އަދީބު ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ: އޭނާ މިިހާރު ވެސް ދަނީ 33 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން -- ފޮޓޯ/ މިހާރު
16 ޖުލައި 2016 - 15:55
ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ހިބަޅިދޫން މިދިޔަ ނޮވެމްބަރު މަހު ހަތިޔާރު ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އަދީބާއި ސިފައިންގެ ބަޑި ގުދަނުގެ އޭރުގެ ވެރިޔާ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި އަދީބުގެ ގާތް މީހެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި މ. ލޭންޑްއޮފްގާޑެން، އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ.
އެ މައްސަލާގައި އެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރު ބާއްވަން ހަމަޖައްސާފައިވާއިރު އެ ކުށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަބެއް އަންނާނެ އެވެ.
މާދަމަ ދައުވާ އުފުލާ އެކަކު ކަމަށްވާ އައްލާމް: އޭނާ އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެން --ފޮޓޯ/އިންޓަޕޯލް
އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކުރާއިރު އޭނާ މިހާރު ވެސް ދަނީ ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ އިތުރުން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ.
މީގެ އިތުރުން "ފިނިފެންމާ" މައްސަލާގައި ފަޔާޒު ވެސް ދަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ބާކީ ތިބި ތިން މީހުން ކަމަށް ވާ އައްލާމާއި އޮއިއްޓޭ އަދި އިޝްފާހަކީ ހޯދަން އިއުލާންކޮށް، އެކަމަކު މިހާތަނަށް ވެސް ހައްޔަރުކުރެވިފައިނުވާ ބައެކެވެ. އެ މީހުން އުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 July 2016
މެންދުރު އަޑުއިވޭނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރެވުނުވާހަކަ.
ވާފިރު
17 July 2016
50 އަހަރު ޖަހާފަ ނިންމާލާ އެއްވެސް މީހެއްގެ ޝައުގުވެރިކަމެއްނެތް މިހާރު ތިަކަމަކަށް އެންމެންނަށްވެސް އެނގޭ ރަސްގެފާނު ލިޔެދޭ އެއްޗެއްކަން ކިޔަނީ
ފަލަކު
16 July 2016
ބައްލަވާ! އެތަނުން ފެނުނު ހަތިޔާރުގެ މަޢުލޫމާތު ސިފައިން ދިންއިރު އެއީ މިރާއްޖޭގެ އަސްކަރިއްޔާގައި ގެންގުޅެފައިވާ ބާވަތުގެ ހަތިޔާރެއް ނޫންކަމަށް މާހިރުން ބުނޭ. އަދި ހަތިޔާރަކީ ވަކިސީރިއަލް ނަންބަރުތަކެއް ދެވިފާ ހުންނަ އެއްޗަކަށްވާތީ އެއީ ކޮންގައުމަކުން އުފައްދައި އަދި ކޮންގައުމަކަށް އެކްސްޕޓް ކޮށްފައިވާ އެއްޗެއްކަން ދެނެގަނެވޭނެ ކަމަށް މމާހިރުން ވިދާޅުވޭ. ދެން ތިޔަކާ އަދީބާ ހުރީ ކޮންގުޅުމެއް. ގައުމީ ސަލާމަތަށްޓަކައި ތިޔަކަންވެސް ސިއްރުވީ ދޯ؟