ޚަބަރު

ރާހަތު ފާތިހުގެ ލަވައިން ހުސެން އަލީއަށް ފުން އަސަރެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ލަވަކިޔަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ އަހަރު ފާހަގަކުރަން އަލިމަސް ކާނިވަލުގައި އިއްޔެ ރޭ ބޭއްވި ޝޯ ބަލަން، މަޝްހޫރު ލަވަކިޔުންތެރިޔާ ހުސެން އަލީ ދިޔައީ އެންމެ ބޭނުމަކު އެވެ. އޭނާއަށް އެންމެ ކަމުދާ ލަވަކިޔުންތެރިޔާ، ޕާކިސްތާނުގެ ރާހަތު ފާތިހު އަލީ ޚާން ލަވަ ކިޔާތީ، އޭނާ ހަމަ ލޮލުން ދެކިލައި އަދި ލަވަތައް އަޑުއަހާލުމަށެވެ. އެކަމަކު ޝޯގެ ވަކި ހިސާބަކުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރި އެވެ.

ރާހަތުގެ ބޮޑުބޭބެ އަދި ޕާކިސްތާނުގެ މަޝްހޫރު ގަޒަލް/ގައްވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފާތިހު އަލީ ހާންގެ "ތުމްހީ ދިއްލަގީ'' ކިޔަން ފެށުމާ އެކު ހުސެންގެ މޫނަށް ވެރިވި އަސަރުތައް ގުޅެނީ، ހުސެންގެ ގައުމީ ލަވައެއް ކަމަށްވާ "ހިނގާ ހޯދަމާހޭ"އާ އެވެ.

ރާއްޖެ އަށް ވަރަށް މަޝްހޫރުވި އެ ލަވައިގެ އަސްލަކީ "ތުމްހީ ދިއްލަގީ" އެވެ. މީގެ ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ކުރިން ސިފައިންގެ އަލްބަމަކަށް އެ ރާގަށް ހުސެން ކިޔައިދިން ގައުމީ ލަވަ ދިވެހިންގެ ގިނަ ބަޔަކަށް ރީތިވެފައި ހާއްސަ އެވެ.

އެކަމަކު އާ އަހަރުގެ ޝޯއަށް އޭނާ ދިޔައީ "ތުމްހީ ދިއްލަގީ" އިވޭނެ ކަމަށް ހީކޮށްފައެއް ނޫނެވެ.

"ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކުރުވި. ހަމަ ގެއްލިފައި އަޅުގަނޑަށް އިނދެވުނީ. ހަމަ ލޯ މަރާލައިގެން، ބީޓުތަކާ އެއްވަރަށް ހަރަކާތް ކުރެވެން އިނީ،" ހުސެން ބުންޏެވެ.

އޭނާއަށް ކުރި އަސަރުތައް، އެތަނުގައި ތިބި ބައެއް މީހުންނާއި ޓީވީން ޝޯ ބެލި މީހުންގެ ލޮލުގައި ވެސް އަޅައިގަތެވެ. ބައެއް މީހުން އެނބުރިފައި ހުސެންއާ ދިމާއަށް ބަލަން ފެށި އެވެ. އެ ލަވައިގައި އަންނަ "ސަރެގަމަ ނޯޓްސް" ކިޔަން ފެށުމުން، ގިނަ ބަޔަކު ހުސެންއަށް އިޝާރާތްކޮށް އަތް ވެސް ޖެހި އެވެ.

އެކަން ހުސެންއަށް ވެސް ފާހަގަކުރެވުނެވެ. އަދި އެ ލަވާގައި ބައިވެރިވެލަން ސްޓޭޖަށް އެރުމުގެ ފުރުސަތު އޭނާ އަށް ލިބިދާނެ ކަމަށް ވެސް އުއްމީދުކުރި އެވެ.

"ހިނގާ ހޯދަމާހޭ"ގެ ލަވަކިޔުންތެރިޔާ ހުސެން އަލީ

"އަޅުގަނޑުގެ ލަވަ ވެސް ދިވެހިންގެ ތެރޭގައި އެހާ މަޝްހޫރުވީމަ، ހިތަށްއެރި ރާހަތު އެ ލަވަ ކިޔަން ފެށީމައި، ކޮންމެވެސް އިސް ބޭފުޅަކަށް ނޯޓިސް ވެގެން އެ ފުރުސަތު ދޭނެ ކަމަށް. އެކަމަކު އެހެންނެއް ވެސް ނުވި،" ހުސެން ބުންޏެވެ.

"ހިނގާ ހޯދަމާހޭ" ހުސެން ކިޔާފައިވަނީ އޭނާ ސްކޫލު ނިންމައި، ސިފައިންގެއަށް ވަންތާ ދެ އަހަރު ނުވަނީހެވެ. އޭރު ބޭއްވި ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކުގައި ވެސް އޭނާ މަޝްހޫރުވެފައި ވަނީ ގަޒަލް ލަވަތައް ކިޔާ ކުއްޖެއްގެ ގޮތުގަ އެވެ. އެހެންވެ، ސިފައިންގެއާ ގުޅި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސެކިއުރިޓީގައި މަސައްކަތް ކުރަން ފެށުމާ އެކު މައުމޫންގެ ލޮލުގައި ހުސެން އަޅައިގަތެވެ.

"ހިނގާ ހޯދަމާހޭ" އަކީ މައުމޫން ހެއްދެވި ޅެމެކެވެ. އަދި އެ ޅެން ހައްދަވާފައި އެ ލަވަ ކިޔަން ހުސެންއަށް ދެއްވީ ވެސް އެމަނިކުފާނެވެ.

"މައުމޫންއާ ބައްދަލުވެގެން އެ ލަވަ ކިޔަން ދެއްވީ. އަޅުގަނޑު ދެންނެވިން އެއީ ވަރަށް އުނދަގޫ ލަވައެކޭ، ވޮއިސް ޓްރޭނިން ނުހަދައި ނުކިޔޭނެއޭ. އެކަމަކު މައުމޫން ޔަގީންކަން ދެއްވި އަޅުގަނޑަށް ކިޔޭނެކަމުގެ،" ހުސެން ވިދާޅުވި އެވެ.

ހިންދީ ލަވައިގައި ހުންނަނީ "ސަރެގަމަ ނޯޓްސް" ނަމަވެސް ދިވެހި ލަވައިގައި މައުމޫން ބޭނުންކުރެއްވީ ބަސްތަކެކެވެ. އެގޮތުން "ލަނޑުދަނޑި" އާއި "މަތިވެރި" ފަދަ ބަސްތައް ހުސެން ކިޔާފައިވާލެއް ފުރިހަމަ ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ.

ހުސެން ދެކޭ ގޮތުގައި ކެރިއަރުގައި މިހާތަނަށް ކިޔުނު އެންމެ ރީތި ލަވައަކީ ވެސް އެ އެވެ. އަދި ރާހަތު ފާތިހު ފަދަ ލަވަކިއުންތެރިޔަކު "ތުމްހީ ދިއްލަގީ" އޭނާގެ ކުރިމަތީގައި ކިޔާ އަޑުއިވުމަކީ ޝަރަފެއް ކަމަށް ވެސް ހުސެން ގަބޫލުކުރެ އެވެ.

17 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 15%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބީބާ

04 January 2018

ވާހް... ރާހަތު އިޒް ދަ މޭން. މިލްކާ ސިންގ ހަމަ ސުމެއް.

The name is already taken The name is available. Register?

ހާމަތައް

03 January 2018

ތީ ތެދެއް 333 އަދި 444! ދިވެހިން ވަރުގެ ގޮތްކުޑަބަޔަކު ހަޔާތްކުޑަބަޔަކު ނުތިބޭނެ ދެން މިދުނިޔެއަކު.

The name is already taken The name is available. Register?

ހަސަނު

03 January 2018

"ހިނގާ ހޯދަމާހޭ" އެލަވަ އެއް މަށަކަށް ނޭގެ އަޑުއެހި ހަނދާނެއްވެސް ނެތް.. އެ ފާތިހު ލަވަކި އިރު އެ ބުނާހާ ފާހަގަ އެއް ނުކުރެވޭ..

The name is already taken The name is available. Register?

ނަން ބެ

03 January 2018

ރާހަތު ފާތިހު އަކީ ކާކުބާ؟ އަހަރެން ހީކުރީ ރާހަތު ފަތެހް ކަމަށް.

The name is already taken The name is available. Register?

Sharaf

03 January 2018

ފަތެހް އެއްވެސް ނޫން. ފަތަޙް. فتح

The name is already taken The name is available. Register?

ހާމަ444

03 January 2018

ހާމަ333 އެބުނީ ތެދެއް. މިގައުމަށް ހިދުމަތެއް ކޮށްދިނަސް ދިވެހިން ޖަހާނީ ހަޖޫ! ރުޅި އާދޭމިހާރު ދިވެހިންގެ ގޮތްކުޑަކަން ހިތަށް އަރާފަވެސް!

The name is already taken The name is available. Register?

ހާމަ333

02 January 2018

ހުސެން...މިބުނަން ރާއްޖެއެއް...މިގައުމަކު ނޯވޭ ރެސްޕެކްޓް ކިޔާއެއްޗެއް...އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގައުމީ ހިދުމަތަށް އަގުވަޒަންކުރުމުގެ ރަނގަޅު ސިފަ މިހާރު މިރާއްޖެއިން ގެއްލިއްޖެ...ގައުމީ ވަންތަކަން ގެއްލިއްޖެ...

The name is already taken The name is available. Register?

ޖަލްޕަރީ

02 January 2018

ނަސީބެއްނު އަނބުރައިގަނެގެން ނުވެއްޓުނުކަން

The name is already taken The name is available. Register?

ޝޮކް

02 January 2018

ތަފާތު

The name is already taken The name is available. Register?

ވާނުވާ ރިޕަބުލިކު

02 January 2018

އިޒުރޭލުގެ ގައުމީސަލާމުގެ ރާގަށް ގައުމީލަވަ ހަދައިގެން އެތައް ޒަމާނެއްވަންދެން ޓީވީތަކުން ދައްކާފަ ހުރި ގައުމެއް މިއީ. އެފަދަ ލަވަތަކުންވެސް ދިވެހިންގެ ޖޯޝު އާދޭ.

The name is already taken The name is available. Register?

ުމުދިބެ

03 January 2018

އެއީ ކޮން ލަވައެއް؟

The name is already taken The name is available. Register?

ޢަސަރު

02 January 2018

ކަމޯން އަލީ، ކޮންމެވެސް އިސް ބޭފުޅަކަށް ކިހިނެއްތޯ ފެންނާނީ މައުމޫން ހައްދަވާފައިން ޅެމެއް ކިޔަން އަރުވަން، އެރުވިނަމަ އެބޭފުޅެއްގެ އިސްކަން ގެއްލިއްޖައީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454