މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ނިއުގެ ސެންޓޭ (ކ) ޓީސީގެ މާޒިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ފެބުރުއަރީ 2018 - 09:46
ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅެން ހަމަޖެހިފައި އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި އެވެ.
ސަރުކާރުން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ރޭ އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީޒަން އޮޕެނިން (ޗެރިޓީ ޝީލްޑް) މެޗު ދިވެހި ރާއްޖެ އަށް ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށެވެ.
މި ފަހަރުގެ ޝީލްޑް މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ އަށް ޝީލްޑް މެޗުގެ ފުރުސަތު ލިބުނީ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ވާދަކޮށްފައިވުމުންނެވެ. އެ މުބާރާތުގެ ޗެމްޕިއަނަކީ ނިއު އެވެ.
ސަރުކާރުން ކުއްލި ހާލަތު 15 ދުވަހަށް އިއުލާން ކޮށްފައިވާއިރު، އަންނަ ހަފްތާގެ އަންގާރަ ދުވަހު އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ޓީސީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ވާދަކުރާނެ އެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން އިންޑިއާ އިން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފަ އެވެ.
އެފްއޭއެމުން 2009 ވަނަ އަހަރުން ފެށިގެން ކުރީގެ ކަޕް ވިނާސް ކަޕްގެ ބަދަލުގައި ސީޒަން ހުޅުވުމުގެ ގޮތުން ބާއްވާ ޗެރިޓީ ޝީލްޑް އެންމެ ގިނައިން އުފުލާލައިފައިވަނީ ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އެވެ. މި ދެ ޓީމު ވަނީ ތިން ފަހަރު ޝީލްޑް ހޯދައިފަ އެވެ. ނިއު އިން ދެ ފަހަރު ޝީލްޑް ކާމިޔާބުކުރިއިރު، ވެލެންސިއާ އިން ވަނީ އެއް ފަހަރު ޝީލްޑް ހޯދައިފަ އެވެ. މިދިޔަ އަހަރު މާޒިޔާ އިން ޝީލްޑް އުފުލާލީ ވެލެންސިއާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
07 February 2018
އްލިހާލަތުގެ 90 ޕަސެންޓް އެވަނީ ނިމިފަ. ދެންއެބުނާ ހާލަތަކާ ފުޓުބޯޅައަކާ މާކަބޮޑު ގުޅުމެއްނުވޭ. އެހެނީ ފުޓުބޯޅަކުޅެނީ އެކަހަލަ މާހައުލެއްގައެއްވެސްނޫން. އަދި އެފަދަކަމެއް އެތަނުގާ ހިނގާފައެއްވެސްނުވޭ. ތިބުނާކަމެއްގެ ސަބަބުންނޭ ކިޔާފާ މެޗްތައް ލަސްކުރުމަކީ ރަނގަޅުކަމެއްނޫން. މިދިޔަ އަހަރުވެސް ތާވަލުކުރިގޮތާ އެއްގޮތަށް ނުދިޔައިމާ ޓީމުތަކަށް ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިވި. ދެންވެސް ޖައްސަބަލަ.
ގަމާރު
07 February 2018
ޥަރަށް ގަމާރު ނިންމުމެއް.މަޖީދީ މަގުަގަވެސް އެއްވާމީހުންމާގިނަވާނެ.
އޮންބި
07 February 2018
މެޗުލަސް ކުރި ކިތާބީ ސަބަބު ބުނެދިން ނަމަރަގަޅު. ހަމައެކަނި މުއްދަތު ނެތް ގޮތަށް ލަސްކުރީއޭ ބުނުމަކުން ނުފުދެ.
ޖެރާޑް
07 February 2018
ސިޔާސީ ކަންތަންތަކާ ކުޅިވަރާ ގުޅުވުމަކީ ބަންސާމްގެ ވަރަށް ބޮނޑް އާދަޔަކަށް ވެއްޖެ. ހަގީގަތުގަވެސް ވަރަށް ރުޅިއަތުވެއްޖެ މީނަ މިންކަން ކުރާގޮތުން. މިރޭ އެއްވުންތަށްވެސް ބޭންވި ދެފަރާތުން. އެކަމް މެޗުކުޅެވޭނެ ކަމަށް ނުވި..
ރުމާ
06 February 2018
މެޗު ކެންސަލް ކުރިޔަސް ރުމާލު 2 ޖަގަހަޔަށް ދާނެ މީހަކު ނުވާނެ.
ެޖެރާޑް
06 February 2018
ރުމާލު ދޭއް ޖަގަހާގަ މިރޭ ވަރަށްހާންސަ ޖަލްސާއެއް އޮންނަވާހަކަ އެބަ އިސްތިހާރު ކުރޭ ސޯސަލުމީޑިޔާގަަ. އެކަމް ގަލޮޅު ދަނޑްގަ މެޗެއް ނުކުޅެވޭ. މިދެން ބަޔަކު އައްތަރީސްވާވަރު ކަމެއްނު.
ފުޓްބޯލް ފޭން
06 February 2018
އާއްމު ދިރިއުޅުމުގެ ހާލަތައް ބަދަލު ނާންނަހާ ހިނދަކު މެޗެއް ކެންސަލް ކޮށްގެން ނުވާނެ. އެފް. އޭ. އެމް އަކީ ކުޅިވަރުގެ މުއައްސަސާއަކަށް ވީހިނދު މިކަހަލަ ސިޔާސީ ކަންތައްތައް މެޗަކަށް އެފެކްޓް ކުރިޔަދީގެން ނުވާނެ. ފުޓްބޯލް ކަލަންޑަރަށް ބަދަލުއައިމަ އޭގެ އުނދަގޫ ޓީމުތަކަށް ވާނެ. އޭ.އެފް.ސީ އަދި ސާފް ޗެމްޕިއަންޝިޕް މި އަހަރު އޮތް އިރު މިކަހަލަ ކަންތައް ކުރުމުގައި ތަންކޮޅެއް ޒިންމާދާރު ނިންމުން ނިންމަން ފެނޭ.
ހައިދަރު
06 February 2018
މިކަހަލަ ކޮންމެ ދަނޑިވަޅެއްގަ އެފްއޭއެމުން މި އަމަލްކުރާ ގޮތް ކަމަކުނުދޭ. ފުޓްބޯޅަ ދަނޑަަށް ކުޅިބަލަށް ވަނުމަކީ އެއްވުމެއް ކަމަށް ނުބެލެވޭނެ. ތި ގޮތަށް ވެއްޖެއްޔާ ސުކޫލްތައް ކައިރިޔަށް އެއްވާމީހުން މާގިނަވާނެ. އެކަމް ސުކޫލްތައް ބަންދެއް ނުކުރޭ.
ޓޮޓީ
06 February 2018
އޭއެފްސީ ކުޅެއް އިންޑިޔާ ޓީމްތައް އައްނާނެބާ?
ހޯރަ
06 February 2018
ކިހާބޮނޑް ގެންލުމެއް ޓީމްތަކަށް ބުނާ އޭއެފްސީ ކުޅޭ ޓީމްތަކަށް އިސްކަމެއް ދޭނަމޭ.