ޚަބަރު / އިންވެސްޓްމަންޓް ފޯރަމް 2017

ތަރައްގީގެ ރާސްތާ ވަރަށް އުޖާލާ، މިއީ އިންވެސްޓްކުރަން ފަހި ވަގުތެއް: ނައިބު ރައީސް

ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު (ވ-3) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި މިއީ އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ފަހި ވަގުތު ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު، ދުބާއީގައި، ވިދާޅުވެއްޖެ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ފެށި ރާއްޖޭގެ ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް 14 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް އައިސްފައިވާ ކަމަށެވެ. އަދި އަމާޒަކީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ރާއްޖެ ހެދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދުބާއީގައި މިއަދު ފެށި އިންވެސްޓްމަންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އައިކަން ފާހަގަކުރައްވައި ޖިހާދު ވިދާޅުވީ އިގްތިސާދު ހަ ޕަސަންޓަށް ކުރިއަރާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، ބޮލަކަށް ޖެހޭ މިންވަރު 8،933 ޑޮލަރަށް (137،745ރ.) އަށް އެރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންވެސްޓަރުންނަށް ބުނެލަން ބޭނުންވަނީ ރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައޭ. އިންވެސްޓްމަންޓުތައް ރައްކާތެރިކުރެވޭނޭ. ރާއްޖެ އިން ބޭނުންވަނީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ހަދަން. ރާއްޖޭގައި އިންވެސްޓް ކުރަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނޯންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް މަނެޓަރީ ފަންޑު (އައިއެމްއެފް) ފަދަ މާލީ ޖަމިއްޔާތަކުން ނެރެމުން އަންނަ ރިޕޯޓުތަކަށް ބަލާއިރު ރާއްޖެ މިހާރު އިގްތިސާދީ ގޮތުން ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭ ކަމަށެވެ. އެގޮތުން ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓްގެ އިތުރުން ދަތުރުފަތުރާއި ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ކުރިއަރަމުންދާކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ބޮޑެތި އަމިއްލަ އިންވެސްޓްމަންޓުތަކެއް މިހާރު ވެސް ދަނީ ހިނގަމުން. ޓޫރިޒަމް ދާއިރާ އާއި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން، ހޮސްޕިޓަލް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ޖިހާދުގެ ވާހަކަފުޅުގައި ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމާއި ސިއްހީ ދާއިރާއާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިން މިނިސްޓަރު ސައީދާއި ދުބާއީގެ އިކޮނޮމިކް މިނިސްޓަރު ފޮތެއް ބައްލަވާލައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ. އަދި އިންވެސްޓްމަންޓުތައް ރައްކާތެރިކޮށްދޭނެ ކަމަށާއި ރާއްޖޭގައި ވިޔަފާރި ހިންގަން ވެސް ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށް، ރައްކާތެރިކަން ހޯދައިދޭން ކަމާ ބެހޭ ގާނޫނީ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލުތަކާއި ހެދޭ އެއްބަސްވުންތައް ވިޔަފާރީގެ ބައިވެރިންނަށް މަންފާ ލިބެނިވި ގޮތަށް ބައްޓަން ކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދުބާއީއަކީ ދެ ގައުމުގެ ވިޔަފާރިއަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ލިބެން ހުރި ފައިދާތަކާއި ހުރި ފުރުސަތުތަކުގެ ފުރިހަމަ މައުލޫމާތު ހޯއްދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރަން ބާރުއެޅުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދަވާ ފޯރަމެކެވެ. އެގޮތުން މިިދިޔަ އަހަރު އިންޑިއާގައި ފޯރަމް ބޭއްވިއިރު، 2015 ގައި ޗައިނާގައި، 2014 ގައި ސިންގަޕޫރުގައި ބޭއްވި އެވެ.

20 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 3%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހްޖަބީނު

19 December 2017

މި ނައިބުވެސް ވަރަށް އެކަހެރި ގެންގުޅޭލެއް

The name is already taken The name is available. Register?

ހަބޭސްބބބބ

19 December 2017

އަބަދުވެސް ގޮވަނީ ތަރައްޤީގެ ވާހަކަ ބޮޑެތި އިންވެސްޓަރުން އަންނަވާހަކަ ؟ ދައްކަނީ ބުރިޖް ވާހަކަ

The name is already taken The name is available. Register?

އަލީގ

19 December 2017

ކޮބާ ތިބުނާ އިންވެސްޓަރުންނައް އޮތް ހިމާޔަތަކީ ދާދި މިދާކައް ދުވަހު މިތިނުން މިކީ ބޮޑުބޭފުޅަކު ރިސޯޓުގެ މައްސަލައިގަ އެގްރީމެންޓުގަ އޮތްގޮތައް ސިންގަޕޯރ އާބިޓްރޭޝަނުން ނިންމި ނިންމުމެއް ރާއްޖޭގެ ކޯޓަކައް ހުށަހަޅާ އެބޭފުޅާ ބޭނުންވާ ނަތީޖާ ނެރެލިވާހަކަ. ދެން ކޮން ހިމާޔަތެއް، މިކިޔަނީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު ކުންފުންޏަކައް ޖެހުނުހާލު.

The name is already taken The name is available. Register?

ހާލަތު

19 December 2017

ބޮލަކަށް ޖެހޭ މިންވަރު 8،933 ޑޮލަރަށް (137،745ރ.) އަށް އެރިއަށް ގިނަ ރައްޔިތުންނަށް ކުރި ފައިދާއެއް ނެތެވެ. ޖީބަށް އިތުރަށް ވަން އެއްޗެއް ނެތެވެ. ޚިދުމަތުގެ އަގުތަކަށާއި ސީދާ ޓެކްސްގެ ގޮތުގައި ދައުލަތައް ދައްކަންޖެހުނު އަދަދު އިތުރުވެ ތަކެތީގެ އަގު އުފުލުމުން ޖީބުން ބޭރުވާ ބައި ވަނީ ގިނަވެފައެވެ.

The name is already taken The name is available. Register?

ސޯމާސް

19 December 2017

ތަރައްގީގެ ރާސްތާގައި ފައިސާ ޖީބައް ގިނަކޮއްގެން ހެވިފަ ތިބެނީ ސަރުކާރައް ނިސްބަތްވާ މަދު ބަޔެއް.. އެހެން ހުރިހާރައްޔިތުން ގެ ޖީބަ ވަނީ ނިކަމެތިކަމާއި ދަރަންޏާއި ފުރުސަތު ގެއްލުން.. ދެން ތިރާސްތާގައި ތިބެން ބޭނުންވާނީ ހަމަ އެކަނި މި ސަރުކާރުގެ އައުވާނުން..

The name is already taken The name is available. Register?

އަދީބު

19 December 2017

ނާސަރީ ކުއްޖަކު ވެރިކަމުގެ ހުއްޓަސް ބޭރުގެ ޤައުމުތައް ލައްވާ ތިގޮތަށް ތަރައްޤީ ކުރެވިދާނެ. އެކަމަކު ޕޕމ އިން ދެއްކި އިޤްތިޞާދީ މާހިރަކަށް ވޯޓު ދިނީކީ ދަރިންގެ ދަރިން ދަރުވާލާފައި ތަރައްޤީ ކުރާކަށް ނޫން. އެންމެ އުޖާލާ ރާސްތާ އަކީ ލޯން ނުނަގާ ދަރަނިވެރި ނުކޮށް ކުރެވޭ ތަރައްޤީ. މިހާރު ތިޔަ ގެނެވެނީ ފަހުގެ ޖީލުތަކަށް ހިތި އެހެނަސް މިހާރު ކަންކުރަން ތިބި މީހުނަށް މެޑެލް ޖެހޭ ތަރައްޤީއެއް.

The name is already taken The name is available. Register?

ޓޫވެލް

19 December 2017

ތަރައްގީގެ ރާސްތާ އުޖާލާ މިވަނީ އެއީ މަމެން ޕިންކީން މެޖިކް އެއް އައި ގޮތަށް 2012 ގައި އުފައްދާ އަދި 2013 ގައި ރާއްޖޭގެ ވެރިކަމަށް ވަރަށް ލޯ ޕްރޮފައިލް އެއްގައި ތިބެފައި އައުމުންނޭ. މާ ބޮޑަށް ރަނގަޅެވެ. މަމެން މިރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފަހު ރާއްޖޭގެ ބަޖެޓް އަރަނި ކޮށް ރާއްޖެ ރޮޓެން ކަންޓްރީ އަކުން ބިއުޓިފުލް ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަނީއެވެ. ޓޫވެލް. މަމެން ޕިންކީންގެ ވެރިކަމުގައި މާލެ ސަރަހައްދުން ރާއްޖޭގައި 10 ހާހުން ދަށުގެ އާބާދީ ހުރި ހުރިހާ ރަށްރަށުގެ މީހުން ތައް މާލެ ސަރަަހައްދަށް ބަދަލު ކުުރުމަށް ޓަކައި ސައިލެންޓް މައިގްރޭޝަން ޕޮލިސީގެ ދަށުން ރާއްޖެތެރޭގެ އެންމެން މާލެ ސަރަހައްދަށް ބަދަލު ކޮށް މާލެ ސަރަހައްދުގެ އިކޮނޮމީ އަކީ އެއީ ސާރކްގެ ބިޒްނެސް ކެޕިޓަލް ކަމަށް ހަދަނީއޭ. އޯ އަވަރ ސްވީޓް ޕޮޒިޝަން ގިވްސް އަ ހެޕީ ފީލިންގް ޓު މައި މައިންޑް އެން އައި ކޭން ޕިކްޗަރ އިޓް އޯލް ޓޫ ވެލް. އޯއޯއޯ އޯއޯއޯ އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް.

The name is already taken The name is available. Register?

އެކްސް

19 December 2017

ޖީޑީޕީ ބޮލަކަށް ޖެހޭވަރު 8900 ޑޮލަރަށްވުރެ މަތި. އެކަމަކު މިއުޅެންޖެހެނީ އަނގަޔާ އަތާ ދިމާނުވެގެން. ކަމެއް ޖެހިއްޖެނަމަ ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނުދުވެ ވާކަށް ނޯވޭ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއްނެތް. ހަމައެކަނި ތަޅާލާ އަނގައަކުން އިންވެސްޓަރުންނެއް ނާންނާނެ. ކޮރަޕްޝަން މުލުން ލުހެލައިގެން ނޫނީ މިގައުމަށް ކުރިއެރުމެއް ނެތް. ނާއިބު ރައީސް ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކިއަސް ގައުމުގެ ހާލަތު އޮތީ ވަރަށް ދަށުގައި، ބަނގުރޫޓުވުމާއި ދާދި ކައިރީގައި.

The name is already taken The name is available. Register?

ކުރުކޮށް

19 December 2017

ފޭކު

The name is already taken The name is available. Register?

ލިވްއިން

19 December 2017

ތަރައްގީގެ ރާސްތާ އުޖާލާ ކުރަން މަމެންގެ ވެރިކަމުގައި ފުރަތަމަ ކުރި ކަމަކީ އެއީ ރާއްޖޭގެ ކެޕިޓަލް ސިޓީ ދަ ގްރޭންޑް މާލޭގެ މަގުމަތީގައި މުޒާހަރާ ނުކުރެވޭ ގޮތް ހެދުން އަދި ދަ ރާއްޖެތެރޭ ރަށްރަށުން މީހުން މާލެ އަށް އަރާ މާލޭގައި މުޒާހަރާ ނުކުރެވޭ ގޮތް ހެދުމެވެ. އެކަން ވުމުގެ ސަބަބުން ރާއްޖޭގައި ވިޔަފާރީގެ ފުރުސަތު ތައް ފަހިވެ އަދި އިންވެސްޓްމެންޓްސް ތައް ރާއްޖޭގައި އިތުރު ވެގެން މިދަނީ. އެމެން އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ވަނީ އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ވިއްކާލާފައެވެ. އެހެން އޮތްވާ އެކަން ބަދަލު ކޮށް ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދުމަށް ޓަކައި ރާއްޖެ ރޮޓެން ކަންޓްރީ އަކުން ބިއުޓިފުލް ކަންޓްރީ އަކަށް ބަދަލު މިކުރަނީ އެއީ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނި އެވެ. އިން ދިސް ޕްލޭސް ޔޫ ވިލް ފީލް ދެއަރ އިޒް ނޯ ހާރޓް އޯ ސޮރޯ. މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް.. ދިސް އިޒް ދަވޯލްޑް ވީ ލިވް އިން.

The name is already taken The name is available. Register?

ތިޖޫރީ ބިންތު ހާމާނު

19 December 2017

މިވެރިކަމައް 4 އަހަރު ވީއިރު އެތަކެއް ގޮތްނޭނގޭ މަރުގެ ހާދިސާތަކެއް ވަނީ ހިނގާފަ އެކަންވަނީ ނުބެލިފަ ހުރިހާބާރެއް މަމެންބަނޑު ދޮށުލައިގެން ވެފަވާ ވައުދެއް ނުމެފުއްފާ ރާއްޖެތެރެ ފެލައިގެން ލިބޭޓެކުހުން މާލޭ ފުޅުސަރަހައްދު ބަރާކޮއް ހޮސްޕިޓާ ނަމެއްގަ ހަދާފަ ރިސޯޓުހިއްސާނުދީ މަސްވެރިން ބާނާ މަހުގެ 4 ގަނޑުމަސް ބަނޑުފުޅު އަޅުއްވާފަ ކަށިފޮތިދީފަ ކުޅުދުއްފުށި ހޮސްޕިޓާ ހާލުގަ ޖައްސާފަ މަމެންކުރާ ވައްކަމުގެ ވާހަކަ ހަޖަމުނުވެގެން މުޒާހަރާ ކުރިޔަނުދީ މީވާވެރިކަމެއްތަ ނޫނީ ބލ ވެރިކަމެއްތަ؟

The name is already taken The name is available. Register?

ހައްޤުބަސް2018

19 December 2017

ނޫނޭ ތަމެން އެންމެ ފުރަތަމަވެސް އަދި އެންމެފަހުންވެސް ކުރިކަމަކީ ދަޢުލަތުގެ ޚަޒާނާ ދަވާލާ ޕަކަޅާކޮށްލުން ދެން ބޮޑެތި ލޯނު ނަގައިގެން މުޅި ޤައުމު ދަރުވައި ރިޒާވް ހުލިކޮށްގެން 5 މިނެޓުން ދެވޭ ހިސާބެއްގަ ބުރިޖެއް އެޅުމާ މާލެ ތޮއްޖައްސާ ކުލީގެ އަޅުން ގިނަ ކުރުމަށް 9 ފޫޓް 8 ފޫޓުގެ ކުޑަގޮޅިތަކެއް ހިމެނޭ ފުކެޓްތަކެއް އަޅަން އެކި މީސްމީހުންނަށް ހަވާލުކުރުން ފަދަކަންކަން އޭގެ އިތުރުން މާރާމާރީއާއި ވަޅިހަރައި މަގުތަކުގަ އެތަށް ބަޔަކު މެރުން..ގުރޭޓަރ މާލޭ ކޮންކްރިޓް ދައްކައިގެން މަމެންގެ ވޯޓެއް ނުލިބޭނެ ހަނދާން ނައްތާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454