ދުނިޔެ / ސީރިއާ

ސީރިއާގައި އައިއެސް އިން ވަރުގަދަ ހަމަލާތަކެއްދީ 78 މީހުން މަރާލައިފި

ސީރިއާގެ ޓާޓޫސްގައި ދިން ކާރު ބޮމުގެ ހަމަލާގައި ރޯވެފައި:

ސީރިއާގައި ސަރުކާރުގެ ބާރުގަދަ ދެ ސިޓީއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ޖާނުންފިދާވުމުގެ ކާރު ބޮމުގެ ހަމަލާތަކުގައި 78 މީހުން މަރުވެފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ކާރުގެ ބޮމުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ބަނދަރު މަތީ ދެ ސިޓީ ކަމަށްވާ ޓާޓޫސް އާއި ޖަބްލާހުގެ ބަސް ސްޓޭޝަންތަކަކަށެވެ. އައިއެސްއާ ގުޅުން އޮންނަ ނޫސް އެޖެންސީއަކުން ބުނެފައި ވަނީ އެ ހަމަލާތައް ދީފައި ވަނީ އެ ޖަމާއަތުން ކަމަށެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ އަލަވީ ދަރިކޮޅުގެ މީހުންގެ އެއްވުމަކަށެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެސް ނިސްބަތްވަނީ އަލަވީ ދަރިކޮޅަށެވެ.

ސީރިއާގެ ޖަބްލާގައި އައިއެސް އިން ދިން ކާރުގެ ބޮމުގެ ހަމަލާގައި ލިބުނު ގެއްލުންތައް.

ޓާޓޫސްގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ޖަބްލާހުގައި ވެސް ވަނީ ރަޝިޔާގެ ވައިގެ މަރުކަޒެއް ގާއިމްކޮށްފަ އެވެ. އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމަށް ރަޝިޔާ އިން މި މަރުކަޒުތައް ބޭނުން ކުރެ އެވެ. މި ދެ ސިޓީގައި ވެސް ހަމަލާތައް ދީފައި ވަނީ ޖާނުންފިދާވެގެންނެވެ.

ސީރިއާގެ އިންފޮމޭޝަން މިނިސްޓަރު އުމްރާން އަލް ޒޫބީ ވިދާޅުވީ ޓެރަރިސްޓް ޖަމާއަތުން ސީރިއާގެ އާއްމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން ދަނީ ސީރިއާ ސިފައިންގެ މައްޗަށް އެ މީހުންނަށް ކުރި ނުހޯދެތީ ކަމަށެވެ.

"ޓެެރަރިސްޓް ޖަމާއަތާ ދެކޮޅަށް ސީރިއާ ސިފައިންގެ ހުރިހާ ބާރެއް ބޭނުން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454