ޚަބަރު / ފާރިސް މައުމޫން

ޝާފިއުގެ އިންޓަވިއުއާ އެކު، ފާރިސްގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ: ވަކީލުން

އަޑުއެހުމަކަށް ފާރިސް މާލެ ގެނެސް ލޯންޗުން ފައިބަނީ: އޭނާގެ މައްޗަށް ކުރާ ދައުވާގައި މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުން --މިހާރު ފޮޓޯ/ހުސައިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިނުމުގެ ކަމެއް ކުރުވާފައި ނުވާ ކަމަށް، ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރެވުނު އަހުމަދު ޝާފިއު އިންޓަވިއުއެއްގައި ބުނެފައިވާތީ، ފާރިސަށް ކުރާ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ފާރިސަށް ދައުވާ ކުރަނީ ޝާފިއު މެދުވެރިކޮށް މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ އެވެ. އެކަމަކު ރާއްޖެ ޓީވީއަށް ޝާފިއު ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ކުރަން އޭނާގެ ކިބައިން ފާރިސް އެދިފައި ނުވާ ކަމަށާއި ފާރިސް އާއި އޭނާއާ ދެމެދު މާބޮޑު ގުޅުމެއް ނެތް ކަމަށެވެ. އަދި ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން އޭނާ އަށް އިންޒާރުތައް ލިބުނު ކަމަށް ވެސް އެ އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ވިދާޅުވީ ފާރިސަށް ކުރާ ދައުވާ ބިނާ ވެފައި ވަނީ ޝާފިއު ލައްވައި ފާރިސް ކުރުވި ކަމަށް ބުނާ އަމަލެއްގެ މައްޗަށް ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ފާރިސް ކުރުވާފައި ނުވާ ކަމަށް އެ އިންޓަވިއުގައި ޝާފިއު ބުނެފައިވާތީ، އެ ދައުވާގެ އަސާސްތައް ނަފީ ވެފައިވާ ކަމަށާއި އެ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފިއު އަށް ބަޔަކު ނުފޫޒު ފޯރުވި ކަމަށް އޭނާ އިންޓަވިއުގައި ބުނާ މައްސަލަ ފުލުހުން ބަލަމުން ނުދާ ކަމަށް ފުލުހުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށާއި އެ ލިޔުމުގެ ކޮޕީއެއް ޕީޖީ އޮފީހަށް ވެސް ފޮނުވި ކަމަށް މައުމޫން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލަ ފުލުހުން ނުބަލާތީ އެކަމުގެ ޝަކުވާ ފާރިސްގެ ވަކީލުން ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަމާ ބެހޭ ލިޔުމެއް އެ އޮފީހުން ފުލުހުންނަށް ފޮނުވި ކަމަށެވެ. އޭގެ ޖަވާބުގައި، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ލިޔުމުން އެ އޮފީހަށް އަންގާފައި އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ ޝާފިއުގެ އިންޓަވިއުއާ ގުޅިގެން ހިންގަނީ ވަކި ތަހުގީގެއް ކަމަށް ދައުލަތުން ބުނާތީ، އެކަން ފުލުހުންގެ ފަރާތުން ރަސްމީކޮށް ކޯޓަށް ހުށަހަޅައިފި ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި ޝާފިއުއަކީ ހެއްކަކަށް ވާތީ، އިންޓަވިއުގައިވާ ވާހަކަތައް ޝަރީއަތުގައި ދައްކަން ބޭނުން ނަމަ އެ ފުރުސަތު ލިބޭނެ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މައިގަނޑު ގޮތެއްގައި މިއަދު ކުރިއަށް ގެންދިޔައީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމެވެ. ފާރިސްގެ ފަރާތުން ހުށަހަޅާ 23 ހުށަހެޅުމުގެ ތެރެއިން 15 ހުށަހެޅުމެއް ކުރިން ހުށަހަޅާފައިވާ އިރު މިިއަދު ކުރިއަށް ގެންދިޔައީ ބާކީ ހުރި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ.

