މަގޫދޫގައި އޮތް ޖަލްސާއަކަށް ބިލެއްދޫން ފަތާފައި ދަނިކޮށް މަރުވި ނާހިދު
18 ޑިސެމްބަރ 2017 - 14:03
ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ އަށް، އެ އަތޮޅު ބިލެއްދޫން ފަތާފައި ދަނިކޮށް މަރުވި އިބްރާހިމް ނާހިދުގެ އާއިލާ އަށް އެމްޑީޕީން އެހީތެރިވާން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ އިދިކޮޅު އެހެން އެކްޓިވިސްޓުންނާއެކު މި މަހުގެ އަށް ވަނަ ދުވަހު ފަތާފައި ދަނިކޮށް މަރުވި ނާހިދަކީ އެ ޕާޓީގެ އިޚުލާސްތެރި މެމްބަރެއް ކަމަށާއި އެހެންވެ، އޭނާގެ އާއިލާ އަށް އެމްޑީޕީން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު، ގޮތެއް ނިންމާނީ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ކަމަށް އެމްޑީޕީން ބުންޏެވެ.
"އެހީގެ ގޮތުގައި ފައިސާ ދޭނީތޯ ނޫނީ އެހެން ގޮތެއް ހަމަޖައްސާނީ އަޅުގަނޑުމެން ކަނޑައަޅާނީ އާއިލާއާ މަޝްވަރާ ކުރުމަށް ފަހު. އާއިލާއާ އަދި އެކަމާ ގުޅޭގޮތުން ވާހަކަ ނުދައްކާ މިއުޅެނީ ހިތާމައިގެ ވަގުތުގައި އާއިލާ އަށް ވަގުތު ދޭން ވެގެން،" އެމްޑީޕީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
މަގޫދޫގައި އޮތް އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ
އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.
ނާހިދު މަރުވީ، މޫދަށް ފުންމާލިތާ މާގިނަ އިރުތަކެއް ނުވަނީސް މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޑޮކްޓަރުން ބުނާގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
މަރުވި އިރު ނާހިދުގެ އަންބަކާއި ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
އޭނާ މަރުވި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވި ނަމަވެސް، އެ ޖަލްސާއަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަޑައިގަތީ ނާހިދުގެ ޖަނާޒާގެ ކަންކަން ނިންމާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޕީ
18 December 2017
އަހަނ. ކޮންކަމެއް ފޮރުވަން ތިއުޅެނީ. މިހާރު ރައްޔިތުންނަށް ކަލޭމެންގެ ގޮތް އެނގިއްޖެ.
ކޮލެޖް
18 December 2017
މީހަކު ގަސްދުގަ މަރާލާފަ ދެން އެއާއިލާއަށް ވެވޭނެއާެހީއެއް އޮންނާނެތަ.
ހެހެހެހެހެެ
19 December 2017
އެހެން ވިއްޔާ މޫދަށް އެރޭ ހމަ ކޮންމެ މީހަކު އެރެނީ ގަސްދުގައި މަރުވާންތަ؟ މިހިރަ ފެންނަ ކޮލެޖް ބީތާ...
ރައްޔިތުމީހާ...
18 December 2017
އަމިއްލަ ހާލާނޫޅެވޭބަޔަކު ކިހިނެއްތޯ އަނެކުންނަށް އެހީވެދޭނީ އެހެންނޫނަސް ވެރިކަމާ ފައިސާގެ ދަހިވެތިކަމުގައި ޤައުމުގެ މަސްލަހަތުނަގަމުން ބޭރުގައުމުތަކަށް މިޤައުމަށްއަރާ ސަރުކާރު ބަދަލުކޮށްދޭށޭބުނެ އާދޭސްކޮށް ރޮމުންދާބަޔަކަށް އަނެކުންނާމެދު ވިސްނުމުގެ ފުރުސަތުއޮންނާނެތޯ؟ އަދިވެސް މިއުޅޭ ހުސްސިކުނޑިތަކަށް ވިސްނޭވަރެއްނުވޭވިއްޔާ !
ބީޓްއިޓް
18 December 2017
މަރުވި ނާހިދުގެ އާއިލާއަށް އެމްޑީޕީން އެހީވަނީ ކަމަށް އެމެން ޕްރޮޕެގެންޑާ ފަތުރާނެއޭ ހަގީގަތުގައި އެހީއެއް ނުވާނެއޭ އެއީ ޔަގީން ކަމެކޭ މިކަމަކީ އެއީ މީޑިއާ އިން ފަލަ ސުރުޚީ އިން ޖާގަ ހޯދަން ވެގެން އެމެން ކުރާ ކަމެކޭ. އެމްޑީޕީ އަށް ސަރުކާރުން ދޭ ފައިސާ ގަނޑުން ޚަރަދު ކުރަނީ ކެނެރީގެ ނަޝީދު ބޭކާރު ޚަރަދު ކޮށް އޭނާ ބޭނުން ކަން ކަން ކުރުމަށާއި އޭނާ ލަންޑަނުން ލަންކާ އަށް ބިޒްނެސް ކްލާހުގައި ދަތުރު ކުރުމަށޭ. ކާކުތޭ ބުނީ އޭނާ ގާތު އޭނާ ބިޒްނެސް ކްލާހުގައި ދަތުރު ކުރާށޭ އޭނާ ވެސް ދަތުރު ކުރަން ޖެހޭނީ އިކޮނޮމީ ކްލާހުންނޭ ކޯއްޗެއް ހަދާނަމޭ ހިތާތޭ ތަމެން ރަންރީނދުލޭ މެން ތިޔާ އުޅެނީ. ތަމެން ނަށް ކުޅަދާނަ އެއް ނޫނޭ ރާއްޖޭގައި 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓަކަށް ވާން. ނޯ ވަން ކޭން ބީޓް އަސް. ޖަސްޓް ބީޓް އިޓް ބީޓް އިޓް ބީޓް އިޓް.
ބީޓްގެ އަމާގެ ބަފާ
18 December 2017
ބީޓް ވާނެ ވަރަށް ރީއްޗަށް ކަލޭ.
ބޭބެ
18 December 2017
ވިސްނުން ކޮށި ކުދިންނަށް މިފަދަ ކަންކަން ކުރުމަށް އިތުރަށް ހިއްވަރު ދޭން ބަޔަކު އެބަ އުޅޭތަ