އައްޑޫގައި ބަހުގެ ހިދުމަތް ދޭން ބޭނުން ކުރާ ބަސްތަކެއް.
17 ޖުލައި 2016 - 11:21
އައްޑު އާއި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް ހުކުރު ދުވަހުގެ ރޭ އިފުތިތާހުކޮށްފައިވާ އިރު، ބަހުގެ ހިދުމަތް ދޭނެ އަގުތައް ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ލަގެޖް ވެސް އުފުލޭ ބަސް ދަތުރުގެ އަގުުތަކަށް ބަލާ އިރު ގަމުން ހިތަދު އަށް ކުރާ ދަތުރަކަށް ކޮޅަކަށް ނަގާނީ 20ރ. ކަމަށެވެ. ލަގެޖަށް ޗާޖް ކުރާނީ 5ރ. ގެ ރޭޓުންނެވެ.
ގަމުން މަރަދޫ/މަރަދޫފޭދު އަށް ކޮޅަކަށް 15ރ. ނަގަން ނިންމާފައިވާ އިރު ފޭދޫން ހިތަދު އަށް ކޮޅަކަށް ނަގާނީ 15ރ. އެވެ. އަދި ގަމުން ފޭދު އަށް ނަގާނީ ކޮޅަކަށް 10ރ. އެވެ.
މީގެ އިތުރުން ހުޅުމީދު އާއި މީދޫގައި ވެސް ބަހުގެ ހިދުމަތް ދޭނީ ކޮޅަކަށް 10ރ. ނަގައިގެން ކަމަށް އެމްޕީއެލުން ބުންޏެވެ.
ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދޭނީ މަހަކު 350ރ. އަށެވެ. އަދި ސީޒަނަލް ޓިކެޓްގެ އަގަކީ 650ރ. އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލުން ވަނީ ފަންކާ އާއި އޭސީ ވެސް ހިމެނޭ 13 ބަސް ގެނެސްފަ އެވެ. އެއީ 52 މީހުންގެ ޖާގައިގެ އަށް ބަހާއި 32 މީހުންގެ ޖާގައިގެ ފަސް ބަހެވެ.
އައްޑޫގައި ބަހުގެ ހިދުމަތް ދޭން ބޭނުން ކުރާ ބަސްތަކެއް.
ފުވައްމުލަކުގައި ބޭނުން ކުރާނީ ދެ ބަހެވެ.
ބަހުގެ ހިދުމަތް ހުކުރު ދުވަހުގެ ރޭ އިފުތިތާހު ކުރުމަށް ފަހު، އިއްޔެ އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ހިދުމަތް ދެމުން އަންނަނީ ހިލެ އެވެ.
އައްޑު އާއި ފުވައްމުލަކަށް ފެރީގެ ހިދުމަތް ވެސް ދެމުން އަންނަ އެމްޕީއެލުން ވަނީ ހިދުމަތް ތަރައްގީކޮށް ފުޅާ ކުރުމުގެ ގޮތުން އިތުރު މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ.
އައްޑޫ ބަހުގެ ޝެޑިލްއެއް.
އެގޮތުން އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލަކާއި ސްލިޕްވޭއެއްގެ އިތުރުން ފެންވަރު ރަނގަޅު ރެސްޓޯރަންޓެއް ހުޅުމީދޫގައި ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
17 July 2016
ގަމުން ހިތަދޫ އަށް ކުރާ ދަތުރަކަށް ކޮޅަކަށް 20ރ.(ރުފިޔާ) ނަގާއިރު ހުޅުމާލެއިން ހުޅުލެއަށް ދާ ކޮންމެ ރައްޔިތެއްގެ އަތުން 20ރ.(ރުފިޔާ) ނަގަނީ ކޮން މިންގަނޑަކުންތޯ؟ ޚަރަދުވާ ޕެޓްރޯލަށް ބެލިޔަސް ދުއްވަންޖެހޭ ދުރުމިނަށް ބެލިޔަސް، އެންމެ އިންސާފުވެރި އަދަދުތޯ އެމް.ޓީ.ސީ.ސީ އިން ނަގަނީ!! ވީހާވެސް އަވަސް ފުރުސަތެއްގައި ޙުޅުމާލޭގައި އުޅޭ ރައްޔިތުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަސް ދަތުރާ ފެރީ ދަތުރު ހަމަޖައްސައިދިނުން އެދެން!!!
ބްލީ
17 July 2016
ޝެޑިއުލް ތިރީގައި އިން ލިޔުން ކޮޅު ހާދަ ފުރިހަމައޭ..
އަޒޫ
17 July 2016
ތިހެން ބުނީމަ އަދި މިރޭކާލީވެސް. ދެއަހަރުން ދަށުގެ ކުދިން ހިލޭ. ހަހަހަހަ. ހީހީ ހަލާކު
މުލައް
17 July 2016
ފުވައްމުލަކަށް ހިލޭ ދެއްތޯ؟
ކޮލަމާފުށި
17 July 2016
ދަތުރުފަތުރު، ބޯހިޔާވަހިކަން، އާސަންދަ، ފްލެޓް، ޓެކްސް ...ސާބަސް ރައިސް ނަޝީދު..ރައިސް ނަޝީދުގެ ޕްލޭންތައް މިހިރަގެން ފައްކާ ވެގެން އަންނަނީ..ރައްޔިތުން އުފަލުން ފޮޅިފަ.
ހަވާއީ
17 July 2016
ކޮބާ ފުވައްމުލަކުގައި ބަސް ދަތުރުގެ އަގު؟ މި އަގު ނެތުމުން ސުރުޚީއާއި ލިޔުމާއި ދިމާނުވާކަން ފާހަގަ ކުރެވެ.
ބަސްބެ
17 July 2016
ލޮލް... އެމް.ޕީ.އެލް އަށް މާލޭ ކޮމާޝަލް ހާބަރު އޮޕަރޭޓް ކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދުނީ އެންމެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި 6 ފޯކް ލިފްޓް 2 ކެރޭން. އެތަނުގެ ހާލަތު ގޯސްވެ ބޭނުންވާ ވަރަށް ކެރޭނާއި ފޯކް ލިފްޓް ނެތިގެން އޮޕަރޭޝަންތައް ނުހިންގިފަ ތިބޭތާ މިވަނީ އަހަރުތަކެއް ވެފައި. ގައުމުގެ އެންމެ ނަފާވާ އެއް ކުންފުންޏަށް ލިބޭ ފައިސާ އަށް ވާނުވާ ނޭނގޭ... މީގެން އިނގެނީ އެމްޕީއެލް ގެ ފައިސާ ސިޔާސީ ފައިދާ ނެގުމަށް އަނބުރާވަރު... ބަހުގެ ޚިދުމަތް ދިނުމާއި ދެކޮޅެއް ނޫން.. އެކަމުވެސް މާލޭ ކޮމާޝަލް ހާބަރގެ އުޅަނދު ފަހަރު އައުކުރުން ވަރަށް މުހިންމު...
ޝިޔާޒް
17 July 2016
މި ޚަބަރުގައި ފުވައްމުލަކު ބަހުގެ އަގު ތަކުގެ ތަފްސީލު ނެތުމަކީ މި ޚަބަރު ވަރަށް ނިކަމެތިވާން ޖެހުނު ސަބަބެއް. ހަބަރުގެ ދެކޮޅު ނުޖެހޭ މިހާރު.