ފާރިސްގެ ވަކީލުން: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްދޭން ވަކީލުން ހުށަހެޅުއްވި.--ފޮޓޯ/މިހާރު

މިއަދު ހުށަހެޅި ފުރަތަމަ ހުށަހެޅުމަކީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެ މައްސަލާގެ ވީޑިއޯ އަދި އޯޑިއޯ އެނަލިސިސްއެއް ހެދުމަށް އަމުރުކޮށްދޭން އެދި ހުށަހެޅި ހުށަހެޅުމެވެ. ފާރިސްގެ ވަކީލުންގެ ޓީމުން ބުނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ މައްސަލާގައި ފޮރެންސިކް ރިޕޯޓް ހަދާފައި ވަނީ ތަހުގީގުގައި ހަރަކާތްތެރިވި ފުލުހެއް ކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެފަދަ އެނަލިސިސްއެއް ހަދަން ފާރިސް ތައްޔާރަށް ހުންނެވި ކަމަށް ވަކީލުން ބުންޏެވެ،

އެ ހުށަހެޅުމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން ބުނީ މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލުތައް ކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި އެކަމަކު އެކަން ކުރަނީ ފުލުހުންގެ ތެރޭގައި އޮންނަ އިޖްރާއާތުތަކެއްގެ ދަށުން ކަމަށެވެ. އެކަމަކު ފުލުހުންގެ އިޖްރާއާތަށް ސައްހަ ނޫން ކަމަށް ފާރިސްގެ ފަރާތުން ބުނާތީ، އެކަން ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ދައުލަތުން ބުންޏެވެ.

އަމިއްލަ ޚަރަދުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލުތައް ކުރުމަކީ ބޭރު ގައުމުތަކުގައި ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ މިހާތަނަށް ރާއްޖޭގައި އެގޮތަށް އަމަލު ކޮށްފައި ނެތަސް އެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން ލިބޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ހެކީގެ އަސްލު ނުގެއްލޭނެ ގޮތަކަށް އެކަން ކުރެވިދާނެ ކަން ދައުލަތުން ފާހަގަކުރި އެވެ.

ދައުވާއެއް ހިމަނަން ޖެހޭ ތަފްސީލުތައް އެ ދައުވާގައި ނެތް ކަމަށް ބުނެ، އެ ދައުވާ ބާތިލް ކުރަން ވަކީލުން ހުށަހެޅި އެވެ. އެގޮތުން، ފާރިސް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ ތަނާއި ވަގުތާއި އޭނާ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށް ބުނާ އަދަދު ދައުވާގައި ނެތް ކަމަށާއި އެ މައުލޫމާތުތަކަކީ ދައުވާއެއްގައި ހުންނަން ގާނޫނު ލާޒިމްކުރާ މައުލޫމާތު ކަމަށް ވަކީލުން ބުންޏެވެ. އެ މައުލޫމާތު ދައުވާގައި ނެތުމުން، ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ނެގުމަށް ފާރިސަށް ހުރަސް އެޅިގެންދާ ކަމަށް ވެސް ވަކީލުން ބުންޏެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއަކީ ތަހުގީގު މަރުހަލާގައި ވެސް ނަގަންޖެހޭ ދިފާއެއް ކަމަށާއި އެ ފުރުސަތު ދޫކޮށްލީ ފާރިސް އަމިއްލައަށް ކަމަށެވެ.

ރިޝްވަތު ލިބުނު ކަމަށް ބުނާ މެމްބަރު ސިއްރު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާތީ، އޭނާ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެއީ ރިޝްވަތު ލިބުނު ފަރާތް ކަމަށްވާތީ އެ ފަރާތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި ރިޝްވަތު ހިފުމަކީ ވެސް ކުށެއް ކަން ފާރިސްގެ ވަކީލުން ފާހަގަކުރި އެވެ.

އެކަމަށް ރައްދު ދީ ދައުލަތުން ބުނީ އެ ހެކިވެރިޔާއާ މެދު އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށާއި އެހެންވެ އޭނާ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ.

ފާރިސާ ދެކޮޅަށް ދައުލަތުން ހުށަހެޅި ތިން ފުލުހަކު ވެސް ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ފާރިސް ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާރިސްގެ ވަކީލުން ބުނީ އެ ތިން ފުލުހުންނަކީ މެމްބަރުންތަކެއްގެ ނަން ލިޔެފައިވާ ކަރުދާސް ގަނޑެއް ފާރިސް ދިރިއުޅުއްވި ގެއިން ފެނުނު ކަން ސާބިތުކުރަން ހުށަހެޅި ހެކިންނަށް ވާއިރު، ފެނުނު ކަމަށް ބުނާ އެ ކަރުދާސް ގަނޑު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެކި ހުށަހެޅުމުގެ މަރުހަލާ އަދި ނާންނަ ކަމަށާއި އަދިވެސް ހެކި ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ފާރިސްގެ ވަކީލުން ދެކޮޅު ހެއްދެވި އެވެ. ވަކީލުން ބުނީ ކުރިން ހުށަހަޅާފައި ނެތް ހެއްކެއް ފަހުން ހުށަނޭޅޭނެ ކަމަށާއި ގާނޫނީ ގޮތުން އެކަން އޮންނަނީ އެގޮތަށް ކަމަށެވެ.

ފާރިސަށް ދައުވާކޮށް، ފޮނުވި ދައުވާ ފޯމްގައި ސޮއި ކުރީ އެކަމަށް ހުއްދަ ލިބިފައިވާ ފަރާތެއް ކަން އެނގެން ނެތުމުން އެއީ ވެސް ދައުވާ ބާތިލް ކުރަން ޖެހޭ ސަބަބެއް ކަމަށް ބުނެ އެކަން ވެސް ފާރިސްގެ ވަކީލުން ހުށަހެޅި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ދައުވާ ފޯމްގައި ސޮއިކުރާ ފަރާތަކީ އެކަމުގެ ހުއްދަ ޕްރޮސެކިއުޓާ ޖެނެރަލް ދީފައިވާ ފަރާތަކަށް ވާންޖެހޭ ކަން ވަކީލުން ފާހަގަކުރި އެވެ. އެކަމަކު ފާރިސަށް ދައުވާކޮށް ފޮނުވި ދައުވާ ފޯމްގައި ސޮއި ކޮށްފައިވާ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ނާޝިދަކީ އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަން ދައުވާ ފޯމުން އެނގެން ނެތް ކަމަށް ވަކީލުން ބުންޏެވެ.

ޖަވާބުގައި ދައުލަތުން ބުނީ ދައުވާ ފޯމްގައި ސޮއި ކުރުމުގެ ހުއްދަ ޕްރޮސެކިއުޓާ ޖެނެރަލް ދެއްވާފައިވާ ފަރާތްތަކުގެ ލިސްޓެއް ސިޓީއެއް މެދުވެރިކޮށް ކޯޓާ ކުރިން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮންމެހެން ދައުވާ ފޯމުގައި އެ މައުލޫމާތު ހިމަނަން ލާޒިމްނުވާ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ފާރިސްގެ ވަކީލުން ބުނީ ސިޓީއަކުން އެކަން އެންގިޔަސް، އެކަން ދައުވާ ފޯމުން ވެސް އެނގެން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ދައުވާ ފޯމްގައި ނެތުމަކީ ދައުވާ ބާތިލް ކުރަންޖެހޭ ސަބަބެއް ކަމަށް ވަކީލުން ބުންޏެވެ.

ފާރިސްގެ ފަރާތުން ހުށަހަޅާ އިތުރު ހުށަހެޅުމެއް އަދިވެސް އޮތުމުން އެ ހުށަހެޅުމާ ބެހޭގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް މިމަހުުގެ ނުވަ ވަނަ ދުވަހު ބާއްވާނެ އެވެ. އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީ ހުރިހާ ހުށަހެޅުންތަކެއް ހުށަހަޅައި، ނިމުމުންނެވެ.

13 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޅުވެރިން

04 January 2018

މޯޑް، މިނިސްޓަރުން އިސްތިޢުފާ ދިނުމަކީ އެއީ ނަޝީދު ކުޅުނު ޑްރާމާއެއްދޯ؟ އެހެންނޫނަސް މިނިސްޓަރުން ޢައްޔަންކޮށް، ވަކިކުރުމަކީ ރިއާސީ ނިޒާމްގައި ރައީސަށް ފުރިހަމަ އިޚްތިޔާރު އޮންނަ ކަމެކޭ! ދޭ ސާރވް އެޓް ދަ ޕްލެޒަރ އޮފް ދަ ޕްރެޒިޑެންޓް! އެއާ ޚިލާފަށް މަޖްލިސް މެންބަރުންނަކީ ރައްޔިތުން ހޮވާ ބައެކޭ! އަދި މަޖްލިސް އެއީ ތިންބާރުން ކުރެ އެއްބާރޭ! އެހެންކަމުން މިނިސްޓަރަކު ވަކިވުމަކީ މާބޮޑު ކަމެއް ނޫނޭ، ނަމަވެސް މަޖްލިސް މެންބަރަކު ވަކިވުމަކީ ބޮޑު ކަމެކޭ!!

The name is already taken The name is available. Register?

އެފް އެމް

04 January 2018

އަހަރެމެންގެ ލޯ ކުރިމަތީގައި ހިނގާ ކަންކަމަކީ އަހަރެމެނަށް ނުފެންނަ ކަންކަން ކަމުގަ ނުހަދަމާ އިއްޒަތްތެރި މަޖްލީހުގެ މެމްބަރުކަމަށް ވުމުގެ ކުރިން އަހަރެމެނާއި ވަރަށް ގާތް އެކުގަ ކޮފީތަކާއި އެކި ކަންކަމުގަ ވަގުތު ހޭދަކުރީމު އެކުގަ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނަށްވެސް ދަމު އާއިލާ އާއިވެސް ގާތް ގުޅުމެއް ބޭއްވީމު އުފަން ރަށް ގޮސް އަމިއްލަ ގެދޮރުގެ ހާލަތުވެސް ބަލާލަން ފުރުސަތު ލިބުން އިއްޒަތްތެރި މެމްބަރަކަށް ވުމަށް ކުރެވުނު ކެމްޕޭނުގެ އެންމެ މުހިއްމު ދިމަދިމާލުގަވެސް އުޅުނީމު އަސްތާ އެވީ އިއްޒަތްތެރިއަކަށް ދުވަސްކޮޅެއް ފަސް އެއޮށް ބައްލަވައިގަތީ އެކަކެއް މިލިޔަނަށް ގޯއްޗެއް ކުއްޔަަށް ހިފައިން އުޅުނުތަން އެތަށް ގުނަޔަކުން ފެންވަރު ރަނގަޅުވެ ޚަރަދު ބޮޑުވި ކޮފީތަކާއި މީސްމީހުނަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވި ބޭރުގައުމުތަކަށް ގުރޫޕްތަށް ހަދާފަ ނިކަން ގިނައިން ދިޔައިން އެހެންނާ އިއްޒަތްތެރިއަކު ހުރިހާ ޚަރަދެއް ކޮއްދެއްވާވިއްޔާ ކޮންތާކުން ލާރިހޯދީ؟؟ މުސާރައަށް ގިނަވެގެން -/82500ރ އަޅެފަހެ

The name is already taken The name is available. Register?

ބައޯކަލޯ

04 January 2018

ކިހާ ބޮޑު އުނދަގުލެއްތީ....ތި ފާރިސް ދޫކޮށްލަންވެއްޖެ އެއްނޫންތަ؟

The name is already taken The name is available. Register?

މޯޑް

03 January 2018

މިހާރު ރާއްޖޭގެ ކަންތައްތައް ހިނގާ ގޮތުން ދައުވާގައި އަސާސް އޮންނާކަށް ނުޖެހޭނެ! މިހާރު އޮންނަ ސިސްޓަމް އަށް ކިޔަނީ "އެޑްވާންސް ހުކުމް ސިސްޓަމް"

The name is already taken The name is available. Register?

ފަޅުވެރިން

03 January 2018

ދަޢުވާގެ އަސާސެއް ނެތޭ ބުނާއިރު، ވެރިކަންކުރާ ޕާޓީގައި ތިބެފައި ބާރަ ތޭރަ މަޖްލިސް މެންބަރުން އެހެން ހަމަ ކުޅިވަރަށް ކެނޑިގެންދާނެހޭ؟ ތިޔަހެންނަމަ، ރީނދޫ ސަރުކާރުގެ ދުވަސްވަރު އެމީހުން އެއޮއްހުރިހާ ޖަރީމާތައް ހިންގަމުން ދިޔައިރު އެޕާޓީން ބަޔަކު ކެނޑުނީސްތާ؟ އެމީހުން ވެރިކަމުގައި ތިބިއިރު އެންމެ މެންބަރަކުވެސް ނުކެނޑޭ!!

The name is already taken The name is available. Register?

މޯޑް

03 January 2018

ނާ ހުރިހާ މިނިސްޓަރުން އިސްތިއުފާވެސް ދިން. ހަނދާން ނެތުނީ؟

The name is already taken The name is available. Register?

އަހަންމާބެ

03 January 2018

މާހާ ވަކީލަކަށްވެ ހުރެ ރައްޔިތުންނަށް އޮޅޭހެން ތިފަދަ ވާހަކައެއް ދެއްކެވީތީ މިއަދު ވަރަށް ދެރަވެއްޖެ، ޤާނޫގެ ބާރު ކެނޑޭހެން ވާހަކަ ދައްކަވާނަމަ ރައްޔިތުންނަށް އޮޅުން އެރުންނޫން ކަމެއްނުވާނެ، މީހަކު ޓީވީ ޗެނަލެއްގައި ދައްކާ ވާހަކައަކީ ޤާނޫނާއި އެއްގޮތް ހެއްކެއް ކަމަށް އަދި މިރާއްޖޭގެ ޤާނޫނެއްގައި ނުވާއިރު، މަތީ މަރުޙަލާގެ ކޯޓަކުންވެސް ނިންމާފައެއްނުވޭ، ޤާނޫނާ ޚިލާފަށް ހޯދާ ހެކިބަހަކީ ބާޠިލް އެއްޗެއްކަން ދިވެހިން ބަލައިގެންފައިވާ ފެހި ޤާނޫނުއަސާސީން އެހާ ސާފުކޮށް އެނގެން އޮތްއިރުވެސް ތަޙްޤީޤުކުރާ އިދާރާއަށް ފިލައިގެންހުރެ މީހަކު ޓީވީ ޗެނަލަކުން ފަތުރާ ޚަބަރެއް ޤާނޫނީ ހެއްކަކަށް ވާނެގޮތެއް ނޯންނާނެކަން އެންމެނަށްވެސް އެނގޭނެ.

The name is already taken The name is available. Register?

ާއައިޞް

03 January 2018

ދެން ސާފިއު މާލެ ގެނެސް ބަލަ

The name is already taken The name is available. Register?

ރީމް

03 January 2018

މައުމޫނު ޙަމީދާ ވާދަކުރެވޭ ފެންވަރުގެ ވަކީލުން ޕީ.ޖީ ކޯޓަށް ފޮނުވަބަލަ.

The name is already taken The name is available. Register?

މީރް

03 January 2018

ނެތިއްޔޭ، ނެތިއްޔޭ، ހަމަ ނެތިއްޔޭ ނެތީ...

The name is already taken The name is available. Register?

ކޮސްނުގޮވާ

03 January 2018

މަުމޫނު ކަހަލަ ގާނޫނު ނުދަންނަ ވަކީލުން ޕީޖީ އަކު ނުތިބޭނެ.

The name is already taken The name is available. Register?

ވަާހަކަބޮއި

04 January 2018

ދައްކާފަ ހުރި ވާހަކަތަކަށް ބަލާއިރު މައުމޫނު ހަމީދުގެ ފަރާތުން މާ އޮށްޓަރުހުރި ވާހަކަތަކެއް ނެތް.

The name is already taken The name is available. Register?

ފަޅުވެރިން

04 January 2018

މައުމޫން ޙަމީދަކީ ޤާނޫނީ ވަކީލެއްތަ؟ އޭނައަކީ ސިޔާސީ އެކްޓިވިސްޓެއް! ޕީޖީކަން ނުލިބުމުން ވިހަވެފައި ހުރި މީހެއް އެއީ! އަބަދު އުޅޭނީ ޕީޖީއަކަށް ހުންނަ މީހަކާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ކިއޭތޯ! ދުވަހަކު ހަމަ ވާހަކައެއް ނުދައްކާނެ! އޭނަ އެއީ ކާނަލް ނާޒިމްގެ މައްސަލަ ނަގައިގެން އެމައްސަލަ ކާމިޔާބު ނުކުރެވުނު މީހާ! އިރުކޮޅަކުން ފެނުނީ ތިމަރަފުށީ ޢަބްދުﷲ ރިޔާޒް ޤާނޫނީ ޓީމް ލީޑް ކުރާތަން! ޤާނޫނީ ވަކީލަކަށް ނުވާ ޢަބްދުﷲ ރިޔާޒަށް ނާޒިމްގެ ޤާނޫނީ ޓީމް ލީޑްކުރަން ލިބުނީ މައުމޫން ޙަމީދުގެ ވަކާލާތު ކުރުމުގެ ހުނަރު ދެރަކަމުން ނޫންތަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454