ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
19 ޖުލައި 2016 - 13:04
ކްލެވެލޭންޑް (ޖުލައި 19) - ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަނުގައި ޑޮނާލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ދެއްވީ ރައީސް އޮބާމާގެ އަނބިކަނބަލުން 2008 ވަނަ އަހަރު ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ދެއްވި ތަގުރީރުގެ ކޮޕީއެއް ކަމަށް ތުހުމަތުކޮށްފި އެވެ.
ކޮމެންޓޭޓަރުން ވަނީ މިޝޭލްގެ ތަގްރީރާއި މެލަނިއާގެ ތަގްރީރުގައި އެއް ވާހަކަތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. މެލަނިއާގެ ތަގްރީރުގައި ފިރިކަލުންނަށް ތައުރީފް ކުރެއްވި އިރު "އެއީ ގައުމުގެ ހައްގު މަސައްކަތް ކުރާނެ ލީޑަރެއް" ކަމަށް ވިދާޅުވި އެވެ. މިޝޭލްގެ ތަގުރީރުގައި ވެސް ވަނީ ހަމަ ޖުމްލަތައް ބޭނުންކޮށްފަ އެވެ.
މިއީ ޓްރަމްޕުގެ ކެމްޕޭނުގައި މެލަނިއާ ދެއްވި ފުރަތަމަ ތަގްރީރެވެ. އަދި އޭނާގެ މި ތަގްރީރަށް ވަނީ ތަގްރީރު ލިޔާ މީހުންގެ އެހީތެރިކަން ހޯއްދަވައިފަ އެވެ.
ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޕާޓީގެ ކޮންވެންޝަނުގައި ދެއްވި ތަގްރީރަށް ފަހު އޯޑިއެންސަށް އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
މެލަނިއާގެ ތަގްރީރު ކުރިއަށް ގެންދަވަމުން ވަނީ "ހަޔާތުގެ އަގު އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ ކަމަށާއި އޭނާގެ ދަރިންނަށް ފޯރުކޮށްދޭނެ ފިލާވަޅަކީ އެއީ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފިލާވަޅު ކުރިއަށް އޮތް ޖީލުތަކަށް ޕާސްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ގައުމުގެ ދަރިންގެ ކާމިޔާބީއަކީ ދިރިއުޅުމުގައި އެ ކުދިން ދެކެމުންދާ ހުވަފެންތަކުގެ ވަރުގަދަކަން، ކަން އެ ކުދިންނަށް ވިސްނައިދޭން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ." މިޝޭލް ވެސް ވަނީ ހަމަ މި އިބާރާތްތައް ބޭނުން ކުރައްވައިފަ އެވެ.
ޓްރަމްޕުގެ ކޮމިއުނިކޭޝަން އެޑްވައިޒަރު ޖޭސަން މިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެލަނިއާގެ ތަގްރީރު ތައްޔާރު ކުރި ޓީމުން އެ ތަގްރީރު ތައްޔާރުކޮށްފައި ވަނީ މެލަނިއާގެ ހަޔާތުގެ އުއްމީދުތަކާއި އެކަމަނާގެ ވިސްނުމުގެ މައްޗަށް ބަލައިގެން ކަމަށެވެ.
ސްލޮވީނިއާ އަށް އުފަން 46 އަހަރުގެ ކުރީގެ މޮޑެލް ވަނީ ޓްރަމްޕަކީ ރަނގަޅު ބައްޕައެއް ކަމަށާއި ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާ އަދި ކުޅަދާނަވެރިއަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޔަގޮބަޅޭ
20 July 2016
އޯއެމްޖީ ލޯލްސް ދެތިކި ޕީ...
އެމް.އެމް.ޖީ އިބޫ
19 July 2016
މިޤައުމުގައިވެސް ވިޔަފާރިވެރިންގެ ފަރާތުން ސިޔާސީ ކަންކްމާއި އުޅުމުން ތިޔަޒާތުގެ ކަންކަން ފެނިފައި އެބަހުރިނޫންތޯ؟
ކޮބާ
19 July 2016
ޓްރަމްޕް ކޮބާ ހީވޭ ކަމެއް ހެން. ޓްރަމްޕް އަކީ އެއީ އެމެރިކާގައި އުޅޭ އަންޑަރވޯލްޑް ކިއްލި ތަޅާ ގްރޫޕްގެ މީހެކޭ ޔޫއެސް މީހުން އެބުނަނީ މިހެން ވެގެންނެވެ. ކްލެވެލޭންޑް އަކީ އެއީ ކްރިއޭޓިވިޓީން ފުރިގެންވާ ޓައުން އަކަށް ވާއިރު ޓްރަމްޕް އަށް ކަނޑުކޮސް ކަމުން ނޭގުނެއް ނޫން ރީތި ސްޕީޗެެއް ވެސް ލިޔެލާކަށް. ބަލަން ހުރޭ ހިލަރީ ކްލިންޓަން ދެއްވާ ތަގްރީރު އަކީ އެއީ އިނޮވޭޓިވް ސެންސޭޓިވް އެން އެގްރެސިވް ސްޕީޗަކަށް ވާނެއެވެ. ހިލަރީ ކްލިންޓަން އަށް އާދެވޭނީ އޯވަލް އޮފީހަށް. ޓްރަމް މަޑުކޮށްލާ މަޑުކޮށްލާށޭ ޔޭއް ޔޭއް މަޑުކޮށްލާށޭ ޔޭއް ޔޭއް.. ހިލަރީ ކްލިންޓަން އައުމުން ދެން ޕީޕީއެމް ކުދިން އަބަދުވެސް ތިބޭނީ ގޮސް އޯވަލް އޮފީސް ތެރޭގައި ހިލަރީއްތަ އާއި އެކު ކޮފީ ބޯން. އެއިރުން އެމްޑީޕީ ކުދިން ދުވާނެ ޕީޕީއެމް ކުދިން ފަހަތުން ޔޫއެސްގެ އޯވަލް އޮފީހަށް ދާން އާދޭސް ކުރަމުން ދޯ.
ޒަންޖަބީލު
19 July 2016
ހިލަރީ އަކީ އެމެރިކާގެ ޑެމޮކްރެޓިކް ޕާރޓީގެ ކެންޑިޑޭޓް.. ދިވެހި ރާއްޖޭގެ