ގާސިމް: ޗެނަލް 13 އިން ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ވަނީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައި --ފޮޓޯ/މިހާރު
13 މާޗް 2018 - 22:47
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ޕްރޮގްރާމްތައް ގެނެސްދޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ސޮއިކުރައްވައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް އިއްޔެ ފޮނުވި ސިޓީގައިވަނީ ގާސިމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ޚިލާފް ޕްރޮގްރާމްތައް ޗެނަލް 13 އިން ދައްކަމުންދާ ކަމަށާއި އެކަމާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު ނާޅާތީ ހިތާމަ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން "ގާސިމްގެ އަނދިރި ފަރާތް" ގެ ނަމުގައި މިރޭ ވެސް އެފަދަ ޕްރޮގްރާމެއް ދައްކާނެ ކަމަށް ބުނެ އެ ޗެނަލުން އިސްތިހާރު ކުރަމުންދާ ކަމަށާއި އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ އާންމު މިންގަނޑުތަކާ ޚިލާފް ކަމެއް ކަމަށްވާތީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެ ސިޓީ އިއްޔެ ފޮނުވި ފަހުން، އެ ޗެނަލުން އެ ޕްރޮގްރާމް މިރޭ ދެއްކި އެވެ.
ގާސިމް އަބުރާ ބެހެމުންދާ ކަމަށް ބުނެ ޗެނަލް 13 ގެ މައްސަލައެއް ޖުމްހޫރީ ޕާޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅިއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅާ ބެހުނު މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ބޮޑު އަދަދުން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އަދި ދާދިފަހުން ވީޓީވީ އާއި ވީއެފްއެމް ވެސް ވަނީ އެފަދަ މައްސަލައެއްގައި ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަމަ
14 March 2018
ގާސިމަކީ އަބުރަކާ އިއްޒަތެއް އޮތް މީހެއް ކަމަކަށް ނުދެކެން. އަދިވެސް އަހަރެމެންގެ ސާރވިސް ޗާޖުން ވެސް މަކަރު ހަދަނީ. ދެން ކޮން ޖޫރިމަނާއެއް ވާނީ.
ހަބޭސްބޭބެ
14 March 2018
އަމިއްލައަށް ފޭހުނު އިލޮށި މިއޮތީ ފޭހިފަ. ޑިމޮކްރަސީ ނަމުގަ ދިވެހިންގެ ތެރެއަށް ގެނައި މިނުބައި އާދަކާދަ މިއަދު ހައްދުފަހަނައޅާ ގޮސްފައިވާތަން މިފެންނަނީ. ބޮޑެއް ކުޑައެއް. އިއްޒަތްތެރިއެއް ދުވަސްވީ މީހެއް، އިސްވެރިއެއް. ގަދަރުވެރިއެއް ނުބަލާ ހިތުހުރި އެއްޗެއް ކިޔުމައް ފުރުސަތުދީ އެކަން މުޅި މުޖުތަމައަށް ފެތުރުމުގެ ނަޖީޖާ މިއަދު މިފެންނަނީ. ހަމައިން ނެއްޓި ކަންކަން ގޯހުންގޯހުން ދިޔައިރުވެސް ވެރިކަމާއި ބާރު ހޯދަން ބަޔަކު ކުރި ކަންތައްތަކެއްގެ ނުބައި ނަތީޖާ މިއަދު މިފެންނަނީ. އަދިވެސް ވަގުތު އެބައޮތް. އިސްލާމީ ރިވެތި އާދަތަކުން ޒީނަތްތެރިވެ އަނެކާއަށް ވިސްނަމާ. ތިމާ އަށްވުރެން ދޮށީ އިސްމީހުނަށް ކަމޭ ހިތަމާ. އަބުރު ހޯދޭނީ އިހްތިރާމް ކޮއްގެން
ފުސްނަކަތް
14 March 2018
ބްރޯޑުކޮމް އަށް އެއްވެސް މައްސަލައެއް ބެލުމުގެ ހުއްދައެއް ނުދޭނެ އަޅުންގެ އަޅުން
ސޮކްތެރެޕީ
14 March 2018
ޤާސިމް ސިއާސީދާއިރާ ދޫކޮއްލަންވެއްޖެ.
އިއްތިފާގު
14 March 2018
މިޕްރޮގުރާމުގަ ކިޔޭ އަޑުއިވޭ ވިސްނޭ ފިކުރުކުރެވޭ ހިޔާލަށްގެނެވޭ ފެންނަމަންޒަރުތައް ހީވާހީވުން ސިފަކުރެވޭ ކަންކަމަކީ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނިސްބަތްކޮށް ގެނެވޭ ކަންކަމެއްނޫން.. އެހެންހީވާ ކަމުގަވާނަމަ އެއީ އިއްތިފާގެ.... މިތަންކޮޅު ސަމީރު އަޑުނާހަނީކަންނޭގެ ވޓވީން އަންނާނެ މިހެން.... މިހެންބުނުމަށްފަހު ދެން އަބުރެ ސަބުރެ ބަރަބިލެ ކިޔާނެކަމެނެތް ހިތުހުރިއެއްޗެކިޔަންވީ ދައްކަންވީ... ދެންމިހުންނަނީ އިއްތިފާގެއް... އެހެންވީމަ ޗެނެލް13ގަ ތިޕްރޮގުރާމް ނުދައްކަނީސް ތިހެންހީވުމަކީ އިއްތިފާގަކަށްވެދާނެނުން......
ެައަހަންމަދު
14 March 2018
ތިއޮއްފަދަ އަނގަ ފުޅަ މީހާތަ ތިކަމާ ތިއުޅެނީވެސް. މަ ހަމަ އަންތަރީސް ވެއްޖައިން ތި މީހާއަށް ތިހެން ބުނަން ކެރުނީތީވެސް.
ދޮގެއްތަ؟
14 March 2018
ތިމާމެންނާ ބެހޭގޮތުން މުޑުދާރު ވާހަކަ ދައްކަން ނުރުހޭނަމަ އެހެން މީހުންނާ ބެހޭގޮތުން ތިމާމެންވެސް އެފަދަ ވާހަކަ ނުދައްކާނީ.
ގުއިއްޒު
14 March 2018
ބްރޯޑް ކޮމަކީ ސަރުކާރު ޗެނަލްތައް ނަގަހައްޓާ އަމިއްލަ ޗެނަލްތައް ފުނޑާލަން ހަދާފަ ހުރި ތަނެއް. ވީމާ، އަމިއްލަ ޗެނަލްތަކުން ބޭކާރު ވަގުތު ނަގާ ނުލުމަށް ނަސޭހަތްތެރި ވަން.
ރޮންދާ
14 March 2018
އަބުރެއް އޮތް މީހެއް ނަމަ ތާހިރު ވީސް..!
އަޑުފޮށި ސައްމޭ
14 March 2018
ގާސިމްގެ އަނދިރި ފަރާތް ހާމަކުރިޔަ ނުދޭށޯ!!! އޭނަގެ އަނދިރި ފަރާތް ފޮރުވައިދޭންވީޔޯ؟