އޭސީސީގެ މެމްބަރުން: މިދިޔަ އަހަރު ބެލި މައްސަލަތަކުގއި 1.3 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ވަނީ އަންގާފައި --ފޮޓޯ: ވީމީޑިއާ
11 ފެބުރުއަރީ 2018 - 11:21
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި މައްސަލަތަކުގައި 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވާ އޭސީސީން ބުނެފި އެވެ.
އޭސީސީން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވާ 1.3 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދެވެ.
މިދިޔަ އަހަރުގެ ފަހު ހަތަރު މަހު ބެލި މައްސަލަތަކުގައި އެކަނި ވެސް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާ ކަމަށް އޭސީސީގެ އެ ހިސާބުތަކުން ދައްކަ އެވެ. އެއީ އެ މުއްދަތުގައި ބެލި ހަ މައްސަލައެއްގައި ހިމެނޭ ފައިސާ އެވެ.
ދައުލަތަށް ހޯދަން އެންގި ފައިސާގެ އަދަދު އެހާ ބޮޑުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ ހިމެނޭ ގޮތުން ކަމަށް ބެލެވެ އެވެ. އެ ޚިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުނެވެ. އެ މައްސަލަ އޭސީސީން ބަލައި ނިންމުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ އަހަރު އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ގިނަ އަދަދެއްގެ ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. އެކަމަކު އެ ޚިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް މިހާތަނަށް އަނބުރާ ލިބުނީ ނިސްބަތުން މަދު އަދަދެއްގެ ފައިސާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
11 February 2018
ތީގެ ފައިސާކޮޅެއް ޢަލީ ޙަމީދުގެ ދަބަހާއި ޙަސަން ސަޢީދު ނިދާ ގޮދަޑި ދަށުން ފެނުމުވާހަކަ އަޑުއިވުނެވެ.
ޖަމަލު
11 February 2018
ކޮބާ އެމްއެމްޕީއާރުސީގެ ރިޕޯރޓް؟
ހަޑިގިއްލާ
11 February 2018
ލުތުފީއަކަސް 'މަގެ ގައުމާ ނުކުޅެއްޗޭ'
ހާސަރު
11 February 2018
ލުތުފީމެނަށް ފުލެޓް ލިބިފަހުއްޓަސް އަޅެ ނިކަމެތިންގެ ފްލެޓްތަކަށް ހެދިގޮތް ހާމަވީމަ އަލެ ހެޔޮވާނެތަ ތިހެން އަޅާނުލާ ތިބެން!
ޝެލަރީ
11 February 2018
ގޯނި ގޯނީގައިބެހި ފައިސާގެ ހަބަރެއްނުވޭދެއްތޯ؟؟
އައްޑޫ ބެއްޔާ
11 February 2018
ބަލާދީބަލަ މިނިވަން މުޢައްސަސާތަކުގެ ވެރިންނަށް ޚައްސަ އަގެއްގައި ރެހެންދި ފްލެޓް ލިބުނުތޯ، ޢާންމުންނަށްވުރެ ކިހާ ބޮޑު ޑިސްކައުންޓެއް ލިބުނުތޯ، އެ ޑިސްކައުންޓް އަލުން ހޯދައިފިނަމަ ދައުލަތަށް ކިހާވަރެއްލިބޭނެތ؟
ހައްގަން
11 February 2018
އެންމެ ފުރަތަމަ ހޯދަންވީ ދިވެހި ފުޓުބޯޅަ ޓީމަށް ސަރުކާރުން ކުރި އިންވެސްޓްމެންޓް. އެހެންޔާ އެ އަންނަނީ ލަދުން ގޮސް ދެފައި ކައިރި ނުކުރެވޭ ވަރުގެ ނަތީޖާ ހިފައިގެން، އެންމެ ފަހަރަު ތަށި ގަނޑެއްވެސް ގެނެވުނީ. އެވެސް ދެން ލޮއިން ހަދާފަ އޮތް ތަށްޓެއް، އެވެރިންނަށް ކުރާ ހަރަދުތަށް ހުއްޓާފަ އެހެން ކުޅިވަރު ތަކަށް ހަރަދު ކުރުންވެސް މާ ރަނގަޅު. ދަޢުލަތުން ހަރަދު ނުކޮއްވެސް ވަނަ ހޯދާ ވިއްޔަ، އަދި ކުރީމަ ކިހާ ސަޅިވާނެ؟ މި ފުޓުބޯޅަ ޓީމަށް ނުވޭ އެވަރުވެސް، ހަރަދު ކުރާ އިރުވެސް
އުމަރު
11 February 2018
ރައީސް ޔާމީނު އަދީބް ހިފާ ހައްޔަރުކޮށްގެން އުޅުއްވަނީ ތިޔަ ފައިސާހޯދަންކަމަށް ވިދާޅުވި، އެހެންކަމުން ތިޔަ ފައިސާއަށްވިގޮތް އެނގޭނީ ރައީސް ޔާމީނުއަށާއި އަދީބް އަދި ޒިޔަތަށް، އެނޫން ބަޔަކަށް ނެއެނގޭނެ
ހަސަނޫ
11 February 2018
ފްލެޓް މައްސަލަ ނުބަލާތީ އެއްޗެއހި ގޮވައިގަތީމަ އެމައްސަލަ ހިތުން އޮއްބާލަން މިއަދު 1.3 ބިލިއަން ދޭން އެބައޮތޭ ދައުލަތަށް ކިޔާ ރިޕޯޓުގަނޑެއް އާއްމުތިޔަކުރީ. ތިކުޅިވަރު ނުކުޅޭވޭނެޔޭ. މިއިކީ ތިކަހަލަ މޮޔައިނެއްނޫނޭ.
ްްްގައުމީ
11 February 2018
ޢަނބުރާ ފައިސާ ހޯދަން އެންގުނީމަ ނިމުނީތަ!! ހޯދިތޯ ނުވަތަ ނޫންތޯވެސް ތިކޮމިޝަނުން ނުބަލާނެ.