ސިވިލް ސާވިސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ފެބުރުއަރީ 2018 - 15:28
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައި އިރު، ނިސްބަތުން މުސާރަ ނުވަތަ އެންމެ ބޮޑު އެލަވަންސެއް ދެނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ފުރަތަމަ ވެސް ވާހަކަ ދައްކަވަން ފެއްޓެވީ ދިވެހި ބަސް ފޮތް ހިއްޕަވައިގެން އިންނަވައި އެ ފޮތުގައި "މުސާރަ" މާނަކޮށްފައިވާ ގޮތުގެ ތަފްސީލު ދެއްވަމުންނެވެ. އެލަވަންސެއް ދިނުން ވެސް ހިމެނެނީ މުވައްޒަފުގެ މަސައްކަތުގެ އުޖޫރައިގެ ތެރޭގައި ކަމުން، އެލަވަންސެއް ދިނުން ވެސް ބެލެވޭނީ މުސާރަ ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މިގޮތަށް މާނަކޮށްދެއްވީ، އަސާސީ މުސާރަ ބޮޑުކޮށްދިނުމުގެ ބަދަލުގައި އެލަވަންސެއް ދޭން ނިންމުމުން މުވައްޒަފުން ކުރާ ޝަކުވާތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. މިއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަލަށް ދޭން ފަށާ އެލަވަންސެކެވެ.
- ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،500ރ.
- ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،300ރ.
- ޑިރެކްޓަރުންގެ މުސާރަ އަށް 1،100ރ.
- ޑެޕިއުޓީ ޑިރެކްޓަރުންނާއި ސީނިއަ ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އާއި ސީނިއަ އޮފިސަރު އަދި ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އަށް 900ރ.
- ސީނިއަ އޮފިސަރު ގްރޭޑް 2 އިން ފެށިގެން އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 އާ ހަމައަށް 700ރ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވާހަކަ ދައްކަވަނީ. --ފޮޓޯ/ހުސެއިން ވަހީދު/މިހާރު
ޝަމީމް ވިދާޅުވީ މުވައްޒަފުންގެ މުސާރަ 28 ޕަސެންޓުން 39 ޕަސެންޓާ ދެމެދަށް ބޮޑުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ސަޕޯޓް ސާވިސް ކެޓަގަރީގެ މަގާމްތަކަށް ކަމަށާއި އެ ކެޓެގަރީގެ މުސާރަ އެންމެ މަދުވެގެން ވެސް 37 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކެޓަގަރީގައި ތިބި 5،800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި މިއީ ސިވިލް ސާވިސްގެ ދަށް ފަންތީގައި ތިބި މުވައްޒަފުންގެ މުސާރަ އެންމެ ބޮޑު ކުރިއެރުމެއް އައި ފަހަރު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މި ގެނެވުނު ބަދަލުތަކާ ގުޅިގެން ސިވިލް ސާވިސްގެ އެންމެ ކުޑަ މުސާރަ ލިބޭ ރޭންކުގެ މަގާމްތަކަށް މުސާރަ އާއި ފިކްސްޑް އެލަވަންސްތަކާ އެކު ޖުމްލަ 5،300ރ. ލިބޭނެ. މިއައި ބަދަލާ ގުޅިގެން ސިވިލް ސާވިސްގެ އެންމެ ތިރި ފަންތީގެ މަގާމްތަކަށް އަހަރަކު 83.75 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސާސީ މުސާރައިގެ ބަދަލުގައި އިތުރު އެލަވަންސެއް ދޭން ނިންމީ ވެސް މުވައްޒަފުންގެ ފައިދާ އަށެވެ. އަސާސީ މުސާރަ ބޮޑުކޮށްފި ނަމަ ޕެންޝަނަށް ކަނޑަން ޖެހޭ ބައި އިތުރުވެ، ގެއަށް ގެންދަން ލިބޭ ފައިސާ މަދުވާނެތީ އެކަމަށް މުއައްސަސާތަކުން ވިސްނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
މުވައްޒަފުންގެ މުސާރަ މި ބޮޑުކުރީ، ސިވިލް ސާވަންޓުން ޝަކުވާ ކުރާތާ އެތައް އަހަރެއް ފަހުންނެވެ. ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުޖެހެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜައްޔިތުން
18 November 2019
ކޮބާ ބޮޑުކުރި މުސާރަ
އިްބަރާހީމް
12 February 2018
700 ރ އަކީ މިހާރު ގެވަޅު ކުނިކަހާލިޔަސް ލިބޭވަރު. ރިސޯޓްތަކުން ސަރވިސްޗާޖަށް 3000 ޑޮލަރު ނުވަތަ 45000ރ އެދެނީ. މީދެން ބޮޑުވަރު. 9 އަހަރު މުސާރަ ބޮޑުނުކޮށް ހުރެފަ އެންމެ 700ރ އެޑްމިން އޮފިސަރުންނަށް ބޮޑުކުރުމުން މިހުރީ ގޮތް ހުސްވެފަ. ރައީސްގެ ވާހަކަފުޅުން ވަރަށް ފޮނި އުއްމީދުގައި ދަރިފުޅަށް ކިޔަވައިދީ ޒަޒޫރީ ކަންކަން ފުއްދާލަން ފަސޭހަވާނެކަމަށް ހީކޮށް ހުއްޓައި މިލިބުނީ ބޮޑުބޭކަލުންގެ 1 އިރުގެ ސަޔަށް ނުވަތަ ކޮފީއަށް ޚަރަދުކުރާވަރުގެ ލާރިކޮޅެއް.
ޒީކް
12 February 2018
ކޮބާތަ ބޯނަސް މިއީ އަހރަކު އެއްފަހަރު ދިނުމައް ކަޑައަޅާފައިވާ އެއްޗެއް . ކޮންކަހަލަ އޮޅުވާލުމެއް . ސިވިލްސާރވަންޓުން ގުބޯ ނުހެއްދުމައް ގޮވާލަން
ދިނަށަނަކަތު07ގަދިންއެލަވަންސް
12 February 2018
ދަނޑިވަޅު ބަލާފަ މި އެޅީ ޅައިހަލަކުން މި އެލަވަންސް ދޭނީ 2018 ވޯޓުލާ ނިމެންދެން އެހެން ނޫންނަމަ މި ފައިސާ އެލަވަންސް ނަމުގަ ނުދީ މުސާރަ ފައިސާގަ ހިމަނާ މުސާރަ ބޮޑު ނުވާންވީ ކީއްވެ
އިސްތިސްނާ
12 February 2018
ބައެއް މުވައްޒަފުން އިސްތިސްނާ ކުރުމަކީ ވަރަށް ބޮޑު އަނިޔާއެއް..ވަރަށް ބޭއިންސާފުން ކުރި ފިތުނަވެރި ނިންމުމެއް.. ވިސްނާލަބަލަ މި އެލަވަންސް ނުލިބޭ މުވައްޒަފުންގެ މެދުގަ މައްސަލަވެސް ޖެހޭނެ. އެކަން އިސްލާހުކޮށް އެންމެހާ މުވައްޒަފުންނަށްވެސް އެލަވަންސް ދިނުމަށް ގޮވާލަން. އެހެން ނޫނީ ސިވިލް ސާވިސް އެންމެންނަށް މުސާރަބޮޑު ކޮށްފީމޭ ކިޔާފަ ދޮގު ނަހަދާ
ދޮންކޮއްކޮ
12 February 2018
މުސާރަތޯ ބޮޑުވީ؟ އަލުން އެލަވަންސެއް ދޭން ފެށީތޯ؟ މުސާރަ ބޮޑުވިކަމަށްބުނެ މުއައްޒަފުންނަށް ތިޔަ އޮޅުވައިލަނީ ނޫސްވެރިޔާ މިހާރު ދައުލަތުގެ މުސާރައިގެ ކަންތައް މިހިންގަނީ އަމިއްލަ ކުންފުނި ހިންގާހެން. މުސާރައަށްވުރެ އެލަވަންސްތައް އެއްކޮށްލީމާ އެލަވަންސްތަކުގެ ޖުމްލަ ޢަދަދު ބޮޑު
ގުއިއްޒު
12 February 2018
މުސާރަ ބޮޑުކުރާނަމޭ ކިޔާފަ ދޮގެއް ހެދިއްޖެ. އެ ދެން ތެދަކަށް ނެހެދޭނެ. ދޮގުހެދުން މަކަރުި ހެދުން ވައްކަންކުރުން ޚިޔާނާތްތެރިވުން. ލަނޑުދިނުން މިވަނީ މިމާރު ހުއްދަކަންތައްތަކަށްވެ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަންތައްކަމަށް ވިސްނުވައިދީފަ. ގައުމު ދެން ސަލާމަތްވާނީ ކިހިނަކުންބާ؟
ރުޅި
12 February 2018
މުޅިން އޮޅުވާލުން. ސިވިލްސާރވިސްގައި މިހާރު އެންމެ ގިނަވާނީ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ނަގާފަ އެސިސްޓެންޓް އޮފިސަރ 1 އިން ފެށިގެން ޓެކްނިކަލް އޮފިސަރ ލެވެލް 2 އާއި ދެމެދުގެ މަޤާމުތައް. މި މަގާމުތަކަކީ ވަރަށްކުޑަ މުސާރައެއް ލިބޭމަޤާމުތައް. އެކަމަކު މިހާރު ތިޔަ ބޮޑުކޮށްދިނީ ނިސްބަތުން އެންމްކުޑަ އެލަވަންސް. ދެން ތިޔަބުނާ އެލަވަންސް ސެޓްފިކެޓަށްދޭއިރު އެމީހެއްގެ މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރަށްވުރެ މަތީފެންވަރެއް ހިމަނާފައިވުމަކީ ތިޔަ ކޮމިޝަންގެ ހުރި ބޭއިންސާފުކަމާއި އޮޅުވާލުން. ސީނިއަރ އޮފިސަރ އަކަށް ލެވެލް 6 އިން ފެށިގެން މަތީ ސެޓްފިކެޓެއް ވަޒީފާއަށް ވަންނަން ބޭނުންނުވާއިރު އެކަމަކު އެލަވަންސް ހޯދަން ހުށަހެޅެނީ ލެވެލް 6 އިން ފެށިގެން މަތީ ފާހަކުން. އެޑްމިން އޮފިސަރ އަކަށް ޕީއެޗްޑީ ފެންވަރުގެ މީހަކު އުޅޭނެކަމަކަށް ވެސް މިމީހުން ޤަބޫލުކުރަނީ ކަންނޭންގެ.
ކައުންސެލަރު
12 February 2018
އެއީ ތެދެކޭ ކޮއްކޮ އެބުނީ! މަސައްކަތު މީހުންނާ އާދައިގެ އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށްވުރެ ޑިރެކްޓަރުންނަކީ ދަށްފަންތީގެ ބައެކޭ. އެހެންވެތާއޭ އެމީހުންނަށް 1500 މަސައްކަތު މީހުންނަށް 1200 އެޑްމިނިސްޓްރޭޓިވް ސްޓާފުންނަށް 700 ހަމަޖެއްސީ........... ކީއްކުރާނީ މުސާރަ މިއޮއްބޮޑުވީ އަތްނުފޯރާވަރަށް. ބާޒާރު އަގު ތިރިވީ ހަމަބިމަށްވުރެތިރިއަށް.
އައިޖެ
12 February 2018
ޑިކްޝަނަރީ އަކުން ޖަސްޓިފައި ކޮށްދެވޭ ވަރަށް ވުރެ ބޮޑަށް، ރައްޔިތުން ތިބީ ޜޯފިލާފަ... މީ ވަރަށް ވާހަަކަ... ހަމަ ބުނެލީ....