ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: މަހްލޫފްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވި.
06 ފެބުރުއަރީ 2018 - 11:42
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ "ބޮޑު ވަގެއް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި މައްސަލާގައި އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވަން މުއިއްޒު ނިންމަވައިފި އެވެ.
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ދިން މީހުންގެ ލިސްޓު އާއްމުކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދާފައި ވަނިކޮށް، ސޯޝަލްމީޑިއާގައި އިއްޔެ ވަނީ ލިސްޓެއް ލީކުކޮށްލައިފަ އެވެ. ފްލެޓް ދިން މީހުން ކަމަށް ބުނާ އެ ލިސްޓުގައިވާ ގޮތުން، ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވެ އެވެ.
ޝަރުތު ހަމަވެ 100 އަށް ވުރެ ގިނަ ޕޮއިންޓް ލިބުނުު މީހުން ތިއްބައި 50 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަން އެ ލިސްޓުން ހާމަވެ އެވެ. އަދި ޝަރުތުހަމަވާ މީހުން އުނިކޮށް، "މިނިސްޓަރުންގެ ލިސްޓުގައި" ހިމެނޭ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް އެ ލިސްޓުން އެނގެ އެވެ.
އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނާއި މިނިސްޓަރު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް މަހްލޫފް ވަނީ ކުރައްވައިފަ އެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައުސިން މިނިސްޓަރަކީ "ވަގެއް" ކަން އެ ލިސްޓުން ސާފުވާ ކަމަށެވެ. އެއީ، ލިސްޓު އާއްމުވުމުގެ ކުރިން ވެސް އެތައް ބަޔަކު ދެއްކި ވާހަކަތައް ކަމަށާއި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަން ވެސް މި ސަރުކާރުން ފޭރިގެންފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުނުކޮށްގެން ޝަކުވާ ހުށަހަޅުއްވަން، ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންތަކަކާ އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހްލޫފް ހައުސިން މިނިސްޓްރީގައި.
މަހްލޫފް މިގޮތަށް ވިދާޅުވުމުން ހިތްޕުޅުހަމަޖެހިވަޑައިނުގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ. އޭގެކުރިން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވަނީ، ގެދޮރުވެރިކަމުގެ މަޝްރޫއާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ ބަޣާވާތްކޮށްގެން ވެސް އިދިކޮޅު ފަރާތްތަކަށް ވެރިކަން ވައްޓާލެވޭ ގޮތް ނުވުމުން ކަމަށެވެ.
Idhikolhu faraaithakah baghaawaikoggenves verikan vattaalevey goi nuve, goi husvumun,sarukaaruge gedhoruverikamuge mashroou aabehey gothunves dhogu vaahaka fathuraa hedhumakee hairaan vaakamehnoon.
— Dr.Mohamed Muizzu (@MMuizzu) February 5, 2018
Raees Yameen akee thedhuveri ikhlaastheri veriyeh!
ފްލެޓް ލިބުނު މީހުން ކަމަށް ބުނެ ލީކުކޮށްލި ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާއްމުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންސޫރު
06 February 2018
މީނަތަ އަދިވެސް ދައުވާ ކުރަންވީ؟
ކީކޭބުނާނީ
06 February 2018
ކޮއްބަލަ
އޭރުވެސް
06 February 2018
އޭރު ކީއްވެގެންތޯ ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަމެކޭ ކިޔާފަ ލިސްޓް އާއްމު ނުކުރީ? މިޒަމާނުގައި މިކަހަލަ ކަންތައްތައް ކޮށްލަން ވަރަށް ފަސޭހަވާނެ..މުއިއްޒުގެ ވިސްނުން ދެރައީ...ރައްޔަތުންނަށް ޖަވާބްދީ.....
އަރޫ
06 February 2018
އަޅޭ... ދަޢުވާ ކުރެވޭނީ ކޯޓެއްވެސް ހުރެގެންތާ !!! މިނިސްޓަރ ޑިއަރ
ކަލޯ ވާނުވާ އިނގޭތަ
06 February 2018
މިޔަށް ކިޔަންވީ ސަދަގާތޭތަ އަޅެފަހެ. ނޫނޭ ތިޔަހެރީ ރަނގަޅަށް ޕަވަރުގެ ޖާދޫ ޖެހިފައި. އެކަމަކު ކަލޭގެ ބާރު ގެއްލޭ ދުވަހަކުން ޤާނޫނުގެެ ހުރި ވަރެއްވެސް އިހުސާސް ކޮށްލަންވާނެ. އެއީ ކަލެޔަށް އެތައްބަޔަކަށް ދިން ގެއްލުމަށް އެކަށޭނަ ބޮޑު އަދަބެއް ލިބެން ޖެހޭތީ
ފްލީތް
06 February 2018
ނުކެރޭނެ ދައުވާކުރާކަށް. ދައުވާ ކޮއްފިއްޔާ މުއިއްޒު މަޅިއަރާނެ. ކީކޭ ދައުވާގަ ކިޔާނީ؟ މަބޭނުން މީހަކަށް ދޭން ދައުލަތުން ހަވާލުކުރި ފްލެޓެކޭ؟ ތިކަމުގަ މުއިއްޒުއާ ދެކޮޅަށް ހެކިބަސްދޭން ދާނެ 839 މީހުން ވާނެ. ދެން ؟؟؟؟
ފެއިލްޑް
06 February 2018
ބޭނޫން ނޫން ގޮތަކަށް ހެކިބަސްދޭން ދާ މީހުންގެ ހެކިބަސް އަޑުއަހާނެ ގައުމެއް ނޫން މިއީ މިހާރަކު. އެމީހުން ޖެހޭނީ ޖަލަށް ދާން. ލޮލް.
ހހުސޭނުބޭ
06 February 2018
ދެން ކޮށްބަލަ އެހެންވީމަ، ދައުވާ ކުރާ ވަރަކަށް އިތުރަށް ފަޟީހަތްވާނީ. މިސަކަރާތް ޖަހަންތާ ލިސްޓް ސިއްރުކުރީ. މިއުތީ ހަމަ ޓައިމް ބޮމެއް. އަދިވެސް ކިތަންމެ ބޮމެއް އަޅާނެ
ލައްޓި
06 February 2018
މނިކުފާނު ތީގައި އެންމެރަނގަޅުުގޮތަކީ ފަޅާއެރީމާގަތްލަދުން އިސްތިއުފާދެއްވާފަ ގެއައްވަޑައިގަތުން އެއިރުން މަނިކުފާނަކީ ކެރޭ ބޭފުޅަކައްވާނެ
ކުމުންދޫ އަލީ
06 February 2018
ދައެވާ ކުރުމުގެ ހައްގެއް ނެތް، މިހާރު އޮތީ ވަގުތުން އަދަބު ދިނުން.
އައިޖޭ
06 February 2018
ރަނގަޅު ދައުވާ ކުރޭ.... ތިޔަ މިނިސްޓާ ލިސްޓް ގައި 50 ޕޮއިންޓް ލިބފައި ތިބި މީހުނަށް ފްލެޓްލިބިފައި އޮތީ..... އެއީ ރައްޔިތުންގެ ސޯސަލް ހައުސިްނގ އިން ވައްކަން ކުރުން ނޫން ކަމަށް ވާނެތަ؟؟ މަހޭ ބީ ރެޑީ ޓޫ ޕްރޫވް......