24 ޑިސެމްބަރ 2017 - 08:13
އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި އިއްޔެ 3-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން ހޯދި ފަސޭހަ މޮޅާ އެކު މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެ ޓީމަށް މި މެޗުގައި އޮތް އެންމެ އެޑްވާންޓޭޖަކީ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިންނަށް މި ސީޒަނުގައި ކުޅުނު ސީނިއާ ޓީމުގެ މުބާރާތްތަކުން ފުރުސަތު ލިބިފައި ވުމެވެ.
އިއްޔެގެ މެޗުގެ ފުރަތަަމަ ހާފުގައި މާޒިޔާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ އިރުފާން އާދަމް ނަސީރު އާއި ހަސަން ފުވާދު އެވެ. އިރުފާން އަކީ މި ފަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ދ. ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިޔެކެވެ. އަދި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް ކުޅުނެވެ.
ދެ ވަނަ ހާފުގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް އަތީގު އެވެ. މާޒިޔާ އިން ވަނީ އެންމެ ފަހުން ކުޅުނު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި އެ ޓީމުގެ ސީނިއާ ޓީމުން ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ޝަމީމް އާއި މުހައްމަދު ސަހާއު އަށް ފުރުސަތު ދީފަ އެވެ. އިއްޔެގެ މެޗުގައި މި ދެ ކުޅުންތެރިން ވެސް ކުޅުނެވެ. އަދި މާޒިޔާ ކެޕްޓަންކަން ކުރީ ގައުމީ ޓީމުގެ ކީޕަރު ހުސެން ޝަރީފް އެވެ.
މި ފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު މަދުވުމުން މުބާރާތް ކުރިއަށްގެންދަނީ ލީގު އުސޫލުންނެވެ. ފުރަތަމަ ދެ މެޗު ނިމުނުއިރު ފައިދާ ލަނޑުން ކުރީގައި އޮތީ މާޒިޔާ އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް ތަށި މިލްކުކުރަން ނުކުތް އީގަލްސް ވާދަކުރާނީ މާޒިޔާއާ އެވެ. މާޒިޔާ އަކީ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވި އަހަރުގެ ޗެމްޕިއަން ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހޯރަ
24 December 2017
އެފްއޭއެމުން ހިންގާ މުބާރާތްތަކުގަ ސީޒަނެއްގައި 1ކުޅުންތެރިއަކަށް ގިނަވެގެން ކުޅެވޭނީ 2ޓީމަށް ކަމަށް ގަވާއިދުގަ އޮންނައިރު އެފްއޭއެމުން ހިންގާ 21އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގަ އިރުފާން މާޒިއާ އަށް ކުޅެނީ ކޮން ގަވާއިދެއްގެ ދަށުންބާ؟ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ދ. ކުޑަހުވަދޫ ޓީމާއި އަދި އއ. މާޅޮހަށް ކުޅެފަ ވާނަމަ އިރުފާނަށް މާޒިއާ އަށް މިކުޅެވޭ ގޮތެއް ސާފުކޮށްލަން ބޭންން
ކުޑަ ހޯރަ
25 December 2017
އެއީ ލިޔުމުގެ ކުށެން އިރޭ މާޅޮހަށް ނުކުޅޭ .. ސާފުވެންޖެ ތޯ !!
ސުބް އިލެކްޓްރޯނިކްސް
24 December 2017
ޕްރައުޑް އޮފް ޔޫ އިރުފާން (ޑާޑާ) !!
ޑާޑާ ގެ މެނޭޖަރު ހާއްޓެ
24 December 2017
މަރުހަބާ އިރުފާން ބްރޯ!!