ޕަންޖާބުގެ ޗީފް މިނިސްޓަރު ޝެހްބާޒް ޝަރީފް (ކ) އާއި ޒައިނަބް ފާތިމާ އަމީންގެ ބައްޕަ އަންސާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
24 ޖެނުއަރީ 2018 - 11:57
އިސްލާމްއާބާދު (ޖެނުއަރީ 24) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޒައިނަބް އަންސާރީގެ ބައްޕަ ބޭނުން ވަނީ ގާތިލް އާއްމުންގެ ތެރޭގައި ދަންޖައްސަން ކަމަށް ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޝަހުބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޒައިނަބުގެ ގާތިލަަށް ދޭނެ އަދަބެއް ނިންމާނީ ކޯޓުން ކަމަށެވެ.
އުމުރުން ހަތް އަހަރުގެ ޒައިނަބް ރޭޕްކޮށް މަރާލި ކަމަށް ވަނީ، އިއްޔެ ހައްޔަރު ކުރި މުހައްމަދު އިމްރާން އެއްބަސްވެފައި ކަމަށް ޝެހްބާޒް ވިދާޅުވި އެވެ.
ޒައިނަބް މަރާލި ކަމަށް އެއްބަސްވި 24 އަހަރުގެ މުހައްމަދު އިމްރާން.
"އެއީ އުމުރުން 24 އަހަރުގެ މީހެއް. އޭނާ އަކީ މީހުން މަރާ މީހެއް. ޕޮލިގްރާފް ޓެސްޓެއްގައި އޭނާ ވަނީ ހުރިހާ ކުށަކަށް އެއްބަސްވެފައި. އެ ޓެސްޓް ހެދީ ޒައިނަބުގެ ހަށިގަނޑުން ނެގި ސާމްޕަލާ އޭނާގެ ޑީއެންއޭ ދިމާވުމުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެހްބާޒް ވިދާޅުވި އެވެ.
ޝެހްބާޒްއާ އެކު ޒައިނަބުގެ ބައްޕަ އަންސާރީ ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ. ޒައިނަބުގެ ގާތިލް އަކީ އެ އާއިލާއާ ގުޅުން އޮންނަ މީހެއް ކަމަށް ޖިއޯ ނިއުސް އިން ބުނި ނަމަވެސް އަންސާރީ ބުނީ އެއީ އެ އާއިލާއާ ގުޅުމެއް ހުރި މީހެއް ނޫން ކަމަށެވެ.
ޒައިނަބް ގެއްލިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ކުއްޖާ މަރާލަފައި އޮއްވާ ފެނިފައި ވަނީ މި މަހު 9 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިެެއިންސާފް
24 January 2018
އެއްބުރި ވަޅުލާފަ ކުދިހިލާންތަޅާ މަރަންވީ
ތުނިޔަ
24 January 2018
ހަމަ ދަންޖައްސަންވީ! ތިމީހާގަނޑު ފެނުނަސް ލޭކެކޭ.
ރުޅި
24 January 2018
ނުބައިމީހެއް. މަރާލާ
ހަސަނު.
24 January 2018
އިރާނުގައި ހަދާހެން ގްރައުންޑެއްގައި އެންމެނަށް ފެންނާނެހެން ކަރު ބުރިކޮށްލަންވީ.