ރައްޔިތުންގެ މަޖިލީހުގެ ރައީސް: އެމަނިކުފާނު މަގާމުން އިސްތިއުފާއެއް ނުދެއްވާ.- ފޮޓޯ: ނިޝާން އަލީ/މިހާރު
19 ފެބުރުއަރީ 2018 - 23:24
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު މިރޭ ދޮގުކުރައްވައިފި އެވެ.
މަސީހު އިސްތިއުފާ ދެއްވާފައިވާ ކަމަށް ވާހަކަ ފެތުރުނީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގެ ރިޔާސަތުގައި ކުޑަވަގުތުކޮޅަކު އިންނެވުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ރިޔާސަތު ހަވާލުކުރައްވާފައި ވަޑައިގަތުމުންނެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މަސީހަށް ގުޅުއްވުމުން ނޫސްވެރިންނަށް އިވޭ ގޮތަށް މަސީހު ވިދާޅުވީ އެމަނިކުފާނު މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ ކަމަށް ވިދާޅުވި އެވެ.
އެއީ، ރައީސް އަބްދުﷲ ޔާމީން މި މަހުގެ 5 ގައި އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކުރުމުގެ ޖަލްސާ އެވެ.
"އަޅުގަނޑު އިސްތިއުފާއެއް ނުދެން، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ދެމިހުންނާނަން،" މަސީހް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ފަހު، މަސީހު ވަޑައިގަތީ މުހިއްމު ބައްދަލުވުމަކަށެވެ. އެހެންކަމުން، ހަގީގަތް ނުބަލައި ވާހަކަތައް ނުފެތުރުމަށް އެ ޕާޓީގެ އިސް ބޭފުޅުން ގޮވާލެއްވި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވައި ބިލްތައް ފާސްކުރާ މައްސަލާގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަޖިލީހަށް ވެއްދި އެވެ. ފުރަތަމަ ފަހަރު މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ މައްސަލަ ބޭރުކޮށްލީ، ޕެޓިޝަންގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިގެން ނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
20 February 2018
މަނިކުފާނު ތިވިދާޅުވަނީ ކޮންތަނެއްގެ ރައީސްކަމުން އިސްތިޢުފާ ނުދެއްވާ ވާހަކަތޯއެވެ. މަނިކުފާނު ރައީސްކަމަށް އާދެވުނީ މަޖިލީހުން ރައީސްކަމަށް ހޮވުމުންނެވެ. ހަމަ އެބީދައިން މަނިކުފާނުގެ ޢަމަލުތައް ހުންނަގޮތުން ރައީސްކަމުގައި ބަހައްޓަން ނުފެންނާތީ ރައީސްކަމުން ދުރުކުރުމަށްވެސް މަނިކުފާނު ރައީސްކަމަށް ހޮވި ބޭފުޅުންނިންމާފައިވާތީ ތިއީ ރައީސޭ ބުނުމުގެ އެއްވެސް ހައިސިއްޔަތެއް މިހާރަކު ނެތެވެ.
ކެކެކެކެކެކެ
20 February 2018
މިގައުމުގައި މިވަގުތުއުޅެވިދާނެ ގޮތެއްވީމަ އުޅެނީތާ. މަސީހު ނިކަންބުނެބަލަ ރައްޔިތުންގެ ރުހުމެއް އޮވެގެންތޯ ތިރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައޭބުނެ އައުލަބިއްޔަތު ގެއްލުނީމަވެސް ގަދަކަމުން ތިޔަހުންނަނީ. ލަދުގެކަންފުޅެއްވެސް ހަމަނެތީތާ..
އަދީބު
20 February 2018
މަސީހު އެއްވެސް ގޮތަކަށް އިސްތިއުފާ ދެއްވާނެ ކަމެއް ނެތެވެ. ހާވާނެ ހުރިހާ ހަޑިއެއް ހާވަން މަޤާމުގައި ދެމިހުންނާށެވެ.
ސިއާ
20 February 2018
ފައިބާނެ ކަމެއްނެތް ތީ ޕީޕީއެމްގެ ތަރިކަ މުދާގަނޑެއް, މިވެރިންގެ ލަދެއް ހަޔާތެއްހުރިނަމަ, ނުކެރޭނެ 45 ފަސް ސޮއިކޮށް އިތުބާރުނެތް ކަމަށް ހުށެހެނީމަވެސް, ވަށައިގެން ފާރެއްލައިގެން ގޮނޑިއަށް ސަވާރުވެގެން އިންނާކަށް, ލަދުކޮބާބާ?
އަލީ!
20 February 2018
އެކަމަކު މިއީ އިތުބާރު ނެތް މީހެއް. މީނަ ރައީސް ކަމުގަ އިންނަނީ ގަދަބާރުން... ކޮބާ ލަދު..؟!
ސަދީމާ
20 February 2018
މަސީހު އެބަ ހުރިން ދޯ
ގަބުޅި
20 February 2018
މައިން ބަފައިން ދިން ތަރުބިއްޔަތައް ރުޖޫޢަވެ މިގައުމާއި ރައްޔިތުންނަށް ޣައްދާރުވުން ހުއްޓާލުމަށް ގޮވާލަން! ރައްޔިތުންގެ މަޖްލިސްގެ 45 މެމްބަރުން އިތުބާރު ނެތޭ ބުނެ ސޮއިކުރީމަ ދެން ތިމަގާމުގައި ހުރުމުގެ ބޭނުމަކީ ކޮބާ؟ މަޖްލިސް ނުބާއްވައި ބައިތުލްމާލުން މެމްބަރުންނަށް މުސާރަ ދިނުމަށް ފައިސާ އިސްރާފު ކުރަނީ ކީއްވެ!
ފާތިި
20 February 2018
އޯކޭ މަސީހެއް އިސްތިއުފާ ނުދޭ..... ކޮބާ އަޒްލީން އަވަރ ހޯމް މިނިސްޓަރ
ހަސަންފުތު
20 February 2018
ރައީތުންގެ މަޖިލީހުގެ ތާރީހުގަވެސް ގާނޫނު އަސާސީ އާއި ހިލާފައް އަމަލު ކޮއްފައި ރައީސް ޔާމީނު ބުނިހާ ކަމެއް ބުނިހާ ގޮތަކައް ރައީތުންނައް ބެލުމެއް ނެތި ކުރަމުން އަމިއްލަ ފައިދާ އިސްކޮއްފައި ހުރި އަބުރު ގެއްލިފައިވާ ބޭފުޅެއް .. ގަދަ ބާރުން އަބަދަކު ނީދެވޭނެ މަނިކުފާނަކައްވެސް ..
ރައްޔަތުމީހާ
20 February 2018
ތީ މިހާރުވެސް މަޖްލިސްގެ ރައީސް އެއްނޫން.. ލަދުކުޑަވީމަ ތިހެން ބުނެވިދާނެ. މަހިތައްއަރަ މި މީހުންގެ އާއިލާއަށްވެސް ހުތުރޭ. ލަދެއްނުގަނޭބާވައޭ.