މަތީ ތައުލީމަށް ކިޔަވަން އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯން ސްކީމުގެ ދަށުން ކުރިން ލޯނު ލިބުނު ދަރިވަރުންނާ ލިއުން ހަވާލުކުރުމުގެ ހަފުލާއެއް
27 މާޗް 2018 - 12:29
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ އެމްބީބީއެސް ކޯހަށް 50 ދަރިވަރަކަށް ލޯނު ލިބޭ ގޮތަށް ހުޅުވާލި ފުރުސަތު އަންނަ ބުރާސްފަތިދުވަހު ހަމަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.
ޑޮކްޓަރުކަމުގެ މި ކޯސް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަށުން ޖުލައި މަހު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ކޯހުގެ ފުރަތަމަ ބެޗަށް މަދުވެގެން 50 ދަރިވަރުން ބޭނުންވާނެ ކަމަށް އެމްއެންޔޫ އިން ކުރިން ބުނެފައިވެ އެވެ.
އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. އެ ކޮލެޖްގެ މަސައްކަތް ފެށޭނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، އެ ތަނުގެ ބައެއްގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ބުރި ހާއްސަކުރާނީ މެޑިކަލް ކޮލެޖަށެވެ.
ޑީއެޗްއީ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ މަތީ ތައުލީމުގެ ލޯނު ސްކީމުން 50 ފުރުސަތު ހުޅުވާލީ އެމްބީބީއެސް ކޯހަށް އަމާޒުކޮށްގެން ކަމަށެވެ.
ނަޒީރު ވިދާޅުވި ގޮތުގައި މި މަހުގެ ދެ ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ ދަށުން ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވަން މިހާރު ވެސް ދަރިވަރުން އަންނަނީ ކުރިމަތިލަމުންނެވެ.
މީގެ ކުރިން ސްޓޫޑެންޓް ލޯނުގެ ތެރެއިން ރާއްޖޭން ބޭރުގައި އެމްބީބީއެސްއަށް ކިޔަވަން ޖާގަ ދިނެވެ. ނަމަވެސް ރާއްޖޭގައި އެ ކޯސް ފަށަން ހަމަޖެއްސުމުން، މި މަހު ހުޅުވާލި ލޯނު ފުރުސަތުގައި ރާއްޖޭން ބޭރުގައި ޑޮކްޓަރުކަން ކިޔަވަން ޖާގަ ދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
27 March 2018
ތިކަން ފެއިލްވާނެ. ލޮލް
ޝީލާ މޫސާ
27 March 2018
ޔުނިވަސިޓީގައި ކިޔަވާކުދިންނަށްވެސް ޑީއެޗްއީންތޯ ލޯނުދެނީ؟ މިހާރު ޔުނިވަސިޓީގައިވެސް ކިޔެވެނީ ލޯނަކަށް އެދިގެން ލޯނު ލިބިގެންތޯ؟
ނީނޫ
27 March 2018
ދުނިޔޭގެ ރަނގަޅު ޑަކުޓަރުން އުފައްދާ ޤައުމުތަކުގައި އެމްބީބީއެސް ކޯހަށް ވަދެވޭނީ އޭލެވެލް މަދުވެގެން 3ބީ ލިބިގެން. ރާއްޖޭގަ އެވަރަށް ކުދިން އެބަތިބިތަ ސަރުތު ހަމަވާ
ދޫނި
27 March 2018
ފޭކު ޑަކުޓަރުން ސިޔާސީ ނަމަކަށް އުފައްދަން ތިއުޅެނީ.
ދޫނިދޫ
27 March 2018
މިހާރުވެސް ރާއްޖޭގައި ހިންގާ ގިނަ ކޯސްތަކުގެ ފެންވަރު ވަރަށްދަށެވެ. ބައެއް ކޮލެޖްތަކުން ކޯހަށް ޝަރުޠު ހަމަނުވާ ބައިވެރިނެގުމަށްފަހު ނަމަކަށް ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ހިންގައެވެ. އެންމެ ހެއްވާކަމަކީ ޝަރުޠު ފުރިހަމަނުވާތީ ހަދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޑިޕްލޮމާ ކޯހުންޖާގަދީ ކޯސް ކުރިއަށް ގެންދަމުންނެވެ. އެމްކިއުއޭ އިން މިކަންކަން ބެލުމަށް ގޮވާލަމެވެ. ފައިސާއަށްޓަކައި ތައުލީމްވަނީ ގުރުބާންކުރެވިފައެވެ.