ވިޔަފާރި / ސްޓެލްކޯ

ސީއެންއީއީސީއާ ކޭބަލް ޕްރޮޖެކްޓް ހަވާލުކުރަން ނިންމި ކަމެއް ނޭނގެ: ސްޓެލްކޯ

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ ޒުހޫރު (މ)ގައި. ސީއެންއީއީސީ އާ ކޭބަލް ޕްރޮޖެކްޓް ހަވާލުކުރަން އެނާޖީ މިނިސްޓްރީން ނިންމި ކަމެއް ނޭނގޭ ކަމަށް ވިދާޅުވި. ފޮޓޯ: ނިޝާން އަލީ /މިހާރު

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާ އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ)އާ ހަވާލުކުރަން އެނާޖީ މިނިސްޓްރީން ނިންމި ކަން އެނގިފައިނުވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ފަހު އަލުން ހުއްދަ ދިނުމާ ގުޅިގެން، ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، އެނާޖީ މިނިސްޓްރީން އެ މަސައްކަތް ސީއެންއީއީސީއާ ހަވާލުކުރި ކަން ނޭނގެ ކަމަށެވެ.

ޒުހޫރު އެހެން ވިދާޅުވި އިރު އޭރު އެޕްރޮޖެކްޓް ކުރިޔަށް ގެންދިޔަ އެނާޖީ މިނިސްޓްރީން ވަނީ އެ ބިޑް ކާމިޔާބުވި ކަން މިދިޔަ އަހަރުގެ ނޮވެމްބަރު 13 ގައި ސިޓީއަކުން ސީއެންއީއީސީ އަށް އަންގައިފަ އެވެ. އެކަމަކު އެ މަސައްކަތް ސީއެންއީއީސީއާ އެވޯޑް ކުރިތާ 17 ދުވަސް ފަހުން، ކޮންޓްރެކްޓް އެވޯޑްކުރި ސިޓީ އަނބުރާ ގެންގޮސް ސްޓެލްކޯއާ ހަވާލުކުރުމުން، ސްޓެލްކޯ އިން ނިންމީ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލު ކުރުމަށެވެ.

"ސްޓެލްކޯ އަށް އެނގިފައިވާ ކަންތައްތަކެއް ނޫން [އެނާޖީ މިނިސްޓްރީން ވަކި ބަޔަކާ ހަވާލުކުރަން ނިންމި ކަމެއް]. ސްޓެލްކޯ އަށް އެއްވެސް ސިފައެއްގައި ތިފަދަ އެއްވެސް ލިޔުންތަކެއް ލިބިފައެއް ނެތް. ސްޓެލްކޯ އަށް މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައި އޮތް ސިޓީއަކީ މި ޕްރޮޖެކްޓް ވީއެންމެ އަވަހަކަށް ކުރިޔަށް ގެންގޮސްދިނުމަށް. އަޅުގަނޑުމެންނާ ހަވާލުކޮށްފައެއް ނެތް ވަކި ބަޔަކަށް އެވޯޑްކޮށްފައި އެ ބަޔަކާއެކީ ކުރިޔަށް ދިއުމަށް. އަދި ބަޔަކަށް އެވޯޑް ކުރި ލެޓާއެއް ވެސް ސްޓެލްކޯ އަށް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް މިހާރު ސްޓެލްކޯ އިން ކުރި އަށް ގެންދާ އިރު އެނާޖީ މިނިސްޓްރީއާ އެއްވެސް ވަރަކަށް މުއާމަލާތު ކުރެވޭތޯ އަދި ކުރިން އެކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ހޯއްދެވިންތޯ ދެންނެވުމުން ޒުހޫރު ވިދާޅުވީ "އަޅުގަނޑުމެން އެނާޖީ މިނިސްޓްރީއާ ދައްކަން ޖެހޭ ވާހަކައެއް މި ޕްރޮޖެކްޓްގައި ނެތް" ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގީ ފިނޭންސް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީ އޮފް ފިނޭންސްއަކީ ސަރުކާރުގެ އެންމެހާ ކުންފުނިތަކުގެ އިސް ފަރާތް. ކުންފުނީގެ ސަތޭކަ ޕަސެންޓް ހިއްސާ ރެޕްރެޒެންޓްކުރަނީ މިނިސްޓްރީ އޮފް ފިނޭންސް. އެންވަޔަރްމަންޓް މިނިސްޓްރީއަކީ ޕޮލިސީ މޭކާ. އެހެންވީމަ އެންވަޔަރްމަންޓް މިނިސްޓްރީން ޕޮލިސީ ލައިނުން ކަމެއް އަންގައިފި ނަމަ އަޅުގަނޑުމެން ފޮލޯ ކުރެވޭތޯ ބަލާނެ،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ވަކި ބަޔަކާ ހަވާލުކުރަން އެނާޖީ މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ސްޓެލްކޯއާ ހިއްސާކުރީ ދެ ޕާޓީން ހުށަހެޅި އަގުތަކާއި ބިޑް ޑޮކިއުމަންޓް އެކަނި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"އެ ބިޑް ސްޓެލްކޯ އިން އިވެލުއޭޓްކުރުމަށް ފަހު ސްޓެލްކޯ އަށް ފެންނަ އެންމެ ރަނގަޅު ގޮތް ވެސް އަޅުގަނޑުމެން ހަމަ ލިޔުމުން ވާނީ މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް އެންވަޔަރްމަންޓަށް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މި ޓެންޑާ ބާތިލުކުރި ކަމެއް ވެސް. ޓެންޑާ ހުއްޓުވި ކަމެއް ވެސް. ޓެންޑާ އިން ކުރިޔަށް ނުދާން ނިންމި ކަމެއް ވެސް. އަދި ޓެންޑާގައި އޮތް އަގުތަކެއް ނެގޯޝިއޭޓްކުރެވިދާނެ ކަމަކަށް އަޅުގަނޑުމެންނަށް އެއްވެސް ސިފައެއްގައި ގަބޫލެއް ވެސް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ އިންޓަނޭޝަނަލް ޓެންޑާއެއްގައި ނެގޯޝިއޭޓްކުރުމަކީ ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މާލިއްޔަތު ގަވައިދުގެ ތެރެއިން ވެސް އިންޓަނޭޝަނަލް ޓެންޑާއެއްގައި ޓެންޑާ ހުޅުވުމަށްފަހު، އެފަދަ ކަމެއް ކުރެވިދާނެ ކަމަކަށް. އަދި އެއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ތެރެއިން ވެސް އެނގެން އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން ޑޮންފެންއާ އެ ޕްރޮޖެކްޓް ހަވާލުކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށްފަހު ވަރަށް ޕްރޮފެޝަނަލްކޮށް އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި މާލިއްޔަތު ގަވައިދާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ޒުހޫރު ވިދާޅުވީ އެ މައްސަލަ ކުރިޔަށް ގެންދަން އޭސީސީން އަލުން ހުއްދަ ދިނުމުން ދެން އެކަމާ ގުޅޭ ގޮތުން އިތުރަށް ދައްކާނެ ވާހަކައެއް އަދި އަޑުއަހާނެ އިތުރު ވާހަކައެއް ވެސް ނެތް ކަމަށެވެ.

3 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮލޫވާލަނީ

20 January 2018

ވާތުން ކަނާތައްވެސް އޮލޫވާލަނީ!

The name is already taken The name is available. Register?

ބުނެލީ

18 January 2018

މާލިއްޔަތު ގަވާއިދު ވިދާޅުވެ ލެއްވުން ކިހިނެތްތޯ ވާނީ ހުރިހާ ބޭފުޅުން

The name is already taken The name is available. Register?

ތަލަބޯ

18 January 2018

ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން ޑޮންފެންއާ އެ ޕްރޮޖެކްޓް ހަވާލުކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށްފަހު ވަރަށް ޕްރޮފެޝަނަލްކޮށް އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި މާލިއްޔަތު ގަވައިދާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއީ ކިހިނެއް ބައްލަވާފައިތޯ؟ އޯޕަން ޓެންޑަރ އެއްް ހުޅުވާލައިގެންތޯ؟ ނުވަތަ ހަމަ އަލުން ޑޮންފެންއަށް އެއްވެސް އިތުރު ޓެންޑަރ އަކާ ނުލާ ނިންމާލީތޯ؟ މީތޯ ބެސްޓް ޕްރެކްޓިސް އަކީ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454