ރައީސް އަބްދުﷲ ޔާމީން، އެންއައިސީގެ މެމްބަރަކަށް ސުލައިމާން މިއަދު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 މާޗް 2018 - 10:50
ރައީސް އަބްދުﷲ ޔާމީން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމާއި ރައީސްކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން މިއަދު އައްޔަންކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސުލައިމާން، އެންއައިސީއަށް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދިނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 32 މެމްބަރުންގެ އިއްތިފާގުންނެވެ. ސުލައިމާންގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާއަށް ދީފައިވަނީ 75.89 މާކްސް އެވެ.
އިއްޔެގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެންއައިސީގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރެއްވި ސުލެއިމާންއާ ރައީސް ޔާމީން ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސުލައިމާން އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބު އޭނާ ހާމަނުކުރެއްވި ނަމަވެސް އޭރު ވެސް އަޑުއަރާފައި އޮތީ އެންއައިސީ އަށް އައްޔަންކުރަން އުޅޭ ކަމެވެ.
އިލެކްޝަންސް ކޮމިިޝަނުން އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލައިގައި އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
އެންއައިސީގެ ރައީސް ސުލައިމާން. މިއަދު ރައީސް އޮފީހުގައި---ފޮޓޯ: ރައީސް އޮފީސް
އެންއައިސީގެ ރައީސްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްކަމުން ޔޫސުފް މާނިއު މަގާމުން ވަކިކުރެއްވުމުންނެވެ. މާނިއު އެ މަގާމުން ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންނި
01 March 2018
މަގެވެރިކަމާަ ނުކުޅޭށޭ ކުޅެފިއްޔާ ޖަލަށްލާނަމޭ.މަގެގޮނޑިޔާ ނުކުޅޭށޭ ކުޅެފިއްޔާ ޖަލައްލާނަމޭ..ޕޕއެމްގެ ވވވ ހާއްސަޖަލްސާ.
ޢޙަމީދު
01 March 2018
އެއްތަނުން ފެއިލިވީމަ އެހެންތަނަކުން ފެެއިލުވޭތޯ ބަލަންވާނެ -
ޖައިސާމް
01 March 2018
މިފެންނަނީ ޔާމިން 'މިނިވަން' މުއައްސަސާތަކަށް އަތްބާނާ ގޮތް. ސުލައިމާނަކީ ކިހިނެއް މަަސައްކަތް ކުރާ މީހެއްކަމާ ޔާމިނާ އޭނާއާ އޮންނަ ގުޅުން އޭނާ ޔާމިންގެ ކުރީގެ ޕާރޓީގެ އެކްޓިވިސްޓަކަށް އުޅުނު އިރު އެންމެނަށް ފެނިގެން ދިޔަ. އަދި އޭނާގެ 'އިންޓެގްރިޓީ' ނުވަތަ 'ނަޒާހަތްތެރިކަން' ހުރި މިންވަރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރިއިރު އެންމެނަށް ފެނިގެން ދިޔަ. މިވެސް ޕީޕީއަށް ތާއީދު ކުރާ މީހުންނަށް ހަމަ އޯކޭދޯ؟
ކެވެލި
01 March 2018
ސުލައިމާން ސަރ މިއުޅެނީ ސަލާމަތް ނުވެވިގެން. އިސްލާމް ޓީޗަރެއްގެ އަމާނާތްތެރިކަމާ ތެދުވެރިކަން ހުރިވަރު ފެނިފައި ހަމަ ބުނާނެ އެއްޗެއް ނޭގިގެން މިއުޅެނީ.
ބޮކި
01 March 2018
ސުލޭ .... ވ. ސަލާމް....
މާލޭ މީހާ
01 March 2018
ސުލައިމާންގެ މަސައްކަތް އެއްމެ ފުރިހަމަގޮތުގަ ގެންދާނެ ކަމާ ދޭތެރޭ އުފެދޭނެ ސުވާލެއްނެތް . ސުލައިމާން އަކީ ގާބިލް ބޭފުޅެއް ކަމާދޭތެރޭ އުފެއްދޭނެ ސުވާލެއްނެތް. ކުރިޔަށް ދިވެހި ގައުމު . ( އއ )
ރަދީފް
01 March 2018
ގުޑްލަކް.
އައްޑޫ މީހާ
01 March 2018
ކޮއިފުޅާ ބޭބެ ބުނާކަށް ވާހަކައެއްނެތް. އެތަން ހަރާބުވެ ނިމުނީ.
ޖަމީލުބެ
01 March 2018
ސުލައިމާން ސަރ އަށް ވަރަށް ސަލާމް. އަޅުގަޑުމެންނަށް ކިޔަވައިދިން ގޮތަށް ސުލައިމާން ސަރ ގެ ވަޒީފާގަވެސް ﷲ އަށް ތެދުވެރިވުމަށް އިލްތިމާސް ކުރަން.
ހައްޖަ
01 March 2018
އަހަރެންނަކަށް ނޭނގެ ލަދުގަންނާނެ ގޮތެއް.