ރާއްޖެއިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި: އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 16 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައި ---މިހާރު ފޮޓޯ/ހުސައިން ވަހީދު
24 ޖެނުއަރީ 2018 - 22:34
ރާއްޖެއިން މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއެކު 15 ކުންފުންޏަކަށް ދީފި އެވެ.
އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި އިސްލާމިކް އެފެއާޒް މިނިސްޓްރީ އަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ދިނީ އަމިއްލަ 15 ކުންފުންޏަކަށެވެ.
އެއީ:
1- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ
2- ޒައީ ގްރޫޕް
3- ތައިސީރު ޓްރެވަލް އެންޑް ޓްރޭޑް
4- އަލް މަނާސިކް ގްރޫޕް
5- އަލްއައިން ޓްރެވަލްސް އެންޑް ޓުއާސް
6- މުސާފިރީން
7- ތަޒްކިޔާ
8- ޓްރެވް މޯލްޑިވްސް
9- އަސްކޮއި
10- ސިސިލްފަރު ހައްޖު އެންޑް އުމްރާ
11- ދަރުމަ ލިލް ހައްޖި ވަލް އުމްރަތި
12- ނަވާ ހައްޖު އެންޑް އުމްރާ
13- ނިމްސާ މޯލްޑިވްސް
14- ހިޖާޒް ޕްރައިވެޓް ލިމިޓެޑް
15- އެކްރޯ ޕްރައިވެޓް ލިމިޓެޑް
މި ކުންފުނިތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކަށް ފަހު އިތުރު ކުންފުންޏަކަށް ވެސް މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ. އިތުރު ކުންފުންޏަކަށް ހުއްދަ ދީފި ނަމަ އެކަން އިއުލާން ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޖީ
25 January 2018
ޙައްޖު ކޯޕަރޭޝަންގެ ފައިސާގެ މައްސަލައެއް އޭސީސީއިން ބަލަމުން ދަނިކޮށް ހުއްދަ ދިނީ ކޮން އުސޫލަކުންކަން ބުނެދީފާނަންތޯ.