވެ.
އެ މައްސަލަ މިދިޔަ އޮކްޓޫބަރު މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ހުށަހަޅާފައި ވަނީ އެ މައްސަލާގައި ހަތަރު މީހެއްގެ މައްސަލަ ބަލައި ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
06 December 2017
މިކަމަށްވެސް ވައްކަންކުރާ މީހުން އުޅޭތޯ....ނަސްރުއަށް ހަމަ ސާބަސް.
ވަތުބަތާނަ
06 December 2017
އެއީ ސިޔާސީ ޝަރުޠެއްކަމަށްވާނީ.
ވިކްޓަރީ
05 December 2017
ނަސްރު ތިކަހަލަ ކަމެއް ކޮއްފާނެހެން ހާދަހާ ހީނުވޭ، އެއަށް ވުރެ މާ ޑީސަންޓް މީހެއް
އަހުމަދުބެ
05 December 2017
ހައްޖައް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ފައިސާ ލިބެން ޖެހެއެވެ.
އަލީގެ މަލީ
05 December 2017
ބަލަ އޭނަ ފޮނުވީ އެކަމު ޕާސްޕޯޓްގަ ވިސާ އޮތީ ކާކުތޯ ހަމަ ޖައްސާފަ ގްރޫޕް މެދުވެރި ނުވެ ހައްޖަށް ދިއުމަށް ހަމަ ދާހާ މީހަކަށް ސައުދީ އެމްބަސީން ވިސާ ދޫކުރާ ކަމެއް ނުދެނަ ހުރިން.. މިއީ ކޯޕަރޭޝަންގެ ޖަރީމާއެއް ނޫނީ ހައްޖު ހުއްދަ ދިން ބަޔަކާ ގުޅިގެން ކޮށްފަ އޮތް ކަމެއް.. ނަސްރުގެ އެކަނި ކަމަކަށް ނުބެލެވޭ...
ފަޤީރުކަލޯ!
06 December 2017
ކަލޭ ޤަބޫލު ނުކުރިއަކަސް ސައުދީ އެމްބަސީން ބުނެފައި އެބައޮތް އެމީހުންނަށް ވިސާދޫކުރި ވާހަކަ! ގުރޫޕަކާ ނުގުޅި ދިޔަސް ހަވާލުވެ ހުރިމީހާ އަށް އިތުބާރުކޮށް ވިސާދޫކުރާނެ! ތިބުނާ ނަސްރުﷲ ދަންނަ އެއްވެސް މީހަކު ނަސްރުﷲ އާއި ވައިވެސްނޭޅޭނެ!
އަލީ ނާޒިމް
05 December 2017
އެވެރިން؟ އޮޅުވާލުން؟ ތިހެންނުވާނެ! ގަބޫލެއްނުކުރެވޭނެ! މިހަރުވެސް އެހުންނެވީ ހުދު ފޮތިކޮޅެއްތުރު ކުރައްވައިގެން!
ހަސަނު
05 December 2017
ކުރި ޝަރުތަކީ މި އަންނަ ހައްޖު މޫސުމުގެ ކުރީން އެއްވެސް މީހަކު ހައްޖަށް ނުފޮނުވަން ކުރި ޝަރުތު...
ނަސްރާ
05 December 2017
އުފާވެރި އިމޯޝަންސް ފޮނުވީ %25 ގަ ހިމެނޭނެ އޭނަގެ އަނބި އަނބިންނާއި ބިޓުންނާއި، ވަރިކުރިކުދިންނާއި، އިންނާނެ ކަމުގެ އުންމީދުގަ ތިބި ކުދިން ކުދިންވެސް މަގޭ ސުވާލަކީ، ކޯޓާނެތީސް، ގުރޫޕެއްގެ ލިއުމެއް ނެތި ވިސާ ލިބުނީ ކިހިނެއްހޭ
އެކްސް
05 December 2017
އޭނާއަށް އެންމެ ހައްގު އަދަބު ނުދީ ދޫކޮށްލުމަކީ އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް ވެވުނު ބޭއިންސާފެއް. ޕްރިންސިޕަލްގެ މަގާމުން ވަކިކުރަންޖެހޭނެ.
އުނބުށެން
05 December 2017
ޝަރުޠަކާ އެކުވެސް އަނގައި އެއްޗެއް ބުނެގެން ހައްޔަރުކޮށްފައިވާ މީހުންނާއި ތުހުމަތެއްގައި ކޮޅެއް މެދެއް ނޭނގި ތަޅުވާ މީހުން ދޫކޮށް ނުލެވި މިފަދަ ބޮޑެތި ޖަރީމާ ފާޅުގައި ހިންގާ މީހުން ދޫކޮށްލެވެނީ ކީއްވެބާވައެވެ.