ރިޔާޒް: އޭނާގެ މައްޗަށް ދައުވާކުރާ ހަތަރު މައްސަލައެއް ކޯޓުގައި މިހާރު އެބައޮތް --ފޮޓޯ/މިހާރު
26 މާޗް 2018 - 13:28
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް އެ ދައުވާ ކުރަނީ ފުލުހުން ބަލަމުން އައި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން އޭނާ ވަކިވަކި ފުލުހުންނާ ސުވާލުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ މިދިޔަ އަހަރު އެވެ. ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބަހައްޓާފައި ހުރީ ވެސް އެ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައި ދިޔަ ކަންކަމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނުފަށަ އެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 12 މެމްބަރުންގެ ތެރޭގައި ވެސް ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށާފައިވާއިރު ތަހުގީގެއްގައި ފުލުހުން ރިޔާޒްގެ ފޯނު ހިފަަހައްޓައި، ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާއެއްގެ މައްސަލަ ހައި ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 March 2018
ރިޔާޒް އަށް.ތިބޭފުޅާ ވޮރެންޓް އޮފިސަރ ގްރޭޑް2 ގެ މަގާމްގަ ހުރެ ބެލި މައްސަލައެއްގަ ހެއްކެއްގެ ގޮތުގަ ގެންގޮސް 21 ދުވަސް ވަންދެން އޯޑިއޯން ޖަލުގަ އެއްވެސް ސުވާލެއް ނުކޮށް މަ ބޭއްވި ހަނދާން އާވާނެކަމަށް އުންމީދު ކުރަން.
އަލިގާލަ
26 March 2018
ބަލަކިހެނެއްމިހަދަނީ ބަންދުގަ ނުވަތަޖަލުގައިހުންމީހާޝަރީޢަތައް ހާޒިރުކުރަނީ ދުރާލާ ޝަރީޢަތްކުރާތަނާ ވަގުތާ ޤާޒީއާ ކަނޑައަޅާފައެއްނޫންތަ ދެންކީއްވެބާ ކެންސަލްވަނީ ހަމަޕްރެޝަރބޮޑީދޯ
ނަގޫރޯޅި
26 March 2018
ބަންދުގައި ބަހައްޓާފައި ހުރި ސަބަބު ވަރަށް ސާފެވެ.ބަންދުގައި ބަހައްޓާފައި ހުރީ އަނިޔާ ކުރަން ވެގެން ނެވެ.އިދި ކޮޅު މެމްބަރެއް ކަމަށް ވާތީއެވެ. އިނދި ކޮޅު ޕާޓީއެއްގެ ޑިޕިއުޓީ ލިޑަރު ކަމަށް ވޭޓި އެވެ.
ރާޢްޖެތެރޭ މީހާ
26 March 2018
ދެން އޮންނާނީ އަބަދު ކެންސަލްވެފަ ނޫނީ ހެކި ނައްތާލަން އުޅެފަ
ސޭކުބެ
26 March 2018
ބޭނުމަކީ ގިނަދުވަހު ބަންދުގަ ބެހެއްޓުން އެހެންވީމާ އަޑުއެހުން އެންމެ ފަހުވަގުތު ހަމަ ކެންސަލްވާނީ