އައިޑީބީގެ އައިޓީއެފްސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު އާއި އައިޓީއެފްސީގެ ސީއީއޯ ސަލާމްކުރައްވަނީ.
28 ޑިސެމްބަރ 2017 - 13:49
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.
މިއީ އައިޑީބީގެ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ން ރާއްޖެއަށް މިހާތަނަށް ދިން އެންމެ ބޮޑު އިސްލާމިކް ފައިނޭންސިން ފެސިލިޓީ އެވެ.
މި ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން މިއަދު ސޮއިކުރެއްވީ ސީއީއޯ އަޒީމް ނޫރުދާލީ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ވަކި މުއްދަތަކަށް ހަމަޖެއްސި ފެސިލިޓީއެއް ނޫން ކަމަށެވެ. އަދި އެ ފެސިލީޓީ ބޭނުންކޮށްގެން ކުއްލިއަކަށް ބޭނުންވާ މުހިންމު މުދާ ރާއްޖެއަށް ގެނައުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިޑީބީގެ ޓްރޭޑް ފައިނޭންސިން މިދިން ފެސިލިޓީއަކީ އެލްސީ ހުޅުވައިގެން، އަދި ޑައިރެކްޓް ޕޭމަންޓްތައް ދައްކައިގެން ކުއްލިއަކަށް ގެންނަން ޖެހޭ ބޮޑު ޝިޕްމަންޓެއް ގެންނަން ލިބުނު ވަރަށް ބޮޑު އެހީއެއް. މި ފެސިލިޓީގެ އަދަދު އަޅުގަނޑުމެންނަށް އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެލާއި ގޭހައި ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭހާއި އެނޫން ވެސް ކާބޯތަކެތި އެތެރެކޮށް ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަވްލީ
28 December 2017
އެސްޓީއޯ އިން ފާމަސީ އެޅިޔަސް ފްލެޓް އެޅިޔަސް އޭގެ ފައިދާ އޮތީ ހަމަ ރައްޔިތުންނަށް. މިލޯނުންވެސް މިފަދަ ކުރިއެރުން ފެނިގެންދާނެކަމަށް ހީކުރަން
މަރުމޯލު
28 December 2017
ތިޔަ ލިބިގެންދިޔައީ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތާނގައިވެސް ކުންފުންޏާއި ރައްޔިތުންނަށްޓަކައި ކޮށްދޭނެ ކަންކަމަށް ރަނުގެބޮޅެއް އިތުރުވެގެންދާނެކަން ޔަގީން. އެސްޓީއޯ ވަރެއް ނެތް!
އުމަރު
28 December 2017
ތިޔަފައިސާކޮޅުން އެސްޓީއޯއިން ފުލެޓްއަޅާނީ، ތިޔަ ފައިސާކޮޅު ލިބޭތީ އެސްޓީއޯއާއި ބިމެއް ހަވާލުކޮށް ފުލެޓް އަޅަން ހަވާލުކުރީ، އެސްޓީއޯއިން މާރަނގަޅުވާނެ ހުޅުމާލޭގައިހުރި ހޮޓާހަދައި ނިންމިއްޔާ
މަސްޓްބީ
28 December 2017
އައިޑީބީން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދީފިނަމަ އެކަމަކީ އެއީ ވަރަށް ރަނގަޅު ކަމެކެވެ. މަމެން އުއްމީދު ކުރަމޭ އަދި ވެސް އެސްޓީއޯ އަށް ޗައިނާގެ ބޭންކްްސް ތަކުން ފައިނޭންޝަލް ފެސިލިޓީސް ދޭނެ ކަމަށް. މަސްޓް ބީ އިން ދިސްވޭ.
ހުސެންބެ
28 December 2017
ތި ލޯނު ފައިސާ އިންތިޚާބް އަށް ތަޅާނުލައިފިއްޔާ ރަނގަޅު.
ލޯނުފލުން
28 December 2017
ތިހުސްވާނީ ރެޑިސަން ހޮޓާއަޅަން ނެގި ލޯނުގެ އިންޓްރަސްޓް ދަށްކަން.
ކޖ ބ
28 December 2017
ހޫން ހަމަ އެސް ޓީ އޯ އައް ކަމުނުދިޔައީދޯ
ބުޗު
28 December 2017
އަދިވެސް އެސްޓީއޯ އަށްތޯއެވެ؟!!