އިންޑިއާ ސަފީރާއި ފޮރިން ސެކެޓްރީ ސަރީރު ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި --ފޮޓޯ/ފޮރިން މިނިސްޓްރީ
15 ފެބުރުއަރީ 2018 - 16:14
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ފޮރިން ސެކެޓްރީ އަހުމަދު ސަރީރާއި ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާމިއަދު މަޝްވަރާކުރައްވައިފި އެވެ.
ސަފީރު އަކިލޭޝް މިޝްރާ އާއި ރާއްޖޭގެ ފޮރިން ސެކެޓްރީ ސަރީރު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
Indian Ambassador Akhilesh Mishra (@AkhileshIFS) calls on Foreign Secretary @AhmedSareer and reiterates the commitment to further strengthen relations between the Maldives and India. pic.twitter.com/HfjkJD0fk5
— MFA Maldives (@MDVForeign) February 15, 2018
ފޮރިން މިނިސްޓްރީގެ ޓްވީޓް
ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި، ވާހަކަ ދައްކަވައިފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައިގެން އިންޑިއާ އަށް ސީރިއަސް ތުހުމަތުތަކެއް ވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ބުނެ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރު ދާދިފަހުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ސިފައިން ރާއްޖެ ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮކްތެރެޕީ
16 February 2018
އަދިކިރިޔާ މިގެގުނީ މިރާއްޖެ ތަރައްގީ ނުވަނީ އިންޑިޔާގެ ނުފޫޒްގަދަކަމުންކަން މިމީހުންގެ ކިބައިން ދުރުވާންޖެހޭ އެހެރީ ކަސްމީރަ ހަދާލާގޮތް.
ކޮކްޓެއިލްރައީސް
15 February 2018
އާނ، ދެން އަހަރުމެން ތިބޭނަން އަތް ޖަހަން، ގުޅުން ބަދަހިވާތީވެ، ހީހީހީ.
ތުނިޔަ
15 February 2018
ތިވާނީ ގުޅުން ބަދަހިކަން ދައްކަން ފޮޓޯއެއް ނަގާލަން ބޭއްވި ބައްދަލު ވުމަކަށް!
ޒަނާނާ
15 February 2018
ހެޔޮ ދުއާ ސަލާންބޭބެ ދޯ؟
ހޯރަ
15 February 2018
އިންޑިޔާ ބުނާ ގޮތް ހެދީމަ ގުޅުން ބަދަހިވީ.
ވާލުސޮރު
15 February 2018
ކޮންމެ ކަމަކާ ގުޅިގެންވެސް ރައްޔިތުންނަށް އޮޅުވާލުން. އިންޑިއާ ސަރުކާރުން ސަރުކާރަށް ހުށަހަޅާފަވާ ކަންކަން ފުރިހަމަ ނުކުރަނީސް މިސަރުކާރާ އިތުރަށް އެއްވެސް ގުޅުމެއް ބަދަހިކުރާކަށް އިންޑިއާ އިން ނޫޅޭނެކަން އެއީ ދުވާލުގެއިރު ހާ ފާޅުކަން ބޮޑު ކަމެއް.
އެދުރުބެ
16 February 2018
ކޮބާ އެކަންތައްތަކަކީ... 1) އިންޑިޔާ ނޫން އެހެން ގައުމަކުން އެހީ ނުހޯދުން 2) ޗައިނާއާއި އެކު ގާއިމު ކުރި ފްރީ ޓްރޭޑް އެގްރިމަންޓް އުވާލުން 3) ޖީއެމްއާއރ އެގްރިމަންޓް އަލުން އިއާދަ ކުރުން 4) ރައީސް ނަޝީދަށް ވެރިކަން ދިނުން 5) ދިވެހިރާއްޖެ އަކީ އިންޑިޔާގެ ޙާއްސް ފެޑެރަލް ޓެރަޓަރީ އެއްކަމަށް ގަބޫލް ކުރުން. 6) އިންޑިޔާގެ އެމްބެސެޑަރ ބޭނުން އިރަކު އިލެކްޝަން ކޮމިޝަނަރ އާއި ބައްދަލު ކުރުމަށް ފުރުސަތު ދިނުން އަދި ބަސްއެހުން. 7) ދެންވެސް އެދުނު ކަމެއް ވިއްޔާ ކޮށްދިނުން...... ހެހެ