ހދ. ނޮޅިވަރަންފަރު. އެ ރަށުގައި ޒުވާނަކު އިއްޔެ ވަނީ މަރުވެފައި
16 ޖެނުއަރީ 2018 - 14:34
ހދ. ނޮޅިވަރަންފަރުގައި ފުޓުބޯޅަކުޅެން ހުރި ޒުވާނަކު، ކުޅެ ނިންމިތާ އިރުކޮޅެއްގެ ތެރޭގައި މެ އަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.
ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ އައްބާސް މުހައްމަދުގެ ހާލު ސީރިއަސްވީ، އިއްޔެ ހަވީރު ރަހުމަތްތެރިންނާއެކު ފުޓުބޯޅަ ކުޅެ ނިންމައި ގެ އަށް ދިޔަ ތަނުންނެވެ. އޭނާ މަރުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ރޭ ދިހައެއް ޖަހާކަންހާއިރެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އެ ރަށު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ އައްބާސް އިއްޔެ ހަވީރު ކުޅެ ނިންމާފައި ސައިކަލުގައި ރަހުމަތްތެރިއަކު ގެއަށް ލާން ދިޔަ ކަމަށާއި މެޔަށް ތަދު އެރީ އެނބުރި ގެ އަށް އައި މަގުމަތީގައި ކަމަށް ބެލެވޭ ކަމަށެވެ.
"ކުޅެ ނިންމާފައި ބައިގަޑިއިރު ވެސް ނުވާނެ އޭނާގެ މެޔަށް ތަދު އަރައިގެން، އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެންގޮސްފި. އެކަމަކު އޭރު ހާލު ސީރިއަސްއެއް ނޫން. ވާހަކަ ވެސް ދައްކާ ހެދި،" ވަހީދު ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު ކައިރީގައި ބުނި މެޔަށާއި ބުރަކަށީގެ ތަންކޮޅަކަށް ތަދުވާ ކަމަށް. އެކަމަކު ވައިލެވޭ އިރަށް ތަދު ރަނގަޅުވާ ކަމަށް ވެސް ބުނި،"
ވަހީދު ވިދާޅުވީ އައްބާސްގެ ހާލު ފަހުން ސީރިއަސްވެ، ކުޅުދުއްފުއްޓަށް ގެންދަން ނިންމި އިރު އޭނާގެ ހަށިގަނޑު އެއްވެސް ވަރަކަށް ހަރަކާތް ނުކުރާ ކަމަށެވެ. ކައުންސިލުން ލަފާ ކުރާ ގޮތުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ކުޑަ ދެކުދިން ހުންނަ އައްބާސް ނޮޅިވަރަންފަރަށް ދިޔައީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު ޗުއްޓީ ދުވަހަކަށެވެ.
ކަސްރަތު ކުރަން ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން އައްޑޫގައި ވެސް މީގެ ކުރިން މީހަކު މަރުވެފައިވާ އިރު، ފުޓުބޯޅަ ކުޅެން ހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފަކު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަރުވެފަ އެވެ. އަދި ފުޓުބޯޅަ ކުޅެން ހުއްޓައި އުމުރުން 25 އަހަރުގެ ޒުވާނަކު ވެސް 2016 ވަނަ އަހަރު، ކ. ތުލުސްދޫގައި ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
17 January 2018
މިފަހަކަށްއައިސް ފުޓްބޯޅަ ކުޅެންހުއްޓާ މަރުވުމާއި ކުޅެނިމެނިކޮށް މަރުވުމާއި ނިމިގެން ގެއަށްދަނިކޮށް މަރުވުމަކީ މަދުންނަމަވެސް ހިނގަމުންދާކަމެށް ،،،،، ގިނަމީހުންގެ ސިސްޓަމްއަށް އެރަރ މިއަރަނީ ހާޓްމައްސަލަޖެހިގެންކަމަށް އެބުނަނީ ،،، އެކަމު އެއީ ހަމަގަދަބަދަވިކޮށް ކުޅެންއުޅޭމީހުން ،،،، އަދި އަޅުގަނޑުދަންނަ ފްރެންޑެއްވެސް ޖިމްގައި ކަސްރަތުކުރަންހުއްޓައިވެސް ހާޓް އެރަރ އެރި ،،،، އެއީ ޒުވާންދައުރުންސުރެން ކަސްރަތުގައި އުޅޭ މީހެށް ،،،، ވީމާ އަޅުގަނޑު ދަންނަވާލަން މިއުޅެނީ ކަސްރަތުކުތިޔަސް ފުޓްބޯޅަކުޅުނަސް ޖިމްއަށްދިޔަސް ފަތަންދިޔަސް ހާޓްމައްސަލަޖެހެޔޭ ،،،،، ގިނަބަޔަކު ހީއްކުރަނީ އެއީ ކަސްރަތާއި ދުރުވީމައި ވާކަމެށްކަމަށް ،،،، ނަމަވެސް އެއީ ކެއުމުގެ އުސޫލްތަކުން ވާކަމެށް ،،، އެކަން ރިވާސްކުރެވެނީވެސް ކެއުން ބަދަލުކޮއްލައިގެން ،،، ޑރ، ކެޑްވެލްގެ ހޯދުންތަކުން ދެއްކީއެހެން ،،، އޭނާގެ ފޯރމިއުލާ މިހާރު ބައިވަރުމީހުން ބޭނުންކުރޭ ،،، މައައްސަލާމާ
އިސްމާލު
17 January 2018
ޒަމާންވަނީ ބަދަލުވެފަ އެންމެންނަކީވެސް ހޭލުންތެރިން ކޮންމެ ވަގުތަކު ކޮނމެ އެއްޗެއް ބަލާލުމަކަށް ގިނަ އިރުތަކެއް ކުރާކަށެއް ނުޖެހޭ 50 ބުރީގެ ހޮސްޕިޓަލް އަޅާތޯ ބެލުމެއް ނޫން މުހިންމީކީ ތިމާގެ ޒިންމާ ފުރުހަމައަށް އަދާ ކުރީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.
ވާލުސޮރު
16 January 2018
25 ބުރީގެ ހޮސްޕިޓަލެއް އެޅުމަށްވުރެ ސިއްހީގޮތުން އާންމުން ހޭލުންތެރިކުރުން މާ މުހިންމު. ފަހަކަށް އައިސް އެބައި މުޅިން ނެތި ހިނގައްޖެ! އެޢާއެކު ގޮތްނޭނގޭ ބާވަތްބާވަތުގެ އެނަޖީ ޑްރިންކްސް ތަކާ ލުއި ކާނާއާ ޖަންކްފުޑް އާންމުވެ ނިމިއްޖެ. ގިނަ ހޮޓާ ތަކާ ރެސްޓޯރަންޓް ތަކުގަ ބޭނުންކުރާ ތެލަކީ ރިސޯޓްތަކުގަ އެއްފަހަރު ބޭނުންކޮށްފަ އުކާލަން ތިލަފުއްޓަށް ފޮނުވާތެޔޮތޯ ބަލާނެ ބަޔަކުނެތް. ގޮތްނޭނގޭ ބަލިތަކާ މަރުތައް ދުވަހުން ދުވަހަށްވަނީ އިތުރު!
ސްކިޕަރސކޑ
16 January 2018
ޕަލްމޮނަރީ އެމްބޮލިޒަމް އަކީ ކޯއްޗެއްތޯ ހޯދާލަބަލަ... ދިވެހިން މިކައި އުޅޭ ހެދިކާ ގެ ބާވަތްތަކަކީ އަކީ ޅައުމުރުގައި ބޮޑެތިބަލިތަށް މަގުފަހި ކުރާ ވިހައެއް.. އެއާ ސިގިރެޓާ، ތެޔޮ ރިހަޔާ، ހުނި ރޮެއޓާ، އެނާޖީ ޑްރިންކު އެކުވީމާ މީހަކު ދުނިޔޭގައި ސަލާމަތަކުން ނުހުންނާނެ..
ކާޅު ޔަހުޔާ
16 January 2018
އަދި އިތުރުކޮށްލާ ދުފުން، ގަނޭޝް، ހީރާޕައްނާ
ރަބަރު
16 January 2018
ކޮންމެ މީހަކުވެސް ކޮމެންޓް ކުރަނީ އެމީހެއްގެ ހިތައް އެރިއެއްޗެކެވެ. ކަމުގެ ހަގީގަތް ހޯދާ ބެލުމުން ނޫނީ އަސްލު ސަބަބު ނޭގޭނެއެވެ.
ބާހިސް.
16 January 2018
މާއްދީ ހެކިތަކުން އެކަނި މިކަހަލަ ކަންތަކުގެ ސަބަބެއް ނޭނގޭނެ. މީހުން ކަނަބޮޑުވާވަރަށް ނުރައްކާތެރި ބަލިތައް ގިނަވެގެން އުޅޭ ސަބަބުވެސް މިއޮތީ ނޭނގިފަ. މިހުރިހާ ސުވާލަކަށް ޖަވާބު ލިބޭނީ މަހްދީގެފާނު ފޮނުއްވީމަ. މިހާރު ދުނިޔެ މިއޮތީ އެހާލަތަށް ގޮސްފަ.
ސިސް
17 January 2018
ނުރައްކާތެރި ބަލިތައް ގިނަވާ ސަބަބު ނޭގިގެނެއް ނޫޅޭ . އެކަންކަމާ ގުޅޭ އެތައް ލިޔުންތަކެއް ފެންނަން އެބަހުރި އަތުގަ ތިއޮތް ފޯނު ބޭނުންކޮށްލައިގެންވެސް.
އަކިޔަންބޯ
16 January 2018
ހެޔޮނުވާނެ މިވާކަންތައްތައް ދިރާސާކޮށް ތަހުލީލު ކޮށްދެއްވަބަލަ!
އަޖީތު
16 January 2018
މިކަންކަން ޕޯސްމޯޓަމް ހަދައިގެން ތަހްގީގުނުކޮށް ކޮންމެ ފަހަރަކު މީހަކު މަރުވާއިރަށް ވަޅުލީމާ، ދުވަހަކުވެސް މި ވާގޮތެއް ނޭގޭނެ. ބައްޔެއްގައި ނޫޅާ ޒުވާނަކު ހަމަ ކުއްލިއަކަށް މަރުވީމާ، އެކަމުގެ ސަބަބު ބަލާލުމަކީ ދެން ދިރިތިބި މީހުންނަށް ރައްކަލަކަށްޓަކައިވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
ސަޅިބައިސާ
16 January 2018
ރަށްރަށުގާ މަރުވާ މީހުން ވަޅުލުމާއި ކަނޑުމަތީ މަރުވާ މީހުން މީހުން އުޅޭ ރައްރަށަށް އެރުވުމުގާ އިހު މުސްކުޅި އެދުރުބޭކަލުން ގެންގުޅުނު އުސޫލުތައް ދޫކޮށް ފަހުގެ ދަންނަބޭކަލުންގެ ބަހަށް އުޅެއުޅެ ދިވެހިން މިތިބަ ނިމިދަނީ. މަރުވީމަ ބުނާނެ ހައްޤު ހަމަވީއޭ. ކުއްލި މަރު މިހާރު މިވަނީ ބިރުގަންނަ މިންވަރަށް ގިނަވެފަ. ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެކޭ ކިޔާނެ. ޙަޤީޤަތަކީ ކާބަފައިން ގެނެސްދިން އިސްލާމީ ތަރުބަވީ އުސޫލުތައް ދޫކޮށްލުން.
ކަނޑު ރަސްގެފާނު
16 January 2018
އިސްލާމް ދީނުގެ ކޮން މަސްދަރަކުން ހެކިލިބެނީ ކަނޑުމަތީގަ މަރުވާމީހުން ކަނޑުފައްތަން ޖެހޭ ކަމަށް؟
ޙަސަން
16 January 2018
މައްސަލައަކީ ފެންބޯހެން އެނާޖީ ޑްރިންކް ބޯތީ.
ހަހިއްސު އަބުދުﷲ
16 January 2018
އެންމެ މޮޅު އެނަޖީޑްރިންކަކީ ކުުރުބާ ކަމަށް ގަބޫލުކުރާނީ ކޮންއިރަކުންބާ؟