29 ޖެނުއަރީ 2018 - 12:28
ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑް މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 3،000 ޑޮލަރު (46،260ރ) ދޭން ނިންމައިފި އެވެ.
އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ 47 ކޮޓަރީގެ ރިސޯޓުގައި ގާތްގަނޑަކަށް 350 މުވައްޒަފުން މަސައްކަތްކުރެ އެވެ. އެހެންކަމުން ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓަށް މި މަހު ގާތްގަނޑަކަށް މިލިއަން ޑޮލަރު އެވަނީ ލިބިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެސް ވެލާގެ ކޮންމެ މުވައްޒަފަކަށް 1،300 ޑޮލަރު ލިބުނެވެ.
އެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ ތެރޭގައި އެތަން އަބަދުވެސް ހިމެނޭ ކަމަށެވެ. މިފަހަރު ސާވިސް ޗާޖުގެ ގޮތުގައި ދޭނެ މިންވަރު މުޅިން ފައިނަލް ނުވި ނަމަވެސް މިހާރު ވެސް 2،940 ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދޭނެ މިންވަރު މިއަދު މުޅިން ފައިނަލްވާއިރު 3،000 ޑޮލަރަށް ވުރެ ބޮޑުވާނެ. ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ރެކޯޑް މިންވަރެއް މިފަހަރު ވެސް ބަހާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ރިސޯޓުގެ މަހެއްގެ އެވްރެޖް ސާވިސް ޗާޖު އުޅެނީ 1،000 ޑޮލަރަށް ވުރެ މަތީގަ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ވެލާގެ އިތުރުން ދެވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހަނީ ދުނިޔޭގެ މަޝްހޫރު ކުންފުނި، ފޯ ސީޒަން ރިސޯޓްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުންނެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ފޯ ސީޒަން ކުޑަ ހުރާ އާއި ފޯސީޒަން ލަނޑާގިރާވަރު އަދި ވޯވަށް ޕްރައިވެޓް އައިލެންޑެވެ.
އެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގާތްގަނޑަކަށް 550 މުވައްޒަފުންނަށް މިފަހަރު ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މީހަކަށް 2،351 ޑޮލަރު (36،252ރ.) ދޭން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން އެވްރެޖްކޮށް ކޮންމެ މަހަކު 900 ޑޮލަރު ސާވިސްޗާޖުގެ ގޮތުގައި ދެ އެވެ.
"ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ތެރެއިން މިފަހަރު އެންމެ ބޮޑު އަދަދެއް ނިސްބަތުން ބަހަނީ މި ކުންފުނިން. މިއީ މީގެ ކުރިން ސާވިސްޗާޖުގެ ގޮތުގައި ބެހި މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ.
މިމަހު ހަތަރުވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި ބަހަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2،351 ޑޮލަރު (36،252ރ) ބަހަން ނިންމާފައިވެ އެވެ.
ދެހާސް ޑޮލަރަށްވުރެ މަތިން ސާވިސްޗާޖު ބަހާ ރިސޯޓުތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި ބަހަނީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލް އިން ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރެޖިސް އިންނެވެ. އެ ރިސޯޓުން ވެސް މިފަހަރު ސާވިސްޗާޖުގެ ގޮތުގަައި ކޮންމެ މުވައްޒަފަކަށް 2،257 ޑޮލަރު (34،802ރ) ދޭން ނިންމާފައިވެ އެވެ.
އެ ފަސް ރިސޯޓުގެ އިތުރުން އެހެން އެހެން ރިސޯޓަކުން ސާވިސްޗާޖުގެ ގޮތުގައި ބަހާ އަދަދު އުޅެނީ 2،000 ޑޮލަރުން ދަށުގަ އެވެ. އެގޮތުން 2،000 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަދަދެއް ހަ ރިސޯޓަކުން މިފަހަރު ބަހަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
03 May 2018
ކޮބާތަ ދިވެހިން ހިންގާ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖަކީ؟
ކެެރަފާ
31 January 2018
މި ޤަަޢުމުގައި އެންމެ ނިކަމެތިކޮށް އާންމުދަނީ ލިބެނީ ސިފައިންނަށް
އިރުދަށުން
31 January 2018
ވެލާ އަކީ ނަމޫނާ ރެސޯޓެއް މިއީ ރާއްޖޭގައި އަންބޮނޑި ބޮޑުކުރަން ރިސޯޓު ހިންގާ މީހުންނަށް ނަމޫނާއެއް
އަލީޝާކިރު
31 January 2018
ކޮބައިބާ އެއްކަލަ ދީލތިވަށޭ މުއްބާރު ނުކުރާށޭ ކިޔާ ފަތުވާ ނެރޭސިޔާމު ހަމަގައިމުވެސް 1500 ސަތޭކަ ދިވެހިރުފިޔާ އައްވުރެ ބޮޑުއެއްޗެއް ނުދޭނެ މުވައްޒަފަކައް ސާވިސްޗާޖަަކައް ބޭރު ކުންފުނިތައް ދިވެހިންންނައް މާރަނގަޅު ދިވެހި އޯނަރުން ސަރުކާރައް ވަރައްޕުރަސަރު ކުރޭ މިވަރައް ނުދޭށޭ ކިޔާ މިކަން ހުއްޓުވަން ބޭނުންވަނީ އަޅުވެތިކޮއް ހަމަފައި މައްޗައް ޒުވާނުން އެރިޔަނުދޭން ކޮބާ ރިސޯޓު ހިއސާ ނުދޭ މީއެކަމުގެ ހެކި
ދީމާހު
30 January 2018
ދިވެއްސަކު ހިންގާ ރަށަކުން ނުވަތަ ދިވެއްސަކު ވައިއެޅޭ ތަނަކުންވެސް ދިވެހި މުވައްޒަފަކަށް ނުލިބޭނެ ތިޔަ ފަދަ ފައިސާއެއް. ދިވެހި މަހުޖަނުން ދެކޭނީ މުވައްޒަފުންނަކީ އެމީހުންގެ އަޅުންގެ ގޮތުގައި. މިއީ އެޓިޓިޔުޑްގެ މައްސަލައެއް ދިވެހިންގެ ކިބައިގައި އަށަގެންފައިހުރި
ކަލޯ
29 January 2018
ހަމަ ނޭނގިގެންތަ ތިއަހާލީ. ސާވިސްޗާޖުން ޓެކުސް ނަގަންފެށިތާ ކޮންޒަމާނެއް.
މުހަނަްމާ.
29 January 2018
ރައްޔިތުން ދެކެ ނުހަނު ލޯބިން ރެޔާދުވާލު ރައްޔިތުންގެ ޙައްގު ހޯދައިދޭން އުޅުއްވާ ދެބޭފުޅުންނާއި، ކޮލިގޭ ބޭފުޅުން ހިންގާ ރެސޯޓް ތަކުން ދެއްވަނީ މަހަކު 200 ޑޮލަރަށް ވުރެންވެސް މަދުންކަން ނުހަނު ހިތާމަޔާ އެކު ދަންނަވަން.
ބިދޭސީ އެޖެންޓް
29 January 2018
ދިވެހިންނަކީ މިއީ ދެން ވަރަށް ހެއްވާބަޔެއް. ބިދޭސީ މީހުން ކޮންމެ މީހަކުވެސް ގެންނާނީ.ގެނެސް ޖެހޭނެ ވިސާ ލާރި ދައްކަން. ޑިޕޮސިޓްފީ ދައްކަން. ޢިންށުއަރެންސް ފީ ދައްކަން. މެޑިކަލްފައިސާ ދައްކަން.މިހެން ގޮސް އެމީހާ ގެނެސް އޮފީސްގޮނޑީގައި ބެއިންދޭއިރު 7000ވަރަކަށް ރުފިޔާ ހަރަދުވާނެ. ޢަދި ކޮބާތަ ބޮޑުމުސާރަ ޑޮލަރުން ދީފަ ހުންނާނެ އަގުބޮޑުތަންދީފަ ފޯނުބިލް ދައްކަދީފަ ނުވީތާކަށް ޗުއްޓީއަށް ދާންވީމަ 8000ރުފިޔާއަށް ޓިކެޓް ދޭނެ. ގައިމު އަހަރަކަށް ބަލާއިރު މިއީކުޑަ އެއްޗެއްވެސް ނޫން.ކުޑަ ކަމެއްވެސް ނޫން. ޢެކަމަކު މިބުނި ވަޒީފާއަށް ދިވެއްސެއް ނަގަންޏާ ބުނާނެ ފެށޭމުސާރަ 9000 އޭ.ބުނާނެ ބޭރު މީހުން އަންނަނީ އެމީހުން ގެ އާއިލާ ދޫކޮށްފައޭ.ޢެހެންވެ އެ މީހުން ކަންތަކަށް ޑިމާންޑްކުރިޔަސް އޯކޭ.އެކަމް ގިނަ ފަހަރު ދިވެހިންވެސް އުޅެނީ އާއިލާދޫކޮށް މާލޭގައި ނުވަތަ ކުއްޔަށް.ލިބޭ ކުޑަމުސާރައިންއެބަޖެހޭ 7000 ދީފަވެސް ރަށަށްދާން.މިހުރިހާހަރަދެއް ބޭރުމީހުންނަށް ނުކޮށް ދިވެހިންނަށް ރަގަޅު އެއްޗެއްދީގެން ގެންގުޅޭނަމައޭ
ބާޒާރު
30 January 2018
ހަގީގަތުގަ ރަނގަޅު މުައައްޒަފުންނައް ހަމަރަނގަޅައް ކަންތައްކުރަނީ
ނުކުރަމޭ
29 January 2018
ރިސޯރޓް ތަކުން ސާރވިސް ޗާރޖް ދޭން ޖެހޭތޭ ސާރވިސް ޗާރޖް ނަގަން ޖެހޭތޭ އެއީ މަމެން ކުރާ ސުވާލަކީ. ދެން އެމެންނަށް މުސާރަ އާއި އޯޓީ ދެނީ އެއީ ކިއެއް ކުރަންތޭ. ތީ ވަރަށް ތާކުން ތާކު ނުޖެހޭ ގެސްޓުން ފެލާ ސިސްޓަމެކެވެ. ރިސޯރޓްސް ތަކުގެ ސާރވިސް އެހާ ރަނގަޅު ކަމަށް މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަމޭ.
1234
29 January 2018
2018 ގެ ކެންޕޭނުގައި ކިޔާނެ ވަރަށް ދިގު ލިސްޓެއް. އޭގަ އޮންނަނީ ދިވެހިންނަށް ވަޒީފާތައއ ދޭނެ ވާހަކަ. އެކަމް 5 އަހަރު ނިމޭއިރު 80 ޕަސެންޓް ވަޒީފާ ލިބޭނީ ބިދޭސީންނަށް.