ހައްޖުގެ އަޅުކަން އަދާކުރަން ފުރުމަށްޓަކައި ދިވެހި ދެމަފިިރިއަކު އެއާޕޯޓުގައި: އުމްރާއަށް މީހުން ގެންދަން 16 ކުންފުންޏަކަށް ހުއްދަ ދީފައިވޭ -- ފޮޓޯ/މިހާރު
14 ފެބުރުއަރީ 2018 - 11:29
މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ބައެއް ކުންފުނިތަކުން ފައިސާ ނަގަމުން ދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ހުއްދަ ނެތް ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިއުމަކީ ގިނަ ދަތިތަކާ ކުރިމަތިވެދާނެ ކަމަކަށް އިއުލާންގައިވެ އެވެ. އެހެންކަމުން އެފަދަ ކުންފުނިތަކުން މީހުން އުމްރާއަށް ނުގެންދަން އަންގަމުން އަންނަ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން އެދުނީ އުމްރާ އަށް ދާން ފައިސާ ދައްކާއިރު އެއީ ހުއްދަ ލިބިފައިވާ ކުންފުންޏެއްތޯ ކަށަވަރުކުރުމަށެވެ.
މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް 18 ކުންފުންޏަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމަ
14 February 2018
އުމުރާ ކޯޕަރޭޝަނެއް ހަދަންވީ
އަބުލްކަލާމް
14 February 2018
ޒަމާންތަކަކަށްފަހު ޙައްޖާ ޢުމްރާގެ ޚަބަރެއް ގެނެސްދިންއިރު ހައްޖު ކޯޕްރޭޝަން ފިޔަވައި އެހެން ބައެއްގެ ފޮޓޯއެއް ހާމަކުރީތީ އުފާ ކުރަން އެހެން ނަމަވެސް ހަގީގަތަކީ ތި ފޮޓޯ ޖަަަހާފައި ތިރީގައިވާ ލިއުންކޮޅަށްބަލާލުމުން ފޮޓޯގެ މަގްޞަދު ހާމަވެގެން ދެއެވެ.
އިންސާރފް
14 February 2018
މިފަހަރު ކޮން ސޭހެއް ބާ؟؟؟
އިންސާރފް
14 February 2018
އިސްލާމިކް މިނިސްޓްރީވެސް ވަކި ސަހަލެއް ނޫން!!! ބޭރު ގައުމެއް ތްރޫކޮށް ދާންވީ!! މާ ރަނގަޅު!!
އަހުމަދުބެ
14 February 2018
ސަރުކާރުން ހުއްދަ ނުދިނަސް އުމްރާ އަށް ދެވޭނެއެވެ މާހަރަދު ކުޑަވާނެއެވެ. އެކަމު ހައްޖަށް ދވޭނީ ސަރުކާރުން ހުއްދަ ދިނީމައެވެ. އެކަނި ނޫނީ ދެތިން މީހުންވެގެން ގޮސް އުމްރާކޮށްލާފަ އަންނަންވީއެވެ. ސައުދީ އުމްރާ ވިސާ އާއްމުންނަށް ލިބޭނެއެވެ.