އެނބޫދޫފަޅުގައި ހިންގަން ނިންމާފައިވާ ވިޔަފާރިތަކާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭޭއްވި ފޯރަމް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު /މިހާރު
18 ޖެނުއަރީ 2018 - 06:48
މާލެ ސަރަހައްދުގައި އިތުރު އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް ހިންގަން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ތައިލެންޑްގެ ސިންގް އެސްޓޭޓުން ހިއްކައިގެން ތަރައްގީކުރާ ކ. އެނބޫދޫފަޅުގައި ހިންގަން ނިންމާފައިވާ ވިޔަފާރިތަކާ ބެހޭ މައުލޫމާތު ދިނުމަށް ނެޝަނަލް އާޓްގެލަރީގައި ބޭއްވި ފޯރަމް ހުޅުވައިދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓުން އިންވެސްޓަރުން ރާއްޖެ ބަލައިގެންފައިވާ މިންވަރު ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.
"މީގެ އިތުރު ޕްރޮޖެކްޓްތައް މާލެ އަތޮޅަށް އަންނާނެ ކަމަށް ބައެއް އިންވެސްޓަރުން މިހާރު ވެސް އަޅުގަނޑުމެންނަށް އިންޑިކޭޓް ކޮށްފައި އެބަހުރި. އަޅުގަނޑަށް ހީވަނީ މިއީ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާހެން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ "މިއީ އަޅުގަނޑުމެން ރާއްޖެ ދެކެން ބޭނުންވާ ގޮތް" ކަމަށެވެ.
"މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރުމާއެކު ދެން ރާއްޖެއަށް އަންނާނެ ބަދަލުތައް މިފެންނަނީ. ޚާއްސަކޮށް މާލެ އަތޮޅަށް. އޭގެ އިތުރަށް ދުރު ސަރަހައްދު ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެނބޫދޫފަޅު ފަދަ އެތައް ޕްރޮޖެކްޓްތަކެއް ޕްލޭންކޮށް ހެދުމުގެ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ އެނދު އިތުރުވަމުން އަންނައިރު، އެނދުތައް ހުސްކޮށް ހުންނަކަން ފާހަގަކުރެވޭތީ އެކަމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުން އިތުރުކުރެވޭނީ އެނބޫދޫފަޅު މަޝްރޫއު ފަދަ އިންވެސްޓްމަންޓްތަކާއެކު ކަމަށެވެ. އަދި ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ޕްރޮޑަކްޓް ޕޯޓްފޯލިއޯ ބަދަލުވާންޖެހޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އިއްޔެގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ އިންޓެގްރޭޓެޑް ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 450 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި އެތަނުގައި ތަރައްގީކުރާ އެކި ފެންވަރުގެ ތަފާތު ނުވަ ރަށް ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަޝްރޫއުން ހަމަ ޔަގީނުން ވެސް ރާއްޖޭގެ މަތީ ފެންވަރު ޓޫރިޒަމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނުވާނެ. އަޅުގަނޑު ވަރަށް ފަހުން އެތަނަށް ދިޔައިން ބަލާލަން. އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާ ގޮތް ފެނިފައި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެނބޫދޫފަޅު ތަރައްގީ ކުރާ ކުންފުނިން ލަފާކުރާ މުއްދަތަށް އެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރަށް ނިމޭނެ ކަމަށް ސިންގް އެސްޓޭޓުން ބުނި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް އެކަނި 311 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ދެ ރިސޯޓުގައި 395 ކޮޓަރި ހުންނާނެ ކަމަށާއި އެއާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަނޑާކަލޯ
18 January 2018
ތީ ގަމާރުންތައް ރީސޯޓު އީތުރުކުރާއީރު އެއޮއްގެން މާލޭ ކޮމާޝަލް ޕޯޓު ބަނޑުންޖެެހެނީ.. މީހާރު އަލައްހަދާ ރީސޯޓުތަކައް ތަކެތީ އީމްޕޯޓުކުރުމަށާ.. ރީސޯޓު ހީނގަން ތީރީސް އެތައް ރީސޯޓެއްގެ ކާގޯ ވައްދަނީ ކޮން ބަނދަރަކުން.. ފުރަތަމަ މައީ ބަނދަރު ބޮޑުކޮއްބަލަ.. ސައީދު ބޭރުކުރޭ އީކޮނޮމީކު މީނީސްޓަރީއީން..އެ ގޮލައަކައް ނުކުރެވުނޭ އެއްކަމެއްވެސް ތީލަފުޝީ ބަނދަރު ކަންތައްވެސް ދީޔައީ ފެނުފުލުން.. މީހާރު 5 އަހަރު މީނީމުނީ..
ބަސް
18 January 2018
ބޭނުމަކީ ގެސްޓް ހައުސް ވިޔަފާރިން ރަށްރަށް ލިބެންދާ އާމްދަނީ ހުއްޓުވާލުން. މެދުފަންތީގެ މީހުން ނަށް ގެސްޓްހައުސްތަކުން ލިބޭ ނަފާ ހުއްޓުވާލާ، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެނައުން. ރައްޔިތުން ނިކަމެތިކަންމަތީ ބޭތިއްބުން.
ބެއްޔާ އައްޑޫ
18 January 2018
މަނިކުފާނިއެވެ. ރައިސުއަށް ދަންނަވައިގެން މިއަތޮޅުގައި ގާއިމުކުރަން ވައުދުވި ޓުވަރިސްޓު އެނދުކޮޅު ތަރައްގީކިރާނެ އިންޓަގްރޭޓެޑް ވިސްނުމެއް ނެރިގެން ތަރައްޤީ ކޮށްދީބަލަ. މަނިކުފާނުމެން ފެންނެތް ކާށި ބިންނަމުން ދުވާއިރު ކާށިހުނިކޮޅެއް މަމެންނަށްވެސް ދީބަލާ..
އުނބުށެން
18 January 2018
އެމްޓީޑީސީ. ބަނގްރޫޓްވާން ދޫކޮށްލާފައި އިތުރު ބަޔަކަށް ބޮޑެތި ވަޒީފާދޭން އަނެއްކާ އަނެއް ކުންފުނި އުފެއްދީއެވެ. ނޫންނަމަ ތިކަން ހަމަ އެކުންފުނި މެދުވެރިކޮށްވެސް ކުރެވުނީހެވެ.
ހއ. ތުރާކުނު ބޮލިތޮށިކޮޅުން
18 January 2018
އައިހެވަން ޕްރޮޖެކްޓްވެސް ތިގޮތަށް ޕްލޭންކޮށް، އިސްތިހާރުކޮށް، ވައުދުކޮށްހެދި. ދައުރު ނިމޭއިރުވެސް ސުރުހީ އެޅުންނޫން ކަމެއް ނުކުރެވުނު. ދެން ވޯޓާ ކައިރިކޮށްފަ އައިސް ތަނަކަށް ފަސްކޮޅެއް އަޅާލައިފަ ގޮވަންފަށާ އައިހެވަންވެސް މި ނިމުނިއްޔޭ. ޖުލައި 26 އަށް ހުޅުވާނަމޭ. ދެން ތިލަދުންމަތީ މޮޔައިން ތިބޭނެ ވޯޓްދޭން.
މާރވެލަސް
18 January 2018
މަމެން ހީކުރި ވަރާއި ގާތަށް ވެސް މަމެންގެ ވެރިކަމުގައި މާލެ ސަރަހައްދު ތަރައްގީ ވެގެން ދާ ތަން މަމެންނަށް ފެނިގެން ނުދެއެވެ. ކީއްވެގެންތޭ މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑު އޮޅި އެއް ކޮށް ހިއްކާލައިގެން އެތަނުގައި އިންޓަރ ގްރޭޓެޑް ރިސޯރޓްސް ތަކާއި އަދި އިންޑަސްޓްރިއަލް ޕާރކްސް ތަކާއި އެޑިއުކޭޝަނަލް ޕާރކްސް ތަކާއި މެޑިކަލް ޕާރކްސް ތަކާއި އެގްރިކަލްޗަރ ޕާރކްސް ތަކާއި ފިޝިންގް ޕާރކްސް ތަކާއި އަދި ކޮމާރޝަލް ޕާރކްސް ތައް ނެހެދެންވީ. އައި އޭމް ލުކިންގް ފޯރ ސަޗް އަ މާރވެލަސް އިންޓަރގްރޭޓެޑް. ޑޯންޓް މިސް ދިސް ޗާންސް.
އައިކުޑް
18 January 2018
މާލެ ސަރަހައްދުގައި އިތުރު އިންޓެގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓް ހިންގަން ޝައުގުވެރިކަން ފާޅުކުރާ ނަމަ ތިލަފުށި އިރުން އޮތް ބޮޑު ފަޅު ބަރޮސް ފަޅު ތެރޭގައި އޮތް ބޮޑު ފަޅު އަދި މާލެ އާއި ގިރާވަރާއި ދެމެދު އޮތް ފަޅު އެބަޖެހޭ ކުއްޔަށް ދޫކޮށްލަން އަވަހަށް. މާލެ ސަރަހައްދުގައި އެބަޖެހޭ މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތަކެއް ހިއްކައިގެން އިންޓަރގްރޭޓެޑް ރިސޯރޓްސް ތައް ހަދާ އެެއަދަދު 1000 އަަށް އަރަން މަދުވެގެން. އެއިރުން ސާރކްގެ ކޮމާރޝަލް ކެޕިޓަލް އަށް ރާއްޖެވެ އަދި ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާ އަދި ޑޮލަރެއްގެ އަގަކީ 1 ޑޮލަރު އެއްވަރު ވަނީ 1 ރުފިޔާ ކަމުގައި ހެދިގެން ދާނީ. ދީސް އާރ ދަ ތިންގްސް ދެޓް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި. އައި އޭމް ލުކިންގް ފޯރ އިޓް.