އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ބައެއް ފަނޑިޔާރުން ހަފުލާއެއްގައި.
02 ފެބުރުއަރީ 2018 - 02:10
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒު ކުރުމުގެ ކުރިން އެއީ، ސައްހަ އަމުރެއްތޯ ބަލަން ޖެހޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.
މި އަމުރުތަކާ ގުޅިގެން، ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އާއި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވަނީ ރައްޔިތުންނަށް، ސަރުކާރުގެ މެސެޖް ފޯރުކޮށްދެއްވައިފަ އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، ސަރުކާރުން ވިސްނަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސައްހަ އަމުރެއްތޯ މިހާރު އަންނަނީ ބަލަމުންނެވެ.
"އަމުރުގައި ހިމެނޭ ގިނަ ކަންތައް އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް ރައްދުވާ ކަންކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަކަށް އެ ހުކުމާ ބެހޭ ސައްހަ ކަމެއް ނޭނގޭ،" އަނިލް ވިދާޅުވި އެވެ.
މި ހުކުމާއެކު އިދިކޮޅު ފަރާތްތަކުން އުފާފާޅުކުރަމުން އަންނާތީ އެކަމަށް އިޝާރާތް ކުރައްވައި ޑިފެންސް މިނިސްޓަރު ވަނީ، ގާނޫނީ އިމުގެ ތެރޭގައި އެންމެން ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ގައުމު ސުލްހަމަސަލަސްކަން ނަގާނުލުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން އަރީފް މަގާމުން ވަކިކުރިކަން އިއުލާންކުރީ ވެސް މި ޕްރެސް ކޮންފަރެންސްގަ އެވެ.
އަނިލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުތަކާ ގުޅިގެން، އަރީފަށް ގުޅުއްވޭތޯ ރައީސް އަބްދުﷲ ޔާމީން ވަރަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން، މަގާމުން ވަކިކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ މިހާރު ހިންގެވުން ހަވާލުކޮށްފައި ވަނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
falaku ain
02 February 2018
ބައްވާ ބަންޑާރަ ނައިބާއި، ޑިފެންސް މިނިސްޓަރާއި ހޯމްމިނިސްޓަރޫ. ތިބޭފުޅުންތޯ މިހާރު ސްޕްރީމް ކޯޓުގެ އަމުރުގެ ޞައްޙަ ކަމާމެދު ސުއާލު ތިއުފައްދަނީ؟ އެއީ ކޮން ހައިސިއްޔަތަކުންތޯ ތި ސުއާލު އުފައްދަވަނީ؟ ޤާނޫނު އަސާސީގައި ދައުލަތުގެ ތިންބާރުކަމަށް ބަޔާންކޮށްފައި އޮތް ބާރުގެ ތެރެއިން ކަމެއްގެ ޤާނޫނީ ޞިއްޙަކަމާމެދު އެންމެ ފަހުބަސް އިއްވާ ފަރާތުންނޭ އެއަންގަނީ ޤާނޫނީ ހަމަތަކުންނޫނޭ ދިވެހިރައްޔިތުން މިހާރު ހައްޔަރުކޮށްގެން ތިއުޅެނީ. އަދި މަޖިލީހުގެ މެމްބަރުންނަށް ހުރަސްއަޅައި އެމީހުންގެ މަސްއޫލިއްޔަތު އަދާކުރިޔަނުދީ ތިހިފަހައްޓަނީ. ކާނަލް ނާޒިމު ހައްޔަރުކޮށް ތަޙުގީގު ފުރިހަމަ ނުކޮށް އޭނާ ޖަލަށް ލައިގެންވެސް ތިއުޅެނީ ޤާނޫނީ ހަމަތަކާ ޚިލާފަށޭ ފަހުބަސް އިއްވާ ކޯޓުން އެންގީ ކާނަލް ނާޒިމުގެ މައްޗަށް އިއްވި ޙުކުމުގެ ޞައްޙަކަން ބަންޑާރަ ނައިބު ނުބަލައި ގަދަބަސް އިއްވާތީ އެކަން އެގޮތަށް ދެން ނުކުރެވޭނެޔޭ ފަހުބަސް އިއްވާ ކޯޓުން އެންގީ. ބަންޑާރައިގެ ބޯ އެބަހުރިތަ؟
ޢަހުމަދު
02 February 2018
ދަންވަރު ސުޕްރިމްކޯޓަށް ވަންނަމީހަކު ހުކުމް ސައްހަކަން ނޭނގި 24 ގަޑިއިރުވެގެން ނުވާނެ.
އެޑްމުންޑޯ
02 February 2018
ކޮންމެވެސް.ކުއްޖަކު ބުނަދީބަލަ ، ތިބުނާ އަމުރުގައި ސަރީހަ އިބާރާތުން ދޫކޮއްލަން އެބައިންތަލިއެފައި ، ކިޔާ އަޑުއިވެނީ އޭގައިވަނީ އަލުން މައްސަލަ ބަލާށޭ
ބޮޑުކަކުނި
02 February 2018
މިއޮތް ހުރިހާދުވަހު ގަތް ސަކަރާތުގައި އެއްޗެއް ސައްޙަތޯ ބަލާކަށް ނުޖެހުނު. ޙަމަ ކުއްލިޔަކަށް މިއަދު 5 ފަނޑިތާރުންނަކީ ގަމާރުންކަމަށް ހަދައިފި.
ޙުސެން
02 February 2018
ސުޕްރިމްކޯޓުގެ އަމުރު ނޭނގެއޭބުނެ މަލާމާތް ނުކޮށް އޭޖީ މިހިންގާ ނުބައި އަމަލު ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް. ރައީސް މަގާމުން ދުރުކުރަން ޖެހޭ.
ބަރުބާަދު
02 February 2018
ސްޕްރީމްކޯޓުގެ އަމުރު ސައްހަކަން ބަލަނީ ރައީސް އޮފީހުންތޯ؟. އެހެންވީމަ ފަހުބަސްބުނާފަރާތަކީ ރައީސް އޮފީސްތާ؟.
ޢަބްދުﷲނާފިޒު
02 February 2018
ސުޕްރީމް ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގެ ކުރިން ސައްހަތޯ ބަލަން ޖެހޭ: ސަރުކާރު، އެހެން ދެއްތޮ! ސުުޕްރީމް ކޯޓުން ކުރާ ހުކުމާ އަމުރަކީ ސައްހަ އެއްޗެއްތޯ ބަލާފަ ނޫނީ އެ އަމުރަށް އަމަލު ނުކުރުމަށް ޤާނޫނުގަ އޮވޭ ދެއްތޮ، އެހެންވީމަ ސުޕްރީމް ކޯޓު އެއީ، އެވިދާޅުވާ ގޮތަށް ފަހުބަސް ބުނާ ފަރާތެއް ނޫންތާ، ސުޕްރީމް ކޯޓަށްވުރެވެސް މަތީގަ ކޮންމެވެސް މުއައްސަސާއެއް އޮންނަނީތާ! އެއީ އަނެއްކާ ގުއިރޯނު ފެލްޝަންބާ! މަޖަ ކަންތައް ކުރާ ބައެއް އުތަ.
ރަބަރު
02 February 2018
ބަލަ ނުލަފާ މީހުނޭ. ކޮންމެ ގައުމެއްގައި ކޮންމެ އަރައިރުމެއްގައި އެންމެ ފަހުބަސް ބުނަނީ ޝަރުޢީކޯޓުންނެވެ. ޚާއްސަކޮށް އެތނެއްގެ އެންމެ މަތީ ކޯޓުންނެވެ. ދެން އަނީލް އާ ޔާމީނާ ތިބަލަން އުޅެނީ ކޯޗެއްތަ؟
އައިއެފް
02 February 2018
ރައީސް ޔާމީނުގެ ބަހާއި އަމަލު ދިމާނުވެ ފަހަތު ފަޔަށް ބުރަވެފައި. ފުލުހުންކާރީ މިބުނަނީ "ކޯޓަކުން އަމުރެއް ލިބުމުން އެއަމުރާމެދު ސުވާލުނުއުފައްދާ ތަންފީޒު ކުރަންޖެހޭ ބަޔެކެވެ." ދެން ކީއްވެތޯ މިފަހަރު ފުލުހުންނަށް އަމުރު ނުކުރީ ވަގުތުން ތަންފީޒުކުރަން. އަދި ވިދާޅުވި. "ތިމަންމަނިކްފާނަކީ ކޯޓަކުން ކުރާ ހުކުމުތަކާއި އަމުރުތަކުގެ ޞައްހަކަން ނޫނީ ނުޞައްހަކަން ބެލޭނެ ފަރާތެއް ނޫނެ. އެއީ މިނިވަން ބަޔެކެވެ. އަދި އެކަން ކުރާކަށް ޝައުގެއްވެސް ނެތެ." މިއީ އިހަކަށް ދުވަހު ވިދާޅުވި ވާހަކަފުޅުތައް. އެޖީ އަނިލް އެހުރީ ކުށްވެރިވެފައި.
falaku ain
02 February 2018
ސްޕްރީމް ކޯޓުން ދެންނެރޭނެ އަމުރެއްކަމަށް މަށަށް ބެލެވެނީ އަނިލްއާއި އާދަންޝަރީފާއި އަޒްލީން ހައްޔަރުކުރަން. އެންމެ ފަހުބަސް އިއްވާ ކޯޓަށް ގޮންޖަހަމުން ދުވާކަން ދެން ރައްޔިތުން ފުރުޞަތެއް ނުދޭނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
02 February 2018
އެންމެފަހުން “އެކަން” ކޮށްފި..!! ދިއުޅި ދަންމަން އުޅުނުވަރަކަށް ވާނީ ގޯސް. ފާޓް ފުޅާނުކޮށް ޤާނޫނަށް ބޯލަބާ. އެހެން ނޫންނަމަ ދެންޖެހޭނީ ދުނިޔެއާއި ކުރިމަތިލައްވަން. ތާހިރެއްނުވާނެ