ނިހާނާއި ރިޔާޒް: މި ދެ ބޭފުޅުންގެ ޒުވާބުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.
09 ޖެނުއަރީ 2018 - 12:46
ސޯޝަލް މީޑިއާގައި، ގިނަ ބަޔަކު ރޭ ޝައުގުވެރި ވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ހޫނު ޒުވާބަށެވެ. ޓުވިޓާގައި ހިނގި ފޯރިގަދަ އެ ޒުވާބުގައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވި އެވެ. މި ކޯޅުންގަނޑުގައި ދެ ބޭފުޅުންގެ ބައެއް ސިއްރުތައް ވެސް ވަނީ ތިލަކޮށްލެއްވި އެވެ. ވަކި ހިސާބަކުން މި ދެބަސްވުން މެދުކެނޑުނު ނަމަވެސް ނިހާން މިއަދު ވެސް ވަނީ ރިޔާޒަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ.
މި ޒުވާބު ފެށުނީ، ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ކޯޓަށް ހާޒިރުވާން އޭނާ އަށް ފޮނުވާފައިވާ ޗިޓެއް އާއްމުކުރައްވައި އެ ޓުވީޓްގައި އޭނާ ވިދާޅުވީ، ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ. ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންގޮސް މި އަހަރުގެ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.
Ekamaaa Abdullah Riyaz kan Boduvaa kah Nujeheyne dho! Mashah RY Ithubaaru Kurias Nukurias Abdullah Riyaz aai Funamaa Latheef ah keeh? https://t.co/GCbGxMropE
— Ahmed Nihan (@ahmed_nihan) January 8, 2018
ނިހާނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވުމުން ދެއްވި ޖަވާބު.
މި ޓުވީޓަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ "އަބްދުﷲ ރިޔާޒަކީ އެއް އިރެއްގައި ވެސް ރައީސް ޔާމީނަށް ތާއީދު ކުރި މީހެއް ނޫން" ކަމަށެވެ. ޖަވާބުގައި ރިޔާޒް ކުރެއްވީ ސުވާލެކެވެ.
އެ ސުވާލުގައި ރިޔާޒް އައްސަވަނީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު ކޮޅު ބަދަލުކުރައްވާނެ ކަމަށް އޭނާ ގާތު، ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ކިހާވަރަކަށް ތާއީދު ކުރައްވާތީތޯ ކަމަށެވެ. އެހެން އެއްސެވުމާއެކު ނިހާން ކުރެއްވި ޓުވީޓުގައި ރިޔާޒަށް ފާޑުވިދާޅުވެ، "އަދިވެސް ތި އުޅެނީ ރެޑް ލީފް ގަލަމުގެ ހުސް ދޯރި ޖީބުގައި ޖެހި ޒަމާނުގައިތޯ" އެއްސެވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމްގެ ޓިކެޓް ހޯދައިދިނުމުގެ މަސައްކަތް 2012 ގައި ފެށި ފަހުން އޭނާ ހުންނެވީ ރައީސް ޔާމީނާ އެކުގަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ އެންމެ އިސް ހަތަރު މަގާމުގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމުގައި ރިޔާޒް ހިތްދަތިވޭތޯ އެއްސެވި އެވެ.
ޖަވާބުގައި ރިޔާޒް ވެސް ކުރިމަތިކުރެއްވީ ވަރުގަދަ ސުވާލެކެވެ.
"އަހްމަދު ނިހާން ތިޔަ މަގާމުގައި ބަހައްޓާފައި ތިހިރީ މަނިކުފާނަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ؟ މަނިކުފާނާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ، ފުނަމާ ލަތީފް [ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް] ކައިރިން އައްސަވާލަބައްލަވާ،" ރިޔާޒް ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީން އޭނާ އަށް އިތުބާރު ކުރެއްވިއަސް އަދި ނުކުރެއްވިއަސް އެއީ ރިޔާޒު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ރިޔާޒާއި ލަތީފްއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ހުންނެވި، މަގާމު މި ދައުރަކު ރިޔާޒަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ފޭސްބުކް މެސެންޖާގެ ޗެޓް ލޮގު ހަނދާން ހުރިތޯ އެއްސެވި އެވެ. އެކަމަކު އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ ޗެޓް ލޮގެއް ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.
Allah ge rahumaiy kithammehaaves bodu thiyafadha maqaamehga huregen Ahmed Nihan kurahvan jehunu kankan nukoh alhugandu salaamaiyvi kamahtakaa. Thiya vidhaalhuvaa FB chat log avahah haama kollahvaa! Fuluhun athugaves alhuganduge hurihaa chat logthah hunnaane noonthoa?
— Abdulla Riyaz MP (@riyazabdulla) January 8, 2018
ނިހާނާއި ރިޔާޒުގެ ޒުވާބުގައި ކުރެއްވި ޓުވީޓެއް.
ރިޔާޒް އެދިވަޑައިގަތީ އެފަދަ ޗެޓު ލޮގެއް ނިހާންގެ އަތުގައި އޮތް ނަމަ ހާމަ ކުރެއްވުމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ އަތުގައި ވެސް އޭނާގެ ހުރިހާ ޗެޓް ލޮގެއް ހުންނާނެ ކަމަށެވެ. ނިހާން ހުންނެވި ބޮޑު މަގާމުގައި ހުންނަވައިގެން ކުރައްވަން ޖެހިވަޑައިގަތް ކަންކަން ނުކުރައްވައި ސަލާމަތްވެވަޑައިގަތުމަކީ ﷲގެ ރަހުމަތެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ތަފްސީލު ނުދެއްވިއަސް ރިޔާޒް އެ އިޝާރާތް ކުރެއްވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް ޕީޕީއެމުން ހުށަހަޅައި މަޖިލީހުން ފާސްކުރި ބިލްތަކަށް ކަމަށް ބެލެވެ އެވެ.
ދެ ބޭފުޅުން ދެން ފެއްޓެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އޮތް ގުޅުމާ ވާހަކައިންނެވެ. ނިހާނަށް، އަދީބު ވަރެއް ނެތިގެން ދިޔަ ނޫންތޯ ރިޔާޒް ސުވާލު ކުރެއްވުމުން ނިހާން ވިދާޅުވީ އޭރު އަދީބަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށެވެ. މަގާމުގެ ގޮތުން އޭރު އޭނާ އުޅުއްވަން ޖެހޭނީ އެހެން ކަމަށާއި ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު، އަދީބާ ހެދި އުޅުއްވި ގޮތް ފެނިވަޑައިގެންނެވި ކަމަށް ނިހާން ވިދާޅުވި އެވެ.
މި ޒުވާބު ހޫނުވާން ފެށުމުން، ރިޔާޒަށް ރައްދު ނުދެއްވަން ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު މުބީން އެދިވަޑައިގަތެވެ. ޖަވާބުގައި ނިހާން ވިދާޅުވީ "ގަލަމު ދޯރި ޖެހި ކަނޑު ކޮހުންނާ ޓުވިޓާގައި ޒުވާބު ކޮށްލީމަ ވަރަށް މަޖާވާނެ" ކަމަށެވެ.
މިހެން ވިދާޅުވެ މެދުކަނޑާލެއްވި ޒުވާބު ނިހާން އަލުން މިއަދު ފެއްޓެވީ ޖުމްހޫރީ ޕާޓީ އަށް ފާޑުވިދާޅުވަމުންނެވެ.
JP Leader Qasim Ibrahim, ah Court Kohffaivaa Hukumaa Eku Mihaaru JP ga Qaanoonee Gothun Harakaaiy theri vaane Leader eh Nuhunnaane. Alun leader eh Jeheynee JP Council in Nuvatha Congress akun namaves hovan. #LeaderAkuDhakkaa pic.twitter.com/pRM5GCex2l
— Ahmed Nihan (@ahmed_nihan) January 9, 2018
ނިހާންގެ މި ޓުވީޓާއެކު، ރިޔާޒަށް އަނެއްކާވެސް މިއޮތީ ޖަވާބު ދެއްވަން ޖެހިވަޑައިގެންފަ އެވެ. އެހެންކަމުން މި ޒުވާބު އަދިވެސް އޮތީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒް
22 February 2018
ޖަވާބު ވަރަށް ސާފު. ޕީޕީއެމްގެ ކޮންގްރެސް ގަވާއިދާ އެއްގޮތަށް ބޭއްވީ ކޮން ދުވަހަކު. އުސޫލާ ހިލާފު.
1234
10 January 2018
އަލީ ވަހީދަށް ޖެހުނު ހާލު ނިހާނަށް ޖެހެން އޮތީ ބާކީ 1 އަހަރު.
ދީމާހު
10 January 2018
ނިހާނު ދެން ތިޔަ ގޮނޑިއަށް ހޮވޭނެ އެއްވެސް ފޯމިއުލާއެއް ނުފެނޭ
ޓައްޚާނު
10 January 2018
ދެން އަންނަ މަޖިލިހަކަށް ހޮވަން ވާނީ އަމއްލަ ބާރާއި ނުފޫޒުން ތިމާމެންގެ އަމިއްލަ އަންބޮޑި ބޮޑު ނުކުރާ ކަހަލަ މީހުން. މިހާރުވެސް ތިޔަ ހަދާފައި ހުރި ޤާނޫނު ތަކުން އަމިއްލަ މުސާރަ ބޮޑުކޮށް މިޔަކުން ދައުލަތަށް އެތައް މިލިއަނަކުން ގެއްލުންވާހެން ބޮޑެތި ޕެންޝަން ނަގާ މީ ކޮންސަކަރާތެއް ގަންނަ ބައެއް.ލަދު ކޮބާ. ކަލޭމެން ވީމަ ވަކި އުސޫލަކުން ޕެންޝަން ފުލް މުސާރަ ލިބޭހެން ނުކުރެވޭނެ. ދެން އަންނަ މަޖިލީހަށް ވައްދަންވީ ފެއަރކޮށް މިކަން މުރާޖަ ކުރާނެ ފެންވަރުގެ ބައެއް.
ފޯމިއު
10 January 2018
ތިޔަ ބުނާކަހަލަ މީހުންގެ ނިތްކުރީގައި ލިޔެފައި އޮވޭތަ އެމީހާ ކޮރަޕްޓް ނުވާނެކަމަށް. ރަނގަޅު މީހުން މަޖުލީހަށް ނަގަން ބޭނުންނަމަ، ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ސޯލިހު މީހުން ހޮވޭތޯ ކެމްޕޭންކޮށްބަލަ. މަވެސް ކުރާނަން.
ރަބަރު
10 January 2018
ނިހާނާ ރިޔާޒާ އަޅާނުކިޔޭނެއެވެ. ރިޔާޒަކީ ހުރިހާގޮތަކުންވެސް ނިހާނަށްވުރެ އެތައްހާސްބައި ރަނގަޅު މީހެކެވެ. ރިޔާޒަކީ ހުނަރުވެރި ގާބިލު މީހެކެވެ. މިބުނީ ސިޔާސީ ކަންކަމުގައި އުޅެންފެށިފަހުން ބައެއް ފަހަރު ނުކިއްސަރު ކަމެއް ނުފެންނަ ވާހަކައެއް ނޫނެވެ.
ދެރަކަލޯ
10 January 2018
ބަގާވާތުގެ މޭސްތިރިން އަތަށްގޮވަނީ މާތްކަލާކޯ ހައްޕު ކިޔާމަޑުން ތިބޭ ނޫންނަމަ އޮރިޔާން ވެދާނެ
ހައސަންބެ
10 January 2018
ނިހާނަށް އެނގޭބާ ބޮޑެތި އަތޮޅުގެ މެޖޯރިޓީއޮތްގޮތް އެކަން އެގޭނަމަ ނިހާނުވެސް ކޮޅުބަދަލު ކޮށްލުމަކީ ކޮށްފާނެކަމެއް.
ރައްޒާން
10 January 2018
ރިޔާޒެކޭ ނިހާނު އެކޭ ހަމަ ހުސް ކަނޑުކޮހުން، ވެރިކަން ވައްޓާލާފަ ސިޓީ ހިފައިގެން ވަރަށް ހެވިފަ ރިޔާޒު ދިޔަހަދާންވޭ، ޕިންކުން ނަގާ ހުރާލީމަ މާ ހިތްސާފުވެގެން ކަމަށް އުޅުނަސް ތި ވާނީ ތިޔަށް،
ހަމްދަމް
10 January 2018
މާމޮޅު ވާހަކަތަކެއް ނޫން. ހަނުތިބުން މާ ބުއްދިވެރި. އެކަމަކު އަގުވެއްޓި ނިމިފަ ތިބި ބަޔަކަށް ކުރެވޭނީވެސް މިކަހަލަ ކޮސް ކަންތައް
އާރޓިސްޓް
10 January 2018
ކޮމެންޓްސް އާއި ލައިކް އެންޑް ޑިސްލައިކް އިން ރައްޔިތުން ގެ ތާޢީދު އޮތީ ކާކަށް ކަމާއި އަދި ރައްޔިތުން ޤަދަރު ކުރަނީ ކާކަށް ކަން ވެސް އެނގިއްޖެ. ދެން އިންތިހާބު ތަކުން އިނގޭނެ އިތުރަށް ގޭމް ދާގޮތް. ޢިންތިޒާރުަގަ މިހިރީ
ނައުންދި
10 January 2018
ވޯޓުލާ އާބާދި 2 ލައްކަ. އެންމެ ގިނަ ލައިކްގެ އަދަދު 40. މިދެ އަދަދު އަޅާކިޔާނެ ފޯމިއުލާއެއް ނުފެނިގެން މިއުޅެނީ. އެމްޑީޕީ ސައިޓްތަކުގައި ލައިކް އެންމެ ގިނައިން ލިބެނީ އެޕާޓީއަށް. ޕީޕީއެމް ސައިޓްތަކުގައި އެންމެ ގިނަ ލައިކް ލިބެނީ އެޕާޓީއަށް. ހަގީގަތަކީ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެކަމާއި، ތިމާގެ ދަރިފުޅު ދޮންފުތުވާނެކަން.