ގާސިމް: އޭނާ ޖަލަށްލާން ހުކުމްކުރީ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅިކަން ސާބިތުވެގެން --ފޮޓޯ/މިހާރު
22 މާޗް 2018 - 22:13
ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ތާވަލް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅިކަން ސާބިތުވެ، ގާސިމް ޖަލަށްލާން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން ގާސިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް އެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ހައި ކޯޓުގެ ޝެޑިއުލްގައި އޮތްއިރު، ގާސިމް މިހާރު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. އާންމު އުސޫލުން ހައި ކޯޓުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުވަތަ ކުށް ސާބިތުވެފައިވާ މީހާގެ ހާޒިރުގަ އެވެ.
ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ސަރުކާރުން ވަނީ އޭނާ ސިންގަޕޫރަށް ބޭސް ފަރުވާއަށް ފޮނުވައިފަ އެވެ. ސިންގަޕޫރުގައި ހުންނެވުމަށް ފަހު ގާސިމް ޖަރުމަނަށް ވަޑައިިގަތީ އެ ގައުމުގެ ޚާއްސަ ހުއްދައެއް ލިބިވަޑައިގެންނެވެ.
ގާސިމް ޖަލަށްލާން ހުކުމްކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ އިތުރު ދައުރަކަށް ހޮވައިދޭނެ ކަމަށް އޭނާ ޖަލްސާއެއްގައި ވިދާޅުވި މައްސަލާގަ އެވެ.
ގާސިމްގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ތާވަލް ކުރިއިރު ރިޝްވަތުގެ ތުހުމަތެއްގައި އޭނާގެ ދަރިކަލުން ސިޔާދް ގާސިމްގެ މައްޗަށް ދައުވާ އުފުލައި، އޭނާ ވެސް ހުރީ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްމީހާ
23 March 2018
ތި މައްސަލަ ކެންސަލްވާނެ ފައިސާދައްކަން ޖެހޭ މައްސަލަ ކުރިއަށްދާނި ބަލަން ތިބޭ ރައްޔިތުން މި ކަންވާނެ ގޮތަކީ ޔަގީން.
ނުނން
22 March 2018
އަދި މަޑުކޮއްލާ! މަބުނާނަން ސަރީއަތް ކުރަންވީމާ...........
ހޯރަ
22 March 2018
ގާސިމް މިނިވަން ވާނެ. އިންސާ ﷲ