މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މަރީގެ އަލަތު ޑައިރެކްޝަން ކިހިނެއް ވާނެ؟

އޮލިމްޕަހާ އެކު ލަންކާގައި ވެސް "ތިޔަ ލޯތްބާ ދުރަށް" އެޕްރީލް 21 ގައި ޕްރިމިއާ ކުރުމުގެ ފުރުސަތު އެބަ އޮތް.

މަރީ (މ) ގައި "ތިޔަ ލޯތްބާ ދުރަށް" ޓީމްގެ ބައެއް މެމްބަރުންނާ އެކު.

އެޕްރީލް މަހުގެ 21 ގައި ސިނަމާ އަށް ގެންނަ "ތިޔަ ލޯތްބާ ދުރަށް" އަކީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ފުރަތަމަ ފީޗާ ފިލްމެވެ. އެކަމަކު އޭނާ ބުނަނީ ބެލުންތެރިންނަށް ފިލްމް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖޭ ކަމަށެވެ.

މަރީގެ ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދާފައިވާ "ތިޔަ ލޯތްބާ ދުރަށް" އަކީ އަހުމަދު (އަޒޭ) އަޒްމީލް އާއި މަލީހާ (މަލް) ވަހީދާ އެކު، ލަންކާގެ ބަތަލާ އުދޭނީ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

"އަހަންނަށް ވަރަށް އުންމީދު ބޮޑު މި ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމަށް. ގޭތެރޭގައި ހިނގާ ކަންތައްގަނޑެއް މި ފިލްމްގައި ދައްކުވައި ދޭނީ،" އޭނާ ބުންޏެވެ. "އެހެންވެ އާންމު ދިރިއުޅުމާ ވަރަށް ރިލޭޓްވާ ކަހަލަ ހާދިސާތަކެއް ހުންނާނީ."

އަމިއްލަ ވާހަކައަކަށް، އަމިއްލަ އަށް ސްކްރިޕްޓް ލިޔެ، އަދި ޑައިރެކްޝަން ހަދާލުމުން މަރީ އަށް ލިބުނު އެއް ހިތްހަމަޖެހުމަކީ "އަމިއްލަ އަށް ކުރެހި މަންޒަރުގައި، އަމިއްލަ އަޑް ކުލަ ޖެއްސުމުން އެ އަންނަ ފުރިހަމަކަން އިހުސާސް" ކުރެވުމެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޓީޒާއެއް.

"އަހަރެންގެ ވަރަށް ގިނަ ވާހަކަތަކަށް އެހެން ޑައިރެކްޓަރުން ހުންނާނެ ފިލްމާއި ޑްރާމާ ހަދާފައި. އެކަމަކު އަހަރެން އަމިއްލަ އަށް މި ފަހަރު މިކަންކޮށްލީމަ އެނގިއްޖެ ލިޔާ އެތީގައި އޮންނަ ގޮތަށް ވެސް މަންޒަރުތައް ގެނެވޭނެކަން،" އޭނާ ބުންޏެވެ. "އެކަން މި ފިލްމުން ފާހަގަކުރެވޭނެ. މާނައަކީ ސްކްރިޕްޓްގައި ސީދާ އޮތް ގޮތަށޭ އަހަރެން މީގެ މަންޒަރުތައް ގެނެސް ދީފައި ހުންނާނީ."

މަރީ ބުނީ "ތިޔަ ލޯތްބާ ދުރަށް" އަކީ މާ މޮޅު ފިލްމެކޭ ނުބުނާނެ ކަމަށެވެ.

"އެކަމަކު މީގައި މަސައްކަތް ކުރި ކޮންމެ މީހަކު ވެސް އެ މީހެއްގެ މެކްސިމަމް ދީފައި ހުންނާނީ. އެއީ ކެމެރާގެ ކުރިމަތީގައި ކަމަށް ވިޔަސް. އަދި ފަހަތުގައި ކަމަށް ވިޔަސް،" މުޅިން ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި ފިލްމަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ."

"ތިޔަ ލޯތްބާ ދުރަށް" ގެ މަންޒަރެއްގައި އަޒޭ އާއި މަލް އަދި ފިލްމުން ފެނިގެންދާ ކުޑަކުއްޖާ.

މަރީގެ އަލަތު ޑައިރެކްޝަނަށް ބެލުންތެރިން އިންތިޒާރު ކުރާ އިރު، މަރީގެ ފަހަތުގައި ވެސް ކުޅަދާނަ ޑައިރެކްޓަރަކު އެބަ ހުއްޓެވެ. އެއީ "ސިއްރު" އާއި "ހިތް ހަލާކު" ފަދަ ފިލްްމްތައް ގެނެސް ދިން ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލެވެ. މަރީ ފީޗާ ފިލްމެއްގެ ޑައިރެކްޝަންގެ ޒިންމާ އެއްކޮށް ނަގަން ލިބުނު ހިތްވަރަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. ޔަގީނުން ވެސް އާދިލްގެ ތަޖުރިބާ އިން މަރީ ފިލާވަޅު ނަގާނެ އެވެ. އޭނާ ވަނީ އާދިލާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ކުރިން ތަޖުރިބާތަކެއްކޮށްފަ އެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޝޫޓިން އޮތީ ނިމިފަ އެވެ. ފިލްމްގެ އެޑިޓިން ކުރިއަށްދާ އިރު، ބޮޑު ކަމަކަށް ދެން އޮތީ ޑަބިން އެވެ.

"ފިލްމްގެ ޓްރެއިލާ އާއި ޕްރޮމޯޝަނަލް ލަވަ ވެސް ވަރަށް އަވަހަށް އާންމުންނަށް ދައްކާލާނަން،" މިހާރު ވެސް ޓިކެޓް ބުކްކޮށް ދެމުން އަންނަ ފިލްމާ ބެހޭ ގޮތުން މަރީ ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޓީޒާއެއް.

އެޕްރީލް މަހުގެ 21 ގައި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރާ އިރު، މަރީ އާއި އޭނާގެ ޓީމުން އަންނަނީ ހަމަ އެ ތާރީހުގައި ލަންކާ ވެސް ފިލްމް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ.

"އެކަހަލަ ޕްލޭންތަކެއް އެބަހުރި. އެކަމަކު މުޅިއަކުން އަދި ކޮންފާމެއް ނޫން. އިރާދަކުރެއްވިއްޔާ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފިލްމް ބަލާލެވޭނެ ގޮތް ހަދައި ދޭނަން،" މަރީ ބުންޏެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމެން

03 March 2018

ކަމަކުނުދޭ ކަމަކުނުދޭ... ތި ޓުރޭލާ ވެސް ކަމަކުނުދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454