07 ޑިސެމްބަރ 2017 - 13:22
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ މޫދުން ހަ ހެކްޓަރު ހިއްކައި، އިތުރު މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ސަރުކާރުން ނިންމާފައިވާ ގޮތުން، އެއާޕޯޓު އެޅުމަށްޓަކައި މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ހިއްކާނެ އެވެ.
އެމްޓީސީސީގެ އާ ކޮންނަބޯޓު، މަހާޖައްރާފު ބޭނުންކޮށްގެން ކުޅުދުއްފުށީ ފަޅުން ބައެއް ހިއްކި އިރު، ކުޅީގެ މެދުން ބަންޑުވޯލް ޖެހުމުގެ މަސައްކަތް ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ބަންޑު ވޯލަކީ ކުޅިން ހިއްކާ ސަރަހައްދު ވަކިކޮށްލުމަށްޓަކައި ލާ ވަގުތީ ތޮއްޓެކެވެ.
އެމްޓީސީސީން މިހާރު އަންނަނީ ކުޅި ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.
ރާއްޖެއަށް މިދިޔަ ދެ ހަފުތާގައި ކުރި ވިއްސާރައިގެ ސަބަބުން މަސައްކަތް މެދުކެނޑުނު ނަމަވެސް، ވީއެންމެ އަވަހަކަށް ކުޅި ހިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު ކުޅުދުއްފުށި ކައިރީގައި: ކުޅި ހިއްކުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނޭ
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅި ހިއްކަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހުރި ގަސްތަކާއި ރުއްތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ދެން ފަށާނީ ކުޅި ހިއްކަން. އެކަމަކު އޭގެ ކުރިން، ރަންވޭ އެޅުމަށް ކުޅީ ސަރަހައްދުގައި ހުރި ގަސްތަކާއި ރުއްތައް ނަގަން ފަށާނެ. އެކަން ކުރާނީ އަންނަ ހަފުތާގައި،" ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.
ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެ އެވެ.
ރާއްޖޭގައި އޮތް ހަމައެކަނި މަށި ކުޅި ހިއްކައިގެން އެއާޕޯޓު އަޅާތީ، ތިމާވެއްޓާ ބެހޭ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެއާޕޯޓު އަޅަނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން ބުނި ގޮތުގައި އަންނަ އަހަރުގެ މެދެއްހާ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަންބެ
07 December 2017
ސާބަހޭ ސާބަހޭ ސާބަހޭ. މަހާ ޖައްލާދު ލައްވާ މުޅި ކުޅިދުއްފުށި ތަޅާ ތިރިއަރުވާ. ކޮން މަށި ކުޅިއެއް، ކަނޑޫފަލެއް، ރޯނުވެށުމެއްތޯ. ދެން ކުޅިދުއްފުށި އެންމެން އަތިރިމައްޗައް އަތްޖަހަން ނުކުމޭ. ބޭނުންވަނީ މާލެ ވާންށޯ. ރަގަޅައް މާލެކޮއްލަދީބަލަ!
އޮޅާލާ
07 December 2017
ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ. ފެނޭދޯ. ފެނޭތޭ ފެނޭދޯ. އެއޮތީ އެއާރޕޯރޓް ހިއްކަން މޫދު ވެސް ހިއްކާފައި އަދި ކުޅި ވެސް ހިއްކާފައި. ހުންނާނެ މިހާރު ޓްވިޓަރޭ މެންނަށް ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ. ކޮން ކުޅި އެއްތޭ ކުޅި އޮޅާލާ އޮޅާލާ އޮޅާލާ..
ހާސަރު
07 December 2017
ހިއްކަން ވެލިނަގާގޮތް އެގޭ މީހަކު އެބަހުރިތަ! ފުރަތަމަ ކުޅުދުއްފުށީކައިރިން ނަގަން ފެށީ މިހާރު ވެސް ވެލިނަގަމުން އެދަނީ ސީދާ އީޕީއޭގެ ގަވާއިދާ ޚިލާފަށް! ދެން އަޅެ އީޕީއޭ މީ ކިއްކުރާ ތަނެއް!؟
ކާފަ
07 December 2017
ކަލޯ މަގޭ މަގޭ އެނދާ ފާހާނަޔާ ދެމެދު އެއަރޕޯޓެއް އަޅައިދީބަލަ!
ބަދިގެ
07 December 2017
އަވަހަށް އެއަރޕޯރޓް އަޅަންވީ
ލިން
07 December 2017
އަބަދުވެސް 6 ހެކްޓަރ... މީގެ ހަފްތާއެއްގެ ކުރިން ވެސް ބުނީ 6 ހެކްޓަރޭ 2 ދުވަސްތެރޭގަ މޫދުބައި ނިމޭނެއޭ.. ތިޔައީ މަހާ ޖައްރާފެއް ނޫން މައިކްރޯ ޖައްރާފެއް.. މަހެއްވާއިރު 9 ހެކްޓަރ ނުހިއްކޭ..
2564
07 December 2017
ދެގެ ދޭތޭރޭގައި އެއަޕޯޓް އެޅުމަކީ ފްލައިޓް ސޭފްޓީއަށް ގެއްލުން ހުރި ކަމެއް. ކޮންމެ ލޭޑިންއަކީ ބޮޑު ކަމެއް. ލޭންޑިން ގިނަވިވަރަކަށް މެއިން ޓަނަންސް ހައިވޭ! އެކަމަކު ސަރުކާޜު މަތިން ބޯޓު ކުންފުނީގައި ސީޕްލޭން އޮވެމެ އޭގެ ޕްލެޓް ފޯމް ނަހަދަނީ ކޮންކްރީޓަށް ތަޅާ ލާރި ތަޅަން ނުލިބޭނެތީ ކަޓާއެކު. ހެޔޮނުވާނެ ތިޔަ ކަން ކުރަން. ހަނިމާދުން މަތިންދާ ބޯޓެއްގައި ކުޅުދުއްފުއްޓަށް ދިއުމަކީ އޭވިއޭޝަން ސެކްޓަރުގެ ބޮޑު ޖޯކު. ނުރައްކާތެރި ޖޯކެއްވެސް މެ. ޖޯކު ފަހުން ވާނީ ވިހަ.
ފޮނި ކަލޯ
07 December 2017
ހޫން ހޫން.........! ހިއްކާފަ ބަހައްޓާ ގެޔާ ބަދިގެޔާ ދޭތެރޭގަވެސް ޖެހޭނެ ވޯޓު ހޯދުމައް އެއާޕޯޓް އަޅަން