ރައީސް ޔާމީން ނ. މާޅެންދޫގެ ބަނދަރު ހުޅުއްވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
24 ޑިސެމްބަރ 2017 - 11:55
ނ. މާފަރުގެ އެއާޕޯޓް އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ތިން އަތޮޅެއްގެ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން އެ ރަށުގެ ބަނދަރާއި އާ މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މާފަރުގައި ހަދާ އެއާޕޯޓް ނިމުމުން އިގްތިސާދީ ގޮތުން ނ. އަތޮޅަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެ އެއާޕޯޓާ އެކު އެ ސަރަހައްދަށް ޓޫރިޒަމް ފުޅާވެ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓެއް ނުހެދިގެން އުޅޭތާ ގާތްގަނޑަކަށް 10-12 އަހަރު ވެދާނެ އެވެ. އެ ދިގު އިންތިޒާރަށް އަންނަ އަހަރުގެ މެދުތެރޭގައި ނިމުން އަންނާނީ، އެ ރަށު ބަނދަރުގެ މަސައްކަތާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން މާޅެންދު އަށް ވަޑައިގެން ކުޑަކުދިންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
"އަންނަ އަހަރުގެ މެދުތެރޭ މާފަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދާރާ އެކީގައި ޓޫރިޒަމްގެ ފަސޭހަކަމާއި ތަނަވަސްކަން މުޅި ނ. އަތޮޅަށް މިހާރަށް ވުރެން ބޮޑަށް ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓް ހަދަން ބިން ސާފުކޮށް ނިންމާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ހަ މަސް ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އެ އެއާޕޯޓުގެ މަސައްކަތް މިހާރު ހަވާލުކޮށްފައި ވަނީ، ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ހިއްސާވާ ސަން ސިޔާމް ރިސޯޓްސްއާ އެވެ. މާފަރުގެ އެއާޕޯޓް ހަދަން އެ ކުންފުނިން ހުށަހަޅާފައި ވަނީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށެވެ.
މާޅެންދޫގައި ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ނިކުތް މީހުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މާޅެންދޫ ބަނދަރަކީ ވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަން ފާހަގަކުރައްވައި، ނިއުމަތަށް އަބަދުވެސް ޝުކުރުވެރިވާން ރައީސް އެދިވަޑައިގެންނެވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިން ރަނގަޅު ގޮތުގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު ދޭން ތިބީ ރައްޔިތުންނެވެ. ޑިމޮކްރަސީގައި ވެސް ރައްޔިތުންނަކީ އެންމެ ބާރުވެރި ފަރާތް ކަމަށާއި އިންތިހާބުތަކުގައި ވޯޓުލާން ދާއިރު ސިކުނޑި ހިފައިގެން ދާން ޖެހެނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ "މޮޅެތި ވާހަކަތައް ދައްކަވައި މޮޅު ބަސްތައް ވިދާޅުވަމުން ދާއިރު"، ރަށްރަށުގައި ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތާއި އުނދަގޫތައް ތަހައްމަލްކުރަން ޖެހޭ މިންވަރު އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީއާ އެކު ގައުމަށް ހަމަޖެހުން ގެންނަން ވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ވަކި ބަޔަކަށް އިސްތިސްނާތަކެއް ދީފައި އެކަން ނުކުރެވޭނެ ކަމަށެވެ. ރާއްޖެ ހަލާކުކޮށް، މައުސޫމް މުޖުތަމައު ނުރައްކަލުގެ ތެރެއަށް ވައްޓަން ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަކީ މުލައްދަނޑީގެ ބާރުން ކަންކަން ކުރުމެއް ނޫނެވެ. އެއްވެސް ބަޔަކަށް އެ ޖާގަ ސަރުކާރުން ނުދޭނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުން ވަނީ ގައުމަށް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ
24 December 2017
ސާބަސް ރައިސް ޔާމީން!!! 2018 ވެސް ހަމަ ޔަގީން!!! މަނިކުފާނާއެކު ރާއްޖޭގެ 75% ރައްޔިތުން ތިބީ!!! ދެން ރީނދޫ ހުމަށް ބޭސްކާ ކުދިން ކޮޅަކާ 30 އަހަރު ދުވަހުގެ ވެރިކަމެއް ކުރި ޚުދުމުޚުތާރު ވެރިއެއްގެ ފަހަތުގައި އުޅޭ ކުދިންކޮޅަކާ މަހުޖަނެއްގެ ވަޒީފާގައި އުޅޭ ކުދިންކޮޅެއް އުޅޭނެ ގައުމުގެ ގިނަ ރައްޔިތުންގެ ވިންދާ ދިމާއިދިކޮޅަށް!!! އެއަށް ބެލުމެއްނެތި ރޮކެޓް ސްޕީޑްގައި ތަރައްގީ ކުރަމުންގޮސް 2018 ވެސް ނަގާ މިގައުމު އިގްތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ޢުމުރާނީގޮތުން ތަރައްގީކޮށް މިގައުމަށް އިންގިލާބީ ބަދަލު ގެނަސްދެއްވާނީ ހަމަ ޔާމީން!!!!
ރަދީފް
24 December 2017
ހުސޭނުބެ. %75 އެއީ ކޮންތަނަކުން ނެރުނު ފިގާއެއްތަ؟؟؟
ހައްޕު
24 December 2017
އަމިއްލަ އެކައުންޓަށް ވަތް އެއްމިލިއަން ޑަލަރަށް ވީގޮތެއް ބުނެނުދެވެނީ ކީއްވެގެންދޯ?
ރަދީފް
24 December 2017
ކޯޓް ރޫމުން ތިކަމާއި ބައްދަލުކުރާނަން ، ތައްޔާރަށް ހުންނަވާތި.
ގުޅޭތަ
24 December 2017
ހައްޕު އެވާހަކަ އަހަން އެ ރަށަށް ދިއަނަމަ. މައުލޫއާ ނުގުޅޭ އެތައް ވާހަކައެއް ކިޔައިދޭން ދިޔަ ތަނެއްތަ އެއީ؟
އަތޮޅޭ18
24 December 2017
އެހެންވީމަ ރައީސް 2018ގެ ކެމްޕޭނަށް ވެސް ހއ އަތޮޅަށް ނާރާނެތާ ދޯ މިވާގޮތުން އެންމެ ރަށަކަށް ވަޑައިގެންނެވީ 5 ވަނަ އަގަރު ފެށުނުއިރު.. ރާއްޖޭގެ އެންމެ އާބާދީ ބޮޑު 3 އަތޮޅުގެ ތެރޭގަ ހިމެނޭ 5 ކައުންސިލަރުން އިންތިހާބުކުރާ 3 ރަށް އޮތް ހަމައެކަނި އަތޮޅު..އެކަމު މިދިޔަ 3 އަހަރު ވެސް ތަކުރާރުވެފަ ހުރި ކުނި ކޮށި އެޅުން ފަދަ ކަންކަން ހުރީ މިއަހަރުވެސް.. އެއަރޕޯޓެއްގެ ވާހަކަ ހަނދާނެއް ނެތް ވިދާޅުވި ކަން ވެސް ހަނދާނެއް ނެތް..
މެންސިޓީ
24 December 2017
އަޅެ ތިޔަބުނާ އެއަރޕޯޓެއެއް އަޅަނީ ސަން ސިޔާމުތޯ؟ ނޫނީ ކޮންމެސް ޔޫރަޕު މުއްސަނދި ބޯޅަ ޓީމެއްގެ އޯނަރުތޯ؟
ރަދީފް
24 December 2017
އަޅާ މީހާ ރައްޔަތުންނަށް މުހިންމެއް ނޫން.ރައްޔަތުން ބޭނުންވަނީ އެއާޕޯޓް.
މަހަށް
24 December 2017
ނޫނު މާފަރު އެއާރޕޯރޓް އަކީ އެއީ ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރެވުނު ކަމެއް ނޫނޭ އެކަން ކާމިޔާބު ކަމާއި އެކު ކޮށް މިނިންމާލަނީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައިި އެކަނިއޭ. ދެން ތަމެން އެމްޑީޕީ މީހުން ތައް ކޮން ރިޔާސީ ކެންޑިޑޭޓެއް ނެރެންތޭ ތަމެން އެކަން ހުއްޓާލާ މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.
ލިމް
24 December 2017
ތަމެން ކުރަނީ އަނގައިން.. 4 އަހަރު ތެރޭގަ އެއަރޕީޓެއް އެޅިއްޖެތޯ؟ އައިހެވަނާ ޝެޒާ ޓާޝިއަރީ ހޮސްޕިޓަލްތައް ވެސް ފޮނި އަނގައިންނާ ވީޑިއޯ އިން އަޅާ ނިންމީ.. ބައިސާ ކެނޑުން ނޫންކަމެއް ނުވޭ.. 3 އަހަރުން 5 އެއަރޕޯޓްގެ މަސައްކަތްފަށާ 3 އެއަރޕޯޓް ނިންމި ސަރުކާރެއްވެސް ދިވެހިން ދެކުނު.. 4 އަހަރުން ނުވިކަމެއް ބާކީ 1 އަހަރަކުން ނުވާނެ
ލުކްވެލް
24 December 2017
މާފަރު އެއާޕޯޓް އަންނަ އަހަރުގެ މެދުތެރޭ ހުޅުވާނެ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެކަން ނިމިގެން ދާނެ ކަން އެއީ ކަށަވަރުވެ ޔަގީން ވާކަމެކޭ. ނޫނު އަތޮޅުގައި އެއާރޕޯރޓް އަދި ށަވިޔަނި އަތޮޅުގައި އެއާރޕޯރޓް އަދި ކުޅުދުއްފުށީގައި އެއާރޕޯރޓް އަދި ހޯރަފުށީގައި އެއާރޕޯރޓް އެޅުމުން ނޫނީ އުތުރުގެ ރަށް ތަކަށް ތަރައްގީ ނާންނާނެއޭ. އަދި މީގެއިތުރުން އުތުރުގެ އަތޮޅު ތަކުގެ ތެރޭން 10 ހާހުން ދަށުގެ އާބާދީ ހިމެނޭ ރަށްރަށު މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށް އެފަދަ ރަށް ތައް ޗައިނާގެ ފްރީ ޓްރޭޑްގެ ދަށުން އިންޑަސްޓްރިއަލް ޕާރކްސް ތަކަށް ހެދުން އެއީ ވެސް ވިސްނުން ތެރިކަން ބަހައްޓަން ޖެހޭނެ ކަމެކޭ. އެގޮތުން މާ ފަރުން މީހުން ބާލާ މާ ފަރުގައި އިންޑަސްޓްރިއަލް ޕާރކެއް ހެދުމަކީ އެއީ ވަރަށް ފައިދާ ވާނެ ކަމަކީ. އެއިރުން ނޭ ރާއްޖެ އިންޑަސްޓްރިއަލް ކަންޓްރީ އަކަށް ބަދަލު ވެގެން ދާނީ.
ރަދީފް
24 December 2017
ސ.ހުޅުމީދޫގަ އެއަރ ސްޓްރިޕެއް ނަމަވެސް އަޅައިދިނުން އެދެން.ގައިމު އެއީ މަނިކްފާނަށް ނުލާހިކު ތާއީދުކ ބޮޑު ހިސާބެއް. ވ.ވެެދުން
ސޯލިހް / ފިނިފެންމާ ސްޓޯރ
24 December 2017
ކޮންތާއީދެއް އޮތީ.އެއީ ގޮތްދައްކަން އެމީހުން އެހެން ތިބެނީ.
ސައްތާރު / މހއ
24 December 2017
ބަލަ ތިޔަ އަތޮޅަކީ 13 އަހަރުވަންދެން މަނިކުފާނު މަޖްލީހުގައި ތަމްސީލް ކުރިއަތޮޅެއް. ތިޔަ އަތޮޅަށް ތަރައްގީ ނައުމަކީ މަނިކުފާނު ޒިންމާނަންގަވަން ޖެހިވަޑައި ގަންނަވާނެ ކަމެއް. ދެން ތިޔަވިދާޅުވާ މާފަރު އެއާރޕޯޓް އަޅާ ސަރައްހައްދު މިހާރުވެސް އެދަނީ ބިންސާފުކުރަމުން. ޔަގީނުންވެސް އަދި ސާފުކޮށްނުނިމޭ. އަދި އެއާރޕޯޓް އަޅަނީ ސަން ސިޔާމްއެއްވެސް ނޫން އޭނާގެ އެގްރީމެންޓް ވަނީ ބާތިލް ކޮށްފާ. މިހާރު އެތާ އެއާރޕޯޓް އަޅަން ދީފައިވަނީ އަރަބި މަހުޖަނަކާ.
ރާއްޖެ
24 December 2017
ރައްޔިތުންގެ މަޖިލީހުން ކުރާ ކަމަކީ ގާނޫނު ހެދުން. އެއަރޕޯޓް އެޅުމާއި، ނަރުދަމާ އެޅުމާއި ފަޅުފުން ކުރުން އެއީ ސަރުކާރުން ކުރަން ޖެހޭކަމެއް.
ޙަސަން
24 December 2017
ނ.އަތޮޅު މެމްބަރަކަށް ހުރެ ކުރެވުނު ކަމެއް ނެތް... މިވަރު މީހަކަށް ރައީސްކަން ދީގެން މީނަގެ ފައިންޕުޅު ދެކޭކަށް ނ.އަތޮޅަކުން މީހަކު ނުދާނެ..
ފ.ނިލަންދޫ
24 December 2017
ކޮބާހޭ ފ.ނިލަންދޫގައި އަޅަންކީ އިންޓަރނޭޝަނަލް އެއަރ ޕޯޓް.. ގައިމު މެންބަރުވެސް ބުނި ރިޔާސީ އިންތިހާބަށް ކެމްޕޭނަށް އަންނާނީ ފުލައިޓްގަޔޭ؟؟ ހުސް ހޮޅި ވާހަކަ ދޯ؟؟؟
ޒައި
24 December 2017
އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅާކަށް ނުކިޔާ ޑޮމެސްޓިކެއް އަޅަން ބުނީ އެކަން ބަޖެޓުކޮށްފަ އެއޮތީ މިއަހަރު ފަށާނެ.. ދޮގު ހަދާ އޮޅުވާލިޔަސް ފުކެއް ބޮޑުވަރު.. ތިޔަށް ވުރެއް އާބާދީ ބޮޑު އެއަރޕޯޓެއް އެޅުން ހައްޤު ތަންތާނގަ އެއުޅެނީ ބަޖެޓުވެސް ނުކޮށް.. ދެން ވެސް ޝުކުރުކޮށްބަލަ
ބަޖެޓް
24 December 2017
ބަޖެޓޭ؟ ނިލަންދޫގައި އެއަރޕޯޓް އަޅަން ބަޖެޓް ކުރި މި ހިނގާ 2017 އަށްވެސް. ބަޖެޓް ތީ އަޅުވާ އަނދުނެއް
އަސްލުވާނެގޮތް
24 December 2017
ރައީސް ހަނދުމަފުޅު ނެތުނަސް އަޅުގަނޑުމެން ހަނދާން އެބަހުރި ހއ ގަ އެއަރޕޯޓެއް އަޅާނެކަމަށް ވީ ވަޢުދާއި ޖައްރާފު އައުމުން އެންމެ ފުރަތަމަ އައިހުވަފެނެއްގެ ބިން ހިއްކާނެކަމަށް ވީ ވައުދު.. އެކަން ފުރިހަމަ ނުވެ އިވެއްޖެ ނަމަ 2018ގަ ހއ.ގެ ޖައްރާފުތައް ނިކުމެ އިދިކޮޅަށް ވޯޓު އަޅާ ވޯޓު ފޮށިތައް ހިއްކާލާނަން..
ރީތިކޮށް
24 December 2017
ބިރުދައްކާލަނީދޯ؟ އެކަމު ނަންވާނީ ސަރުކާރުން މީހުނަށް ބިރުދައްކާ ކަމަށް. ސަރުކާރަށް ކަމެއް ނުކޮށްދެވޭ އިރަށް ވޯޓް ހިފަހައްޓާނަމޭ ގޮވުމަށް އަސްލު ކިޔާނީ ކީކޭ؟
ހައްޤުތެދު
24 December 2017
ވޯޓަކީ ބިރެއް ނޫން ހައްޤެއް.. އަދި ވޯޓު ނުލާނެކަމަށް ބުނާ ވާހަކައަކީ ވެސް ހަޤީޤަތެއް އެކަން ކައުންސިލް އިންތިހާބުން ވެސް ދައްކުވާދީފަ އޮންނާނި.. ރިޔާސީ އިންތިހާބުގަ އައުލަބިއްޔަތުދީ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ހއ އިން ދިން.. އެކަމު ސަރުކާރުން އަޅާނުލީމަ ކައުންސިލް އިންތިހާބުގަ އެންމެ ކައުންސިލެއްގެ މެޖޯރިޓީވެސް ސަރުކާރަކަށް ނުދެން.. މިއީ ކަންވާނެ ގޮތް ބިރެއް ނޫން.. ރައްޔިތުންނާ ޗެލެންޗް ނުކޮށް ހަޤީޤަތާ ކުރިމަތިލާ ރުހުމާ ލޯބި ހީދުން ބުއްދިވެރި