ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ކުލާހެއް: އެ ގައުމަކީ ތައުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ގައުމެއް.
24 ޖެނުއަރީ 2018 - 19:34
ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" އެއް މާލެ އާއި ހުޅުމާލޭގައި ހުޅުވުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތައްޔާރުވެއްޖެ އެވެ.
އަލަށް ހުޅުވަން ތައްޔާރުވެފައިވާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ އެ ގައުމުގެ މަޝްހޫރު ޖޭވާސްކީލާ ޔުނިވާސިޓީގެ ދަށުން ހިންގަމުން އަންނަ އެޑުކްލަސްޓާ ފިންލޭންޑް ހިންގާ ސްކޫލެކެވެ. މި ސްކޫލް ރާއްޖޭގައި ހިންގާނީ އައިލެންޑާސްގެ ދަށުން ހިންގަމުން އަންްނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖޭގައި ހުޅުވުމަށް އެ ދެ ކުންފުނިން ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެކަން ރަސްމީކޮށް އިއުލާނު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ގަތަރުގައި ހިންގަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ކުލާހެއް.
ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސްގެ ކާމިޔާބީއާ އެކު ދިވެހިންގެ އިތުބާރު ހޯދާފައިވާ އައިލެެންޑާސް އިން އަލަށް ހުޅުވާ ސްކޫލަކީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑްގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލަށް ވެގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޑުކްލަސްޓާ ފިންލޭންޑަކީ، އެ ގައުމުގެ ތައުލީމު އެހެން ގައުމުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފިންލޭންޑް އެކްސްޕޯޓް އެޖެންސީ (ފިންއެކްސްޕޯ) އިން މެންޑޭޓް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި، އެ ގައުމުގެ ޝާހީ އާއިލާގެ އިތުރުން ސަރުކާރާ ގުޅިގެން އިންޓަނޭޝަނަލް ސްކޫލެއް ހިންގަމުންނެވެ.
އައިލެންޑާސް އިން މާލޭގައި ހިންގަމުން އަންނަ ބިލަބޮންގް ހައިގެ ދަރިވަރުން ތަކެއް: އެ ސްކޫލުގެ ދަރިވަރުން އަންނަނީ ރާއްޖޭގެ އިތުރުން ބޭރުގެ ފާހަގަ ކޮށްލެވޭ ވަނަތައް ހޯދަމުން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވަނީ ފިންލޭންޑް އިންޓަނޭޝަނަލްގެ ދެ ވަނަ ސްކޫލެވެ. އަދި މިއީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑް އިންޓަނޭޝަނަލް ފުރަތަމަ ސްކޫލެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެއް ރާއްޖެ އަށް ތައާރަފް ކުރަން ތައްޔާރުވާއިރު، އެ ގައުމުގެ އެޑިއުކޭޝަން ސިސްޓަމް ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ފިންލޭންޑުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވުރެ ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރޭ
25 January 2018
މައްސަލައަކީ ހުރިހާ ތިކަހަަލަ ކަަންކަން ވަނީ ހަމައެކަނި މާލެއަށް އެކަނިކަން.
ޖޭމްސް
25 January 2018
ހުޅުމާލޭގައި ތި ސްކޫލް ހުޅުވޭ ޙަބަރު މިދިޔަ އަހަރުއް ސުރެ އިވޭ...އެކަމާ ވަރަށް އުފާވޭ..ހުޅުމާލެއަށް ރަނގަޅު އިންޓަނޭޝަނަލް ސޮކޫލެއް އިންތިހާއަށް ބޭނުންވޭ...ދެން ފިންލަންޑުގެ ނަން ގެނެސް ތިޔަ އައިލެނޑަރޒް އިްނވެސް 1 އަހަރު ފަހުން އަމިއްލައަށް ހިންގަން ގަސްތުކުރަންޏާ ނުފެށުން ރަނގަޅީ..ހުޅުމާލޭގައި އަހަރުމެން މިހާރުވެސް "އިންޓަނޭޝަނަލް" ބްރޭންޑެއް ތަހައްމަލު ކުރަން އެބަ
ވޭސްޓް
25 January 2018
މިހާރު މީހުން ސާރވޭއެއް ހަދާލަންފެނޭ. ބިލަބޮންގ ގައި މިއަހަރު ކިޔެވުން ފެށުނު އިރު ކިހާ ޓީޗަރުނެއް ތިބިތޯ، ސްކޫލްގެ އެއްވެސް ޕްރޮޖެޓަރެއް ވެސް މަސައްކަތް ކުރޭތޯ. 10 އަހަރު ވާއިރު ކުރިއެރުން ލިބުނީ ހަމައެކަނި ފީ އަށް. ޢެހެން ކަންކަން ކޮންމެ އަހަރަކުވެސް ރަނގަޅު ކުރަން ހުސް ވަޢުދު ވަނީ. ގިނަ ތަންތަން ހުޅުވުމަކީ ކާމިޔާބެއް ނޫން. ރަނގަޅު ސާރވިސް އެއް ދެވިގެން ކާމިޔާބު ވުން ކިޔޭނީ.
ނުއުމާން
25 January 2018
ޕޮރްޖެކްޓަރެއްވެސް މަސައްކަތެއްނުކުރޭ؟ ތިދެން ޖައްސާލިޔަސް ތެދެއްނޫންކަން އިގޭ. އެތަނައް ދަރިންފޮނުވާމީހުނައް އިގޭނެ އެތަނުގެ ހުރި ކަމުދާ ކަންތަކާ ކަމުނުދާ ކަންތައް. ބިލަބޮންގްވެސް ރަގަޅު ކުރަން މަސްއްކަތްކުރޭ. މުޅިޔަކުން ގޯހެއްނޫން. ރާއްޖޭގަ ކިތައްމެ މޮޅު ސްކޫލެއް ހުޅުވިޔަސް އެތަނެއް ކަމުނުދާނެ މީހުން އުޅޭނެ. މީދިވެހިން ވިއްޔާ!
ޙަސަން
25 January 2018
މީކިހިނެއް ވާކަމެއް ބިލަބޮންގ ވެސް ފިންލޭންޑުން ހިންގަނީ ދެން ކިހިނެއް ފުރަތަމަ ދެން ކިހިނެއް މީފުރަތަމަ އައް ތިވީ!!!!
ބީރުބޮލު
25 January 2018
ވަރައްވެސް އުފާވެރި ހަބަރެއް. ޢައިލެންޑާސް ސާބިތުކަންމަތީ ކުރިއައްދާނެ ކަމައްހީކުރަން.
ހާމިދު ދާއީ
25 January 2018
މިފަހަރު ރިޕްރޮޑަކްޓިވް ހެލތް ކިޔަވައި ދޭނީ ކިހިނެތްބާ!
ހެހެ
25 January 2018
ލައިވް ކޮށް ކިޔަވައިދޭނީ
ޙުސޭނުބޭ
24 January 2018
މަހުފީ 10000 އަށްވުރެ ކުޑަނުވާނެ ކަމަށް ބެލެވޭ. ބިލަބޮންގވެސް އިންޓަރނޭޝަނަލްވީމަ އެހެން.
ސޮކްތެރެޕީ
24 January 2018
މިނިވަން ހިޔާލޭކިޔާފަ ދީނައްފުރަސްސާރަ ކުރީމަ ކިހިނެއެވަނީ އެއަކީ މިނިވަން ހިޔާލެއްނުން.
ހނނނ
24 January 2018
ފިންލޭންޑުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވުރެ ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކިހިނެއް މިނާފަ ލިޔެފަ؟ ރިފެރެންސް ލިޔުއްވުން މުހިއްމު.
ބާބިލް
25 January 2018
އެއީ ޖެނެރަލް ނޮލެޖް. ރިފަރެންސް ލިޔާވަރަށްވުރެ އާމު މައުލޫމާތު. ބަލަގަ ނޫސް ތިކިޔަނީ އަލަށްތަ! ޙައިރާން!!
ނޫހު
25 January 2018
ފިންލޭންޑް އަކީ އެގައުމުތަކައް ވުރެ ސުކޫލިންގް ސިސްޓަމް ކުރިއަރާފަ އޮތްގައުމެއް. މީ ވަރައް އާއްމު މައުލޫމަަތެއް. ގޫގުލް ކޮއްލިޔަސް މައުލުމާތް ފެނިދާނެ. ޔޫޓިޔުބްގަ ޑޮކިއުމެންޓްރީ އެއްވެސް ފެނިދާނެ. ޢެގައުމުގެ ޓީޗަރުންނަކީ އެގައުމުގާ މީހުން އެންމެ މިހުން އިހްތިރާމް ކުރާ އެއްބަޔެއް.
ޙަސަން އަޙްމަދު
25 January 2018
ބައެއް މީހުން ހީކުރަނީ ދުނިޔޭގަ ހުރިހާކަމެއް އެންމެ މޮޅީ އިނގިރޭސި ވިލާތާ އެމެރިކާގަ ކަމަށް. އެ ވަރިހަމަ ރިހާކުރު ކެއްކުން ވިޔަސް
ެަގގހ
24 January 2018
މިނިވަން ހިޔާލު މަނާ ގައުމެއްގައި ކުރާނެ ފައިދާއެއް ނެތް!!!