ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އަޒުލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ރައީސް ޔާމީން ޖަލްސާއެއްގައި: އެމަނިކުފާނު މަގާމުން ދުރުކުރަން އިދިކޮޅުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދޭން އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމީ، ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ރައްޔިތުން މަޖިލީހުން އެގޮތަށް ނިންމުމުން އެކަމާ މެެދު ހިޔާލު ތަފާތުވާ ހާލަތްތަކުގައި ކަމަށެވެ.

ރައީސް ޔާމީން މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު މި މަހު އެއްވަނަ ދުވަހު އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޖަލުހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންތަކެއް ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.

އެ ހުކުމާއެކު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ރިޝްވަތު ހިފުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ސިޔާސީ ލީޑަރުން ދޫކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.

35 ކޮމެންޓް, 132 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންމަބެ

13 February 2018

ރައީސް އަޒުލު ކުރާކަށް ހުށައަޅާކައް ނުޖެހޭ! ވަކި ބަޔަކު ވެރިކަމައް ގެންނަން ކޮންމެ ގޮތެއް ވެސް އޯކޭ.. ބަލަ އަހަރުމެން ވޯޓުލައިގެން އައިސްއަ ހުރި ވެރިއެކޭމިއީ!!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

12 February 2018

ފަސް ފަނޑިޔާރުން ސޮއިކޮށްފަ ނެރުނު އަމުރު ބާތިލު، ތިން ފަނޑިޔާރުން ސޮއިކޮށްފަ ނެރުނު އަމުރު ފަރަށް ފައްކާ، ހަމަ އަތްޖަހާވަރުވޭ ދެއްތޮ، ލަދު.....

The name is already taken The name is available. Register?

ފާތުން

13 February 2018

އަމުރު ނެރުމަށް ނުވަތަ ބާތިލް ކުރުމަށް ބޭނުންވާނީ، ކޯޓުގެ ގާނޫނީ އަދަދުގެ މެޖޯރިޓީ. ކުރީގެ ހުކުމްތައްވެސް ބާތިލް ކުރީތާ. އެއީ އެއްވެސް ގާނޫނަކުން، އުސޫލަކުންވެސް ލިބިދޭ ބާރެއްނޫން. އަދި ކީއްތަ، އެއީ ދުނިޔޭގެ އެއްވެސް މުޖުތަމައެއްގަ ކަންހިގާ އުސޫލެއްވެސް ނޫން. އެއީ. ޖާހިލު، ނުލަފާ އަމިއްލަ އެދުން ނޫން އެއްޗެއްނުފެންނަ، ބީރު ބަޔަކު މިހާތަނަށް ކުރި އެންމެ ވިޔާނުދާ އަމަލު.

The name is already taken The name is available. Register?

ު7777

12 February 2018

ބަޔަކަށް ގައުމު އެއީ ނަޖިހަށް ވިއަސް ސކ ގަ މިހާރު ތިބި މީހުނަށް އެނގޭ ގައުމުގެ އަގު. ކުއްލިނުރަކަލާ އެހެން ނުރައްކަލަކީ ކޮބައިކަން ނޭނގޭ24 ގަޑިއުރު ހަމައިގަ ނުތިބޭ މީހަަކަށް މިކަންކަން ފަހުމެއް ނުވާނެ.

The name is already taken The name is available. Register?

88888

12 February 2018

ހުވަފެން ނުފެނި ހަދައިގެން ހުވަފެނޭ ކިޔާމީހުނަށް ގިޔާމަތް ދުވަހު ބިޑުވެގެންވާ އަޒާބު ދެއްވާނެކަން ﷲ ތައާލާވަނީ އަންގަވާފަ. ﷲ އަށް ބިރުވެތިވެ ނަމާދު ކުރާއަޅަކު ތިފަދަ ދޮގެއް ނުހަދާނެ.

The name is already taken The name is available. Register?

8888

12 February 2018

ތިގެއަށް ވަތް ވާހަކަ ވިދާޅުވީ ކަންފަތު މަޑު ގިނަވީމަ އަޑުއިވުމުގެ މައްސަލއެއް ތިއީ

The name is already taken The name is available. Register?

8888

12 February 2018

ނުގަތީމަ އެނިމުނީ. ދެން 2018 ގަ ހިތްވަރެއް ހުރިއްޔާ އަހރެމެންގެ ރައީސް ޔާމީނާ އިދިކޮޅު ގޮފަޅަކު ވާދަ ކޮށްލަބަ. ބަލި އަރުވާލާނަން

The name is already taken The name is available. Register?

ޙިނި

12 February 2018

ޢެބުނާހެން ވައްކަން ފުޅު ސާބިތު ކުރަން ބޭނުމިއްޔާ ދޭބަލަ ކޯޓައް

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

12 February 2018

" އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ (ގަންނާކުރެއްވި ބިރުން) ސިޔާސީ ލީޑަރުން ދޫކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ". އަދި ސަރުކާރުން ބަލައިގަތީ މި ބާތިލު އަމުރު.

The name is already taken The name is available. Register?

އަލީ_

12 February 2018

ދެން ތިއިން ފަޑިޔާރަކަށް އެމީހުންގެ އަމިއްލަ ވިސްނުމަށް ތިޔަކަހަލަ މައްސަލައެއް ބަލަން ކެރޭނެތޯ؟ ކިހާ ބިރެއް މިހާރު ގަންނާނެ؟

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

12 February 2018

މިހާރު ސުޕްރީމް ކޯޓެކޭ ދަތްނެތް ސިންގާއެކޭ ތަފާތެއް ނެތެއްނު، އެކަމަކު ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ދެއްތޮ، ލަދު.......

The name is already taken The name is available. Register?

ގުއިރޯނު

12 February 2018

މިފަހަރު ސުޕްރީމް ރަނގަޅު ރިޝްވަތެއް ނުފޫޒެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454