30 ޑިސެމްބަރ 2017 - 10:20
ލަންޑަން (ޑިސެމްބަރު 30) – ކުރިމަގުގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ އުއްމީދުގައި، ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް އެ ކްލަބުގެ ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލާފައިވާ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.
މެދުތެރެއިން އަދި އަރިމަތިން އެޓޭކްތައް އުފައްދައި އަދި ލަނޑު ވެސް ޖަހާ ހަޒާޑަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ ޓެކްނިކަލީ މޮޅު އެއް ޕްލޭމޭކަރެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ކުރީކޮޅު ނުކުޅެވުނު ނަމަވެސް އެނބުރި އައިސް ހަޒާޑް ވަނީ އަނެއްކާ ވެސް މޮޅު ކުޅުން ތަކުރާރުކުރަން ފަށައިފަ އެވެ.
"އެއީ ތެދެއް. ހަޒާޑް ވަނީ އޭނާގެ ޗެލްސީ ކޮންޓްރެކްޓް އާކުރަން ލިބުނު ފުރުސަތު ދޫކޮށްލާފައި،" ހަޒާޑުގެ ބައްޕަ ބުނި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ބުނީ ހަޒާޑް ބޭނުންވަނީ ރެއާލް މެޑްރިޑުން އަތުވެދާނެ ފުރުސަތަކާ މެދު މަޝްވަރާކުރެވޭނެ ހާލަތެއްގައި ހުރުމަށް ކަމަށެވެ.
"އެކަމަކު މިވަގުތު ނެތް އެއްވެސް ކަހަލަ ކޮންޓެކްޓެއް،" އޭނާ ބުންޏެވެ.
ފްރާންސުގެ ލިލް އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުުނު ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ޔުރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ހޯދައިފަ އެވެ.
އަންނަ ސީޒަނަށް ރެއާލް މެޑްރިޑުން ބޮޑު އަގުގައި މަޝްހޫރު ކުޅުންތެރިޔަކު ގަންނާނެކަން ވަރަށް ބޮޑަށް ވަނީ ގަގީންވެފަ އެވެ. ހަޒާޑުގެ އިތުރުން އެ ޓީމުން ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭނާއި ޕީއެސްޖީގެ ނޭމާ އަދި ލިވަޕޫލުގެ މުހައްމަދު ސަލާހް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑިބޯ
30 December 2017
ލާރިއެބޯތޭނުން އެންމެން ކަހާލާ، ދެންބުނާނެ މޮޅު ކޯޗެކޭ، ލެސްޓާސިޓީ އެހޯދިކަހަލަ ކާމިޔާބެއް ހޯދަބަލަ މޮޅޭބުނާނަން
ބާލައާދަނު
31 December 2017
ދޮންކަލޯ ޔަހުޔާވެސް ހުދުކާޅު ހިފިޔެ. ޖެހިގެން އައި އަހަރު ތިޔަބުނާ ލެސްޓާއަށް ހިފަހައްޓާ ނުލެވުނީ ކީއްވެތަ.