އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: އަސުރުމާ
16 ޖުލައި 2016 - 00:30
އައްޑު އާއި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް މިރޭ އިފުތިތާހުކޮށް، މާދަމާ އިން ފެށިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ބަހުގެ ހިދުމަތް އާންމުންނަށް ހިލޭ ލިބޭނެ ކަން ނައިބު ރައީސް އަބްދުﷲ ޖިހާދު މި ރޭ އިއުލާން ކުރައްވައިފި އެވެ.
ބަހުގެ ހިދުމަތް އިފުތިހާހު ކުރަން މިރޭ ފޭދޫ ބަނދަރު ސަރަހައްދު ހިއްކި ބިމުގައި ބޭއްވި ޖަލްސާގައި ޖިހާދު ވިދާޅުވީ ހަފުތާއެއްގެ މުއްދަތަށް ރައްޔިތުންނަށް ހިލޭ ހިދުމަތް ދޭން ނިންމެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މިއީ އީދު ހަދިޔާއެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑު އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަކީ ރައީސް ޔާމީންގެ ވައުދެއް ހަގީގަތަކަށްވުން ކަމަށާއި މިކަމުގެ ސަބަބުން އެތައް ފައިދާއެއް ލިބިގެން ދާނެ ކަމަށެވެ.
މަގާމާ ހަވާލުވެ ވަޑައިގެން ފަހުން ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ވައުދުވެވަޑައިގެން، އެ ވައުދުތައް ފުއްދަވާ ރައީސެއް ކަމަށެވެ. އަދި ސަރުކާރަށް މިވީ ދެ އަހަރާއި ބައިގެ ތެރޭގައި ތަރައްގީގެ އެތައް މަޝްރޫއެއް ކުރިއަށް ގެންދެވި ކަމަށާއި މިހާރު ވެސް އެތައް މަޝްރޫއެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ރާވާފައި ހުރި ކަންކަމުގެ ތެރެއިން ގިނަ އަދަދަކަށް ޓޫރިސްޓް އެނދު ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.
އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ޖަލްސާގައި ނައިބް ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ
އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިރޭ ވިދާޅުވީ އެމްޕީއެލުން މަސައްކަތް ކުރާނީ ހިދުމަތް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ.
އެގޮތުން އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް އެމްޕީއެލުން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދޭން 13 ބަސް ގެނެސްފައިވާ އިރު، ފުވައްމުލަކުގައި ހިދުމަތް ދޭނީ ދެ ބަހުގައި ކަމަށެވެ. ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގަ އެވެ. މިއީ ޒަމާނީ ބަސް ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަސް ދަތުރު ފެށުމާ އެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް އަންނާނެ ކަމަށެވެ. އެހެންވެ މީގެ ބޭނުން ހިފުމަށް ޖުނައިދު ވަނީ ޒުވާނުންނަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތަށް ބޭނުން ކުރާ އުޅަނދުފަހަރަކީ އިންޖިނިއަރިން މަސައްކަތްތައް ބޭނުންވާނެ އެއްޗިއްސަށް ވާތީ އެ ދާއިރާ އިން ޒުވާނުން ރާއްޖޭން ބޭރުން ތަމްރީނު ވެސް ކުރާނެ ކަމަށެވެ.
އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ޖަލްސާގައި އެޕްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ
ކަނޑުދަތުރުގެ ހިދުމަތް ވެސް ރަނގަޅު ކުރުމުގެ ގޮތުން ވަރަށް އަވަހަށް އައްޑު އާއި ފުވައްމުލަކާ ދޭތެރޭ އޭސީ ފެރީއަކާއި މުދާ އުފުލާ ފެރީއެއް ވެސް ތައާރަފު ކުރާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމީދޫން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރާ މީހުންނަށް ސައިކަލް ފަދަ ވެހިކަލް އުފުލޭނެ ކަހަލަ ގޮތްތަކެއް ވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޕޕމ
16 July 2016
ނައިބުރައީސް ވަރެއްނެތް ހަމަ. ޔާމީން އިސްތިއުފާ
ސަނާ
16 July 2016
މި ފެންނަނީ ފަނާ ކުރުމާއި ބިނާ ކުރުމުގެ ތަފާތު ! ޝުކުރިއްޔާ ރައީސް ޔާމީން !!
އައްޑޫ ހަސަނު
16 July 2016
ޕީޕީއެމް ސަރުކާރު އައުމުގެ ކުރިން ވެސް ތިޔަ ބަހުގެ ޚަދުމަތް އައްޑޫގައި އޮތް. ތިކަމަކީ ކެނެރީގޭ ނަޝިދުގެ ވިސްނުމެއް. އޭނާ ކޮށްފައިވާ ކަމެއް. ކާމިނީ ދަރިކޮޅުގެ މީހުން 30 އަހަރު ވެރިކަން ކުރިއިރުގަވެސް އެމީހުންނަކަށް ކުރެމުނު ކަމެއްނޫން ތިޔައީ. ނަންވާން ނޫޅުއްވާ.
ައައްޑޫ މީހާ
16 July 2016
މީ އަލަށް ފެށި ކަމެއްތަ؟
ހުސޭނު
16 July 2016
ހުޅުވާ ދުވަހު ސައިހޮޓާތަކުން ހިލޭކާންވެސް ދޭ. އީދުހަދިޔާއަކަށް ޔާމީން ދެއްވަނީ ތިކަހަލަގެ ޕްރޮމޯޝަނަށް ބަހާ ޖޯޑު ދެއްތޮ. ނޫނެ އަގުވައްޓަން ނައިބުރައީސް ވަރެއްނެތް.
މަރުތަބާ
16 July 2016
ބަސް ފޮޓޯ އެެއްނެތްތަ ؟
އުމަރު
16 July 2016
އެމްޕީއެލްއިން ނެގި 77 މިލިއަން ރުފިޔާ އަދިވެސް ޖަމާނުކުރޭ، މިއަދު އެމްޕީއެލް އޮތް ހާލު ވިޔަފާރިވެރިން ތަހައްމަލް އެކުރަނީ، އެތަކެއް ބޯޓްފަހަރެއް މިހާރު ރާއްޖެއަށް ނައަންނަން ނިންމައިފި،
ރަފީ
16 July 2016
ާއައްޑޫގަ ބަސްދަތުރުފެށީއޭ..ތިހެން ކުނިއުކަން ވެސްބަޔާކާ ހަވާލުކުރި ތަނެއް ނޫސްތަކުން ފެނުނު. ދެނެއް ތިހެނެއް އޮޅުވައެއް ނުލެވޭނެ.މިހާރު ނޫސްވެރިން ގޮސްބަލާބަލަ އެހެރަ ފްލެޓް ތަކެއް ހަދާނުނިމެނީސް ދަބަރައްވެފަ.
ސަލަބީ
16 July 2016
ޕޮޓޭޓޯ ކަލޯ އައްޑޫގަ ބަސް ދުއްވާ 1960 ގަވެސް.
ޕޮޓޭޓޯ
16 July 2016
އައްޑޫގައި ބަސް ދުއްވާތާ މިހާރު ކޮން ޒަމާނެއް. 1990 އިގެ އަހަރުތަކުގަވެސް ބަސް ދުއްވާ މަށަށް އެނގިގެން. ދެން މިއީ ކޮންކަމެއް ބޮޑެތި ބޭކާރު ހަރަދު ކޮށްފަ ޖަލްސާ ބާއްވައިގެން ކެންޕޭނުކޮށް މީހުން ގުނބޯ ހައްދާކަށް. ކޮންމެ ކަމެއް ކޮށްފަ އެކަމަކަށް ހަރަދުވީ ފައިސާއަށްވުރެ ގިނަ ފައިސާ މިކަހަލަ ބޭކާރު ހަފްލާތަކަށް މިސަރުކާރުން އިސްރާފްކުރޭ.