22 ޖެނުއަރީ 2018 - 23:52
ކުނީގެ ގޮތުގައި ހުންނަ ފަރުނީޗަރު ފަދަ ތަކެތި އުކާލަދޭ ހިދުމަތެއް އަންނަ މަހުގެ ފުރަތަމަ ދުވަހު ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
ވެމްކޯގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ ގޭތެރެއިން ނެރެފައި ހުންނަ ބޮޑެތި ކުނި، މަގުމަތީގައި ހުންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށެެވެ. އެގޮތަށް ދިމާވަނީ އެ އެއްޗެހި އުކާލަން ބޮޑު ހަރަދެއް ހިނގާތީކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮދަޑި ފަދަ އެއްޗެހި ބައެއް ފަހަރު ބޭރުގައި ބަަހައްޓާފައި ހުރޭ. އެގޮތަށް ބަހައްޓާފައި މި ހުންނަނީ، އެ އެއްޗެހި އުކާލަން 300 ވަރަކަށް ރުފިޔާ ހަރަދުކޮށްފައި ކުނި އުކާލަން ޖެހޭތީ. އެހެންވެ އެ މައްސަލަ ހައްލުކޮށްދޭން ކެޕްސް ލައިޓު މި ފެށީ،" ޝިފާއު ވިދާޅުވި އެވެ.
މި ބާވަތުގެ ކުނި އުކާލުމަށް ވެމްކޯއިން "ކެޕްސް ލައިޓް" ގެ ނަމުގައި ފަށާ ޚިދުމަތުގައި ތިން ކެޓަގަރީއެއް ވަނީ ހިމަނައިފަ އެވެ.
އެއީ ކޮމްޕިއުޓަރު ސިސްޓަމާއި ޓީވީ އާއި ގޮނޑި މޭޒު ފަދަ އެއްޗެހިން ނަމަ 25ރ. އެވެ. މެދު ސައިޒުގެ އެއްޗެހި އުކާލަން 50ރ. އަދި ބޮޑެތި ކުންޏަށް 75ރ. ގެ ފީއެކެވެ.
ކެޕްސް ލައިޓުގެ ހިދުމަތް ލިބޭނީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ވެމްކޯގެ ނަމްބަރު 1666 އަށް ގުޅައިގެން އެ ހިދުމަތް ލިބޭނެ ކަމަށް، މާލެ ސަރަހައްދުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަބްބޯ
23 January 2018
އަހަރެން 250 ރުފިޔާ ދީފަ ވެމްކޯ ޕިކަޕު ގެނެސްގެ ދެ ފަހަރު މިހާރު ބާއަލަމާރިތަކެއް އުކާލައިފިން. ޕިކަޕުގައި 3 މީހުން ތިބޭއިރުގަވެސް ޕިކަޕަށް އަރުވަން އެންމެ ކުޑަމިނުން އެއްޗެއްގަ ހިފާލަނީކީވެސްނޫން! ކޮންމެފަހަރަކު 250 ރުފިޔާ!
ބުޅާ
23 January 2018
ކުނިފާރަވެރިން ބަރާބަރަށް ކުންޏަށް ފާރަލާނަމަ މަގުމަތީ ކުނި ނުހުންނާނެ. އެއްދުވަހުކުނިގެންދިއައްޔަ އަނެއްދެދުވަހު ކުނި ނުގެންދާނެ. އަބަދު ޖެހެނީ 1666 ށްގުޅާ ބަވަން.
މުހައްމަދުވަހީދު
23 January 2018
ޝުކުރިއްޔާ. ވަރަށް ބޮޑަށް ބޭނުންވާ ޚިދްމަތެއް.
މަރީ
23 January 2018
ބޮޑެތި ކުނި އުކަންވެސް އަނެއްކާ ގުޅައިގެން ޒުވާބު ކޮއްގެންތަ ތިޔަ ވެމްކޯއިން މީހުން ގެންނަން ޖެހޭނީ. މިހާރުވެސް ކުނި އުކާލަން ޖެހެނީ ވެމްކޯއަށް ގުޅައިގެން. ބޯހަލާކު
ހެހެހެ
23 January 2018
ކުނި އުކާ 1ނަމްބަރު ސަރުކާރު
ކުނި
23 January 2018
ކުނި އެކަމަކު ތިރިއަށް އަމިއްލަ އަށް ގެންދަން ޖެހެނީ !!