ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. ކައުންސިލްގެ ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް މިއަދު އޭނާ ވަނީ އިސްލާހު ހުށަހަޅުއްވާފައި. - ފޮޓޯ: މަޖިލިސް
18 ޖުލައި 2016 - 22:38
ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އޮންނަ ނިޒާމަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސަކީ އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު، އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި ނުދެކޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންގެ ވޯޓަކުން ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސުން އިންތިހާބު ކުރުމަކީ އެންމެ ފުރިހަމަ ކައުންސިލެއް ގާއިމު ކުރެވޭނެ ގޮތް ކަމަށް ވެސް އާމިރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. ގާނޫނު އަސާސީއަށް ހުށަހެޅި ދެ އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) އަށް ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނާނެ ކަމަށެވެ.
ގާނޫނު އަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބުކުރާ މެމްބަރުންނެވެ.
ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ. ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ވޯޓު ލިބިގެންނެވެ. އެއީ 54 މެމްބަރުންގެ ވޯޓެވެ.
ލޯކަލް ކައުންސިލްތަކުގެ އުމުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލު ކުރަން ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ފުރަތަމަ ކިޔުން ވެސް މިއަދު ވަނީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭބެއްޔާ
19 July 2016
ތިޔަ އިސްލާހު ވަރަށް ރަނގަޅު ނަމަވެސް މިއަދު ކައުންސިލެއްނެތް ކައުންސިލްތަކުގެ ބާރުކަނޑުވާލުމަށް ފަހުގައި ތިޔަ ކަހަލަ އިސްލާހުތަކުން ކޮންފައިދާ އެއްތޯ އޮތީ؟ މިއަދު ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ ސަރުކާރު ރުހޭގޮތައް ނޫނީ އެކައުން ސިލެއްގެ މެމްބަރުނގެ ބޮލުގައި ކޮންމެވެސް ކަމެއް ބޮލުގައި އަޅޫވާފައި ދައްކާނީ ކުޑަގޮޅި...
ހައިވް
19 July 2016
ރައްޔިތުނަށް ހަރާންކޯރުވެ ﷲ ގަންދީ ކުރި ހުވަޔާޚިލާފުވަ މަޖިލިސްމެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުނަށް ލިބޭނެ ބިލެއް މަޖިލީހަށް ވައްދާލަދެއްވަންވީނޫންތޯ؟
އަލީ
19 July 2016
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަރިހަމަ ދެއްތޯ ތިބޭފުޅުން އަމިއްލައަށް ހޮވާފައި ބޭންދިޔަސް؟
ޖަމީލުބެ
19 July 2016
ކައުންސިލް ތަކުގެ "ދަތް އުފުރާފަ" ދެން ކޮން ކައުންސިލެއްގެ ވާހަކައެއް ދައްކާކަށް!!
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
18 July 2016
އުއްތަމަ ފަނޑިޔާރާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި ނައިބް ރައީސް އަދި ރައީސުލް ޖުމްހޫރީއްޔާގެ ނައިބް ވެސް ރައްޔިތުން ވޯތް ލައިގެން ނޫން ގޮތަކަށް ހޮވުމަކީ ޑިމޮކްރަސީގެ އުސޫލު ތަކާއި ދެކޮޅު ކަމެއް. . . ވެރިކަން ހިތަކަށް ލިބިފައިއޮތީމަ ބޯވައެއް ތެޅިހެން ރައްޔިތުން ތަޅާ ސުއްނާފަތިކުރަން ހިފާފައި ތިބި ބައެއް. ކޮން ކަހަލަ ޑިމޮކްރަސީއެއްގެ ދަށުންތޯ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަޅުފައިސާޣަ ހިއްޕަވަނީ... ؟؟ ކޮންފަދަ ގާނޫނެއްގެ އަދި ޑިމޮކްރަސީއެއްގެ ދަށުންތޯ ދައުލަތުގެ ހަޒާނާގެ ތެރެއަށ ްވެރިން އަތްބާނާ ކައި ހުސްކުރަމުން ދަނީ ... ؟؟ ފަނޑިޔާރުގޭގެ މައްޗަށް ވެރިމީހާ ވެރިވެގެން ފަނޑިޔާރުން ހިތު ހުރި ހުކުމް ކުރަނީ ވެސް ޑިމޮކްރަސީ އެގިތިބެގެންތޯ ؟ / މިނިވަންކަން ، އައްޑޫ ސިޓީ
Ali
18 July 2016
ކީކުރާ ކައުންސިލަރުންނެއްހޭ އާމިރޫ. ތިބުނާ ބައެއްގެ ބޭނުމެއް ބުނެބަލަ.
ޒަންޖަބީލު
18 July 2016
ކަައުންސިލް ތަކުގެ ދައުރު 3 އަހަރު އަސްލުވެސް މަދު.. 5 ނޫނީ 8 އަހަރު ވަރު ރަނގަޅުވާނެ.. އެއީ އެ ކައުންސިލަކަށް ހޮވޭ މެމްބަރުން އިމްޕްލިމެންޓް ކުރާ ޕްލޭންތައް ސަރުކާރުގެ ތެރެއިން ހުއްދަ ލިބި ފަންޑު ލިބެން އެކަނި ވެސް 2 އަހަރު ވަރު އެބަދޭ.. ދެން އެ ޕްރޮގްރާމެއް ފެށެންވާއިރަށް ކައުންސިލްގެ ދައުރު ހަމަވީމަ ކަޑަ.. ރަނގަޅީ ނަތީޖާ ފެންނަންދެން ތިބެވޭނެ ވަރަކަށް ދައުރު ދިގު ކުރުން.. ކައުންސިލްގެ ރައީސް ހޮވަން ވަކި ވޯޓަކަށް ނުގޮސް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ކައުންސިލް ރައީސްކަން ލިބޭގޮތަށް ގާނޫން އިސްލާހު ކުރީމަ ހަރަދު ކުޑަ ގޮތަކަށް ރައްޔިތުންގެ ތެރޭގައި އެންމެ މަގުބޫލު މީހަކު ރައީސް ކަމަށް ގެނެވުނީ.. ދެން އެކައުންސިލް ހިމެނޭ ދާއިރާގެ ރައްޔިތުންގެ ތެރެއިން ވަކި ޕަސެންޓަކަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށް ކައުންސިލްގެ އިތުބާރު ނެތްކަމަށް ޕެޓިޝަނެއް ހުށައަޅައިފިނަމަ، އިންސާފުވެރި ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން އިތުބާރު އޮތްތޯ ވެސް ބެލިދާނެ.. އޭރުން ކައުންސިލްގެ ދައުރު ދިގުވިޔަސް އަދި ދައުރު ހަމަ ނުވިޔަސް ރައްޔިތުންނަށް ކައުސިލް ޖަވާބުދާރީ ކުރުވަންވެސް ފުރުސަތު ލިބުނީ...!!!
ރައީސް
18 July 2016
މަޖްލިސްގެ ރައީސް ހޮވަން ވާނީ ރައްޔަތުން.
މޮޅުވާހަކަ
18 July 2016
މިއީ ދިވެހި ޤައުމުގަ އެންމެ ބޮޑު މައްސަލަ، ކޮންމެ މީހަކަށްވެސް ވަރަށް މޮޅަށް ހުރިހާ ކަމެއް އެނގޭނެ، އެކަމަކު އެއްވެސް ދިރާސާއެއް ނުކުރާނެ، ބަޔަކާ މަސްވަރާއެއް ނުކުރާނެ، މިހާރު ނިކުންނަ މައްސަލަ ތަކަކަށް ނުބަލާނެ އަދި ނުވެސް އެނގޭނެ. ތިއަ ބަދަލުގެ ސަބަބުންވެސް އަނެއް އިންތިހާބު، ނުވަތަ އަނެއް ހަރަދު ރައްޔިތުންގެ އަތުން ދާނީ. މާބޮޑު ޑިމޮކްރެސީއެއް ކޮންމެ ކަމެއްގަ އޮވެގެން، ޕާޓީގެ އެކްޓިވިސްޓުން ރައްރަށު ވެރިކަމަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެޕޮއިންޓެޑް މަގާމަކަށް އެ މަގާމު ހަދަންވީ އަދި ރައްޔިތުން ބޭނުން ނޫންނަމަ ބަދަލުކުރެވޭނެ ގޮތަކަށް. އޭރުން އިލްމީ މީހުން އަންނާނެ. އަދި 10 ވަރަކަށް އަހަރުގެ ޓާމެއް ދޭންވީ. އެނޫން ގޮތަކަށް ތައުލީމީ މީހުން ރަށްެރަށަކަށް ނުދާނެ.