މީރާ: ހަތަރު ކުންފުންޏަކުން ދައްކަން ޖެހުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ --ފޮޓޯ/މިހާރު
22 ޑިސެމްބަރ 2017 - 15:09
ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ހަތަރު ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ އާއި މިދިޔަ ހަފުތާގައި ވަކިވަކިން ހުކުމްކުރީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނުދައްކާ ތިން ކުންފުންޏަކާއި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ ނުދައްކާ ކުންފުންޏެއްގެ މައްޗަށެވެ. އެ ފައިސާ ދައްކަން ކޯޓުން ހުކުމްކުރީ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދައުވާ ކުރުމުންނެވެ.
އެ ހަތަރު ކުންފުނިން ޖުމްލަކޮށް ދައުލަތަށް ދައްކަން ޖެހުނު 2.8 މިލިއަން ރުފިޔާގެ ތެރޭގައި، ޓެކްސް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވެސް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި 98،000 އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.
ދައުލަތަށް ލިބެންޖެހޭ އެކި ބާވަތުގެ ޓެކުހާއި ފީގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން އެކި ފަރާތްތަކުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޭބޯ
24 December 2017
ކިތައް ކިތައް ކުންފުނި ބަނގުރޫޓުވެގެން އުވިގެން ގޮއްސި؟؟؟؟؟ ތިޔަ މީރާޢެއް އައިފަހުން. ކޮންމެވެސް އެއްޗެކޭކިޔާފަ މީހުން ފެލާލާނެ.
މެންޓަލިސްޓް
23 December 2017
ޓެކްސް ނުދެއްކުމަކީ މައްސަލައެއް ،،،، ނަމަވެސް އެނުދައްކައިގެން އިކުރާ ޖޫރިމަނާއަކީ އެއްވެސް ހާލެއްގައި ނަގައިގެންވާނެ އެއްޗެއްނޫން ،،،، މިސާލަކަށް އަޅުގަނޑު ދަންނަ ކައިރިއަތޮޅެއްގެ ފިހާރަހިންގާމީހެއްގެ ޖޫރިމަނާއަށް އެބައޮތް 8 ލައްކަ ރުފިޔާ އަރާފައި ،،، އެމީހާގެ ފިހާރައިގެ އެވަރަށް މުދާވެސް ނެތް ،،، މާނައަކީ އެމީހާ ފިހާރަވިއްކާލައިގެންވެސް ސަލާމަތްވާކަށްނެތޭ ،،،، އިސްލާމީ ގައުމެއްގައި މިވަރު ބޮޑެތި ޖޫރިމަނާކޮށް ވިޔަފާރިތަށް އިނދަޖައްސާލުމުގެ ސިޔާސަތު ގެންގުޅުމަކީ އަޅުގަނޑަށް ބުނެވޭނީ އެއީ ހަމަ ސީދާ ރިބާ ކަމުގައި ،،، ދެން ދީނީ އިލްމްވެރިން ދެކޭނެގޮތެއް އަޅުގަނޑަކަށް ނޭންގޭ ،،،، މައައްސަލާމާ ،،،
ފޮޅި
22 December 2017
ކޮބާތަ އެ 4 ކުންފުންޏަކީި... މީވެސް ޚަބަރެއްދޯ
ހަސަން
22 December 2017
މުޅިންވެސް ދުވަނީ ކުދި ވިޔަފާރިތަށް ފަހަތުން ... ސިޔާސީ މަޤަސަދެއްގައި ނޫނީ ބޮޑު ވިޔަފާތިކާ ވައިވެސް ނޭޅޭ ... ޤަވާއިދުތަށް އޮންނަނީ މީރާގެ ބަނޑުގެ ( މާނައަކީ އެމީހުން ނެރެން ބެނުންވާ މާނައެއް ނެރި ނުފުދުނީމަ 'ޓެކްސް ރޫލިންގް' ނެރެ ޒިންމާ ކުރުވަނީ).