ރައީސް ޔާމީން މިދިޔަ ހޯމަ ދުވަހު ނައިފަރަށް ވަޑައިގެން ތުއްތު ކުއްޖަކާ ސަލާމް ކުރައްވަނީ: އާ އަހަރާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްވާފައި.
27 ޑިސެމްބަރ 2017 - 11:48
އަންނަ ހަފުތާގެ އާދީއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނިންމެވީ މުވައްޒަފުންގެ ލުއިފަސޭއަކަށްޓަކައި ކަމަށެވެ.
ކަލަންޑަރުގައި ކުރިން އޮތް ގޮތުން ނަމަ، މި ހަފުތާ ބަންދާއި އާ އަހަރު ފެށޭ ދުވަހާ ދެމެދު އަންނަ ހަމައެކަނި ރަސްމީ ދުވަހަކީ އާދީއްތަ ދުވަހެވެ. ނަމަވެސް ރައީސް ޔާމީން މިހާރު ނިންމެވި ގޮތުން ނަމަ، އާ އަހަރާ އެކު ހަތަރު ދުވަހުގެ ބަންދެއް ވަޒީފާއަދާކުރާ މީހުންނަށް ލިބޭނެ އެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
29 December 2017
ހިތުހުރިގޮތަކަށް ސަރުކާރު ބަންދުކުރަނީ ކޮން އުސޫލެއްގެ ދަށުން؟ ޑިކްޓޭޓަރީ ވީމަ ދޯ
ފިރުއައުނު
28 December 2017
މަށަކަށް ބަންދެއް ނޫން. އަމިއްލަ ތަން ތަން ހިންގާ ފަރާތްތަށް އެއްދުވަސް ވެސް ދޫކޮށެއްނުލާ. ލާރި މޮޔަ ވެގެން އުޅޭ ބައެއް. ހޫނ ހާދަ ފޫއްސެއްވެޔޭ.
މުފަފަގީރު ކޮއިއްކިރު
28 December 2017
އަންނަ ފިޠުރުޢީދު ބަންދަށް 01 ހަފްތާ ދިނުން ކީއްތޯ؟
އަލީ ނާޒިމް
27 December 2017
މަގޭ ވޯޓު ތި ލިބުނީ ރޔ އައް. ޝުކުރިއްޔާ! އެމަނިކުފާނު ކިތައް ދުވަސް އެދެއްވީ. ހާދަ ހެޔޮފުޅޭ!
ަެއެންމެފަހު ބަންދު
27 December 2017
ަެއެންމެފަހުން އައި ބަންދު(20-10-2017، ބުދަ) ދުވަހާ ޖެހިގެން އައި ދުވަސް ބަންދު ނުކޮށް އާއަހަރު ދިމާކޮއް ބަންދު ކުރުމުން އެ ދުވަސް ފާހަގަ ކުރުމަށް ބާރު އަޅާ މިންވަރު ހާމަ ވެއްޖެ..
ޢަބްދުﷲނާފިޒު
27 December 2017
ރައީސް ކިހިނެއްތޯ ތިހެއްދެވީ، ޑިސެމްބަރގަ ރާއްޖެއަށް ފިނި މޫސުމް އަންނާނެ ވާހަކަ މަނިކުފާނު ވިދާޅުވުމުން އެކަމުގެ އިންތިޒާރުގަ ހުއްޓާ އަނެއްކާވެސް ބަންދު ދުވަހެއް ތިޔަ އިއުލާނު ކުރެއްވީ، މިހާރުވެސް މިއުޅެނީ ބަންދު ދުވަސްތައް ގިނަކަމުން އޮފީހުގަ ކުރަންހުންނަ މަސައްކަތްތައް ހަފްތާ ބަންދަށް ދާއިރު ނިންމާ ނުލެވިގެން.
ކެނެޑީ
27 December 2017
އެހެންތަ ތިޔަހާ މަސައްކަތް ކުރާ ހިތުން އުޅުނު ދިވެއްސެއް މަގޭ ހަޔާތުގަވެސް ނުދެކެން. ކޮންކަމެއް ކުރާ އޮފީހެއްތޯ ތީ؟؟
ދޮންރަހާ
27 December 2017
ރަނގަޅު އެއްގޮތްވެސް ނެއްތާ.....
ޖާރިޔާ އަހުމަދު ދީދީ
28 December 2017
އޮފީހުގަ ކުރާނެ ކަންތައް ގިނަވެގެން ނުކުރެވިފަ. އެކަމަކު ތިޔަ އިންނަނީ 3 ނުޖަހަނީސް އޮންލައިން ނޫސްތަކުގަ ހުންނަ އާރޓިކްލްތަކަށް ކޮމެންޓްކުރަން. އަނެއްކާ އެއީތަ ވަޒީފާއަކީ؟
ޝިފާގު
27 December 2017
ޝުކުރިއްޔާ ރައީސް ޔާމީން.
މަންކީ
27 December 2017
ބަންދު ދުވަސްތައް އިތުރު ކުރި ވަރަކަށް މަސައްކަތްތައް ވެސް ވާނީ ޕެންޑް ދޯ. ލުއި ފަސޭހަ ކޮށްދެންޏާ މުސާރަ ބޮޑުކޮށްދޭންވީ
ވެދުން
27 December 2017
ޝުކުރިއްޔާ ޕްރެޒިޑެންޓް
އަހުމަދުއަލޯ
27 December 2017
ޝުކުރިއްޔާ.