ދުނިޔެ / އެމެރިކާގެ އިންތިޚާބު 2016

ޓްރަމްޕާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތައް ކޮންވެންޝަނާ ދުރުގައި

ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ޕާޓީގެ ކޮންވެންޝަނުގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކްލެވަލޭންޑް (ޖުލައި 19) - ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރުމަށް ޑޮނަލްޑް ޓްރަމްޕް އެންޑޯސް ކުރުމަށް ބާއްވާ ކޮންވެންޝަން ޕާޓީގެ މުހިންމު ބައެއް ބޭފުޅުން ބޮއިކޮޓް ކޮށްފި އެވެ.

ކޮންވެންޝަނުގައި ޓްރަމްޕުގެ ކެންޑިޑެސީ އަށް ހުރަސް އެޅުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ އިރު ރިޕަބްލިކަން ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ބުޝް އާއި ޖޯޖް ޑަބްލިއު. ބުޝް ކޮންވެންޝަނުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. ރިޕަބްލިކަން ޕާޓީގެ 2012 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް މިޓް ރޮމްނީ ވެސް ކޮންވެންޝަނަށް ވަޑައެއް ނުގަންނަވަ އެވެ. ރޮމްނީ ވަނީ ޕްރައިމަރީގެ ތެރޭގައި ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ޖޯން މެކްކޭން ވެސް ހުންނެވީ ކޮންވެންޝަނާ ދުރުގަ އެވެ. ޕާޓީގެ ކުރީގެ ކެންޑިޑޭޓުންގެ ތެރޭން ކޮންވެންޝަނުގައި ބައިވެރިވެވަޑައިގަންނަވަނީ ބޮބް ޑޯލް، 92، އެވެ.

ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ދެއްވި ތަގްރީރަށް ފަހު އޯޑިއެންސަށް އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކްލެވެލޭންޑުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ސެނޭޓަރުންގެ ތެރޭގައި ބައްދަލުވުން ބާއްވާ ސްޓޭޓް ކަމަށްވާ އޯހާޔޯގެ ރޮބް ޕޯޓްމަން އާއި ޕެންސިލްވޭނިއާގެ ސެނޭޓަރު ޕެޓް ޓޫމީ ހިމެނިވަޑައިގަންނަވަ އެވެ. އަދި ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރެއްވި އޯހާޔޯ ސްޓޭޓުގެ ގަވަރުނަރު ޖޯން ކަސިޗް ވެސް ވީޑިއޯއަކުން ފެނިލި ނަމަވެސް ބައްދަލުވުމަށް ވަޑައެއް ނުގަންނަވަ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ބާއްވާ ބައްދަލުވުމުގައި ޓްރަމްޕް ރޭ ވަނީ އޭނާގެ އަނބިކަނބަލުން މެލަނިއާ ތައާރަފްކޮށްދެއްވައިފަ އެވެ.

ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ތައާރަފް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކޮންވެންޝަނުގައި ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު ރިޕަބްލިކަން ޕާޓީން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. ބައްދަލުވުމަށް އަނބިކަނބަލުން ތައާރަފްކޮށްދެއްވީ ވެސް އެމެރިކާގެ ކުރިމަގުގެ ފަސްޓް ލޭޑީގެ ގޮތުގަ އެވެ. މީގެ ކުރީގެ ކެންޑިޑޭޓުން ކޮންވެންޝަނުގައި ތަގްރީރު ކުރައްވާފައި ވަނީ ނޮމިނޭޝަނަށް ފަހު އެވެ.

ސްލޮވީނިއާ އަށް އުފަން 46 އަހަރުގެ ކުރީގެ މޮޑެލް މެލަނިއާ ދެއްވި 14 މިނިޓުގެ ތަގްރީރުގައި ވަނީ ޓްރަމްޕަކީ ރަނގަޅު ބައްޕައެއް ކަމަށާއި ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާ އަދި ކުޅަދާނަ ރައީސަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ކުރީގެ ރިޔާސީ ކެންޑިޑޭޓް ބޮބް ޑޯލް، 92، (މ) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކޮންވެންޝަނުގައި މިއަދު ތަގްރީރު ކުރައްވާ ފަރާތްތަކުގެ ތެރޭގައި ހައުސްގެ ސްޕީކަރު ޕޯލް ރަޔަން އާއި ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ހިމެނެ އެވެ. ޓްރަމްޕްގެ ރަނިން މޭޓް މައިކް ޕެންސް މާދަމާ ތަގްރީރު ކުރައްވާނެ އެވެ. އަދި ބުރާސްފަތި ދުވަހު ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ތައާރަފް ކުރައްވާނެ އެވެ. އަދި ކޮންވެންޝަން ނިންމާލުމުގެ ގޮތުން ޓްރަމްޕް ވެސް ތަގްރީރު ކުރައްވާނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން ޓިފަނީ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކޮންވެންޝަނުގައި ކޮންމެ ޕާޓީއަކުން ރައީސް އާއި ނައިބް ރައީސް ނޮމިނޭޓްކޮށް އެންޑޯޒް ކުރާނެ އެވެ. އަދި ޕާޓީގެ މެނިފެސްޓޯ އިއުލާން ކުރާނެ އެވެ. ކޮންވެންޝަނުގައި 2،472 ޑެލިގޭޓުން ބައިވެރިވެ އެވެ. އަދި މި އިވެންޓް 15،000 ނޫސްވެރިން ކަވަރު ކުރެ އެވެ.

ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ވާދަކުރުން ހުއްޓުވުމަށް އޭނާއާ ދެކޮޅު ފަރާތްތަކުން ޕާޓީގެ ކޮންވެންޝަނުގައި ނަގަން އުޅުނު ވޯޓު ވަނީ ނާކާމިޔާބުކޮށްލައިފި އެވެ. ރިޕަބްލިކަން ކޮންވެންޝަން ކުރިއަށްދާ ހަތަރު ދުވަހު ޓްރަމްޕާ ދެކޮޅަށް އިހުތިޖާޖް ކުރުމަށް 50،000 މީހުން ކްލެވެލެންޑަށް ދާނެ ކަމަށް ބެލެވެ އެވެ.

ރިޕަބްލިކަން ޕާޓީ ކޮންވެންޝަނާ ދިމާކޮށް ޓްރަމްޕަށް ނުރުހުން ފާޅުކުރި ބައެއްގެ ބެނާއެއް ސަލާމަތީ ފަރާތްތަކުން އަތުލަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ދަނީ އަބްރަމް ލިންކަން އާއި ތިއޮޑޯ ރޫޒްވެލްޓް ފަދަ ވަރުގަދަ ޝަޚުސިއްޔަތުން ހިމެނޭ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މެކްސިކޯ އިން ރޭޕިސްޓެއްގެ ގޮތުގައި ސިފަކޮށްފައިވާ އަދި އެމެރިކާ އަށް މުސްލިމުން ވަނުމުން މަނާކުރުމަށް ގޮވާލާފައިވާ މީހަކު ނެރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އެކަމަކު ޕްރައިމަރީގައި ޓްރަމްޕް ވަނީ 13 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި މީގެ ކުރިން އެހެން ކެންޑިޑޭޓަކަށް މި އަދަދަށް ވޯޓު ލިބިފައެއް ނުވެ އެވެ.

2 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 25%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

19 July 2016

އަތުން އިޝާރާތްކުރައްވާ ފަދައިން އަނބިކަނބަލުން ވަރަށް ރީތި! އެކަމަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލާކަށްވެސް ތިބޭފުޅާ ކަމަކުނުދޭ! ބޮޑުމައްސަލައަކީ މުސްލިމުންނާ ޖައްސާލި ޖައްސާލުން! އެމީހުނަށް ހަދަންއުޅޭ ނުލަފާ ގޮތް! އިރާދަކުރެއްވިއްޔާ ތިބޭފުޅާ ބޮޑުބައްޔަކުން ބަލިވާނެ! އިންޝާﷲ! -އިބްރާހީމް-

The name is already taken The name is available. Register?

މެންޓަލިސްޓް

19 July 2016

އެމެރިކާއަކީ ވަރަށް ފާޑަކަށް ހިންގާގައުމެށް ، އޮންނާނެ ސީއެފްއާރ ކިޔާބައެއް ، އެއީ ކައުންސިލް އޮން ފޮރިން ރިލޭޝަންސް ކިޔާބައެއް ، އެމީހުން ނިންމާނީ ފޮރިންރިލޭޝަންސްގެ ކަންކަން ، އެމީހުން ބުނާގަޮތަކަށް ހިނގާނެ ، ދެންއޮންނާނެ ކޮމިޓީ300 މިވެސް އެމެރިކާ ހިންގުމާ ބެހޭބައެއް ، ދެންއޮންނާނެ ބިލްޑަރބާގް ގުރޫޮޕްކިޔާބައެއް އެމީހުންނިންމާނެ ދުނިޔޭގެ ވިޔަފާރީގެ ކަންކަން ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454