އިއްޒުއްދީން ފާލަން ދުރުން ފެންނަ ފޮޓޯއެއް: އެ ފާލަމުގެ ހުޅަނގުން އެއްގަމު ތޮށި ކައިރިއަށް އުޅަނދު ގާތް ނުކުރަން އަނެއްކާ ވެސް ވަނީ އަންގާފައި: މިހާރު ފޮޓޯ: ނިޝާން އަލީ
04 މާޗް 2018 - 12:11
އިއްޒުއްދީން ފާލަން ކައިރި އަށް އުޅަނދުފަހަރު ގާތް ނުކުރަން ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އިއްޒުއްދީން ފާލަމާއި އެއް ނަމްބަރު އަދި ދެ ނަމްބަރު ފާލަމަކީ ވެސް ވިޔަފާރި އުސޫލުން ހިންގައި ބެލެހެއްޓުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ތަންތަނެވެ. އެކަމަކު މިހާރަކަށް އައިސް، ބައެއް އުޅަނދު ލަފާ ފުރުމުގައި، އިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ އެއްގަމު ތޮށި ބޭނުން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮންނަ ސަރަހައްދުގެ އެއްގަމު ތޮއްޓަށް އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާކަމެއްކަން އަންގައި، އެކަން ނުކުރުމަށް ހަނދާންކޮށްދީފަ އެވެ.
ކުރިން އާއްމުކޮށް ދޯނިފަހަރު އަޅާފައި އޮންނަ އެ ސަރަހައްދަށް އުޅަނދުފަހަރު ގާތްނުކުރަން އެންމެ ފުރަތަމަ އެންގީ 2015 ވަނަ އަހަރު އެވެ. އިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި އެއް ނަމްބަރު އަދި ދެ ނަމްބަރު ފާލަން ހަމަޖެއްސުމަށް ފަހު އެ ސަރަހައްދު ދެން ދޫކުރީ ޓޫރިސްޓުން ބޭލުން ފަދަ ކަންކަން ކުރުމަށެވެ.
އިއްޒުއްދީން ފާލަން ކައިރިއަށް އުޅަނދުފަހަރު ކައިރި ކުރުން މަނާކޮށްފައިވީ ނަމަވެސް، އެ ތަނަށް ވަރަށް ގިނަ ލޯންޗާއި ރަށްރަށަށް ދަތުކުރާ ބައެއް ފެރީތައް ކައިރި ކުރެ އެވެ. އަދި ބައެއް ފަހަރަށް އެ ސަރަހައްދުގައި ބައި ގިނަވެ، ޓްރެފިކަށް ބުރޫ އަރާގޮތް ވެސް ވެ އެވެ.
ވިޔަފާރި އުސޫލުން އިއްޒުއްދީން ފާލަން ބޭނުން ކުރުން އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެ ސަރަހައްދުގައި އަޅާފައިވާ މަސްދޯނިތައް އެޅުމަށް މިނިސްޓްރީން ވަނީ ލޯކަލް މާރުކޭޓުގެ ހުޅަނގާއި ހުޅަނގު ދެކުނު ހާބަރުން ސަރަހައްދެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް
04 March 2018
ތިފާލަމަކީ ހެނދުނު ގޮސްބަލާލީމަ ފެންނާނެ މީރު އަިލެންޑް ރިސޯޓްގެ ބޮޑެތި ލޯންޗް އާންމުކޮށް ގާތްކޮށްފަ އޮންނަތަނެއް### ގަބޫނު ނުކުރަންޏާ ހެނދުނު ގޮސް ބަލާލާ###
ރަދީފް
04 March 2018
ޑިމޮކްރަޓިސްޓް ، ފުރަތަމަ ހޭޝްޓެގް ބޭނުންކުރަންޖެހޭ ހާލަތްތައް ދަސްކުރުމަށް ނަސޭހަތްތެރިވަން.
ސަަމީ
04 March 2018
ޢިއްޒަތްދީން ފާލަމޭ؟؟؟ ތިއީ އެއްވެސް އިއްޒަތެއް ނެތް ފާލަމެއް..
ޑިމޮކްރަޓިސްޓް
04 March 2018
ނޭންގެންޏާ ކޮމެންޓް ނުކޮށް ކޮމެންޓް ކިޔަން އިނދެބަލަ ފިތުނަ ނުކޮށް### ޢިއްޒަތްދީން ފާލަމެއްނޫން ކޮއިފުޅާ### އިއްޒުއްދީން ފާލަން###
ދެން އަތް ޖަހާ
04 March 2018
ކަރެޕްޝަން ހިންގަން އެޅި ފާލަމެއް އެއީ... އެހެންވެ އިއްޒަތެއް ނެތީ
ނާގޯށި
04 March 2018
ދެން ނެތެއްނު މިތަނުގައި އުޅެވޭކަށް.!! ކުދިންނޭ މިކަމުން އަވަހަށް ސަލާމަތް ވަމާ ހިނގާ.
އީނާޝް
04 March 2018
ކެފިޓަލް ސިޓީ މާލޭގެ މަލަމަތި ހުތުރުކުރަން އާގުބޯޓުފަހަރު މާލޭގެ ބަނދަރުތަކަށް ގާތްކުރުން ހުއްޓުވަންފެނޭ. އަދި ހުޅުމާލޭ ބިއްދަށަށް ގާތްކޮށް މީހުން ފެރީގައި މާލެއައުން ކަހަލަ އިންތިޒާމެއް އެކުލާލުން ބުއްދިވެރި.
ރަދީފް
04 March 2018
އީނާޝް ދޭބަލަ ކަނދުފަތި ދުއްވަން.
ގަބުޅި ކަތީބު
04 March 2018
ކަލެއަށް އިނގޭތަ އާގުބޯޓަކީ ކޮބައިކަން!؟ އާގުބޯޓުތައް މާލެގެ އެމްޕީއެލް ބަނދަރަށް މުދާ ނުބޭލެންޏާ ކަލޭމެން ޕާޓީކުދިންނަށް ވަޒީފާދޭ އެމްޕީއެލްއިން ކިހިނެއް މުސާރަ ދޭނީދެން؟
ސިންތިލީ ވޫމް
04 March 2018
ރައްޔިތުންގެ ލާރިކޮޅުން ތަން ތަން ހަދާފައި ވިޔަފާރި އުސޫލުން ހިންގައި ބެލެހެއްޓުމަށް ދޭޖެހޭނީ ރައްޔިތުންނަށް ވެސް ފަސޭހަގޮތެއް ހޯދާދިނުމައް ފަހަގަހެން މަޝަހީވަނީ.
ކޮލަމާފުށި
04 March 2018
ކޮބާ މައްސަލަޔަކީ އެތަނަށް ގާތްކުރުމުން..ދިވެހި ރައްޔިތުން ޓެކްސް ދައްކައިގެން ހިންގަމުންދާ ދައުލަތެއްމީ..މުހިއްމު ކަމެއް އޮތީއްޔާ އޯކޭ އެތަނަށް ގާތްކުރުން މަނާ ކުރިޔަސް...
އެކްސް
04 March 2018
ދެން ބޭނުންކުރާނެ އެހެން ތަނެއް ދައްކަބަލަ. ތިތަނަށް ގާތްކުރާ އުޅަނދު ފަހަރުން ފީނުނެގުމަކީ އެމްޓީސީސީގެ މައްސަލައެއް.
ހާސަރު
04 March 2018
މާލޭފަޅު މިއީ ރައްޔިތުންގެ އެއްޗެއްނޫންތަ!؟ ރައްރަށުން އަންނަ މީހުން މާލެފައިބަން އުޅޭހާލު ފެނިފަ ދެރަވޭ. ރަތްދަކަ އަވީގައި ކުޑަކުދިންނާ މުސްކުޅިންވެސް އެތައްގަޑިއިރަކު ފެރީއަށް އަރަން. ދެކުނު ފަރާތް އެއޮތީ މަރުނެރު ހަދާ ބަންދުކޮށްފަ. އުތުރުފަރާތް އެއްކޮށް މުއިއްޒަށް! ރައްޔިތުންނޭ ހައްގަކީ ހޯދަންއުޅެގެން ލިބޭއެއްޗެއް.