ލޯޝަން އުނގުޅަނީ
20 ފެބުރުއަރީ 2018 - 06:36
ހަމުގެ ކުލަ އަލިކުރަން ނުވަތަ އޮމާންކުރަން ބައެއް މީހުން އަބަދުވެސް ކޮންމެވެސް އެއްޗެއްގެ އަޖުމަ ބަލަ އެވެ. މިކަން މިހެން ދިމާވާ ހަގީގީ ސަބަބަކީ ކޮބައިކަން ވިސްނާލިން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލިބެނީ ޖަޕާން މީހުންގެ ފަރާތުންނެވެ.
ޖަޕާނު މީހުންނަކީ ހަންގަނޑު ރީތިކަމަށް އަބަދުވެސް މަޝްހޫރު ބައެކެވެ. އެއީ ކީއްވެެހެއްޔެވެ؟
ޖަޕާންގެ މަޝްހޫރު ސްކިންކެއާ ތަޖުރިބާކާރުން ބުނަނީ މިކަމުގެ އަސްލަކީ ޖަޕާން މީހުން ލޯޝަން، ސީރަމް އަދި ކްރީމް ފަދަ އެއްޗެހި ހަންގަނޑުގައި ނުހޭކުން ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުން މީގެ ކޮންމެ ބާވަތެއް ބޭނުން ކުރިޔަސް ހަމުގައި މަޑުމަޑުން އޮއްބައިގެން އެ އެއްޗެއް ހަންގަނޑުގެ ތެރެއަށް ވައްދަނީ އެވެ.
މިއަށް ކިޔަނީ "ސްކިން ޕެޓިން" އެވެ. މާނައަކީ ލޯޝަން އުނގުޅުމުގެ ބަދަލުގައި ހަންގަނޑަށް އޮއްބާލުމެވެ.
މި ޓެކްނިކް ބޭނުންކުރުމުން ގައިގައި އަތުން "ޕެޓް" ކުރުމުގެ ފުރުސަތު ލިބެ އެވެ. މިކަމުގެ ސަބަބުން ލޭ ދައުރުވުން ހަލުވިވެ ކޮލާޖަން އުފެދޭ މިންވަރު އިތުރުވެ އެވެ.
ކޮސްމެޓިކް ޑާމަޓޮލޮޖިސްޓް ފްރެންސިސްކާ ފުސްކޯ ކޮސްމޯޕޮލިޓަން މަޖައްލާ އަށް ވިދާޅުވެފައިވާ ގޮތުގައި ހަންގަނޑުގައި ލޯޝަންތައް ހޭކުމަށް ވުރެ އަތުން އޮއްބުން މާ ރަނގަޅެވެ.
އަތުން އޮއްބުމުން ހަންގަނޑާއި މަސްތަކަށް އަރާމު ލިބޭނެ ކަމަށާއި ހޭކުމުން ހަންގަނޑު ދެމޭ ގޮތް ވާނެ އެވެ. އޮއްބުމުން ލިމްފެޓިކް ސިސްޓަމްގެ މަސައްކަތަށް ވެސް ބުރުލެއް ނާރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރުހީ
20 February 2018
ހެޑިން ކިޔާލީމަ މަހީކުރީ އެއްގޮތަކަށްވެސް ކްރީމް ބޭނުން ނުކުރަނީކަމަށް.
ރިއަލީ ފޭކް
20 February 2018
ޕްލާސްޓިކް ސާޖަރީގެ މޮޅުކަން އެއީ.
އަހްމަދު
20 February 2018
ތިއީ ކޮރިޔާ މީހުން ކުރާކަމެއް، ޖަޕާނު މީހުންގެ ކެެއުން ބުއިން ވަރަށް ސިއްހަތަށް ފައިދާކުރާނެ، އަހަރަމެންހެން ރިހާކުރެއް ނޫން ކަނީކީ
ސަރުދާރު
20 February 2018
ޖަޕާނު މީހުންނަކީ ޕްލާސްޓިކް ސާޖަރީއަށް މަޝްހޫރު ޤައުމެއް ނޫން. އެއީ އެންމެ ނެޗުރަލްކޮށް ތިބޭ އޭސިއަން އެއް ޤައުމު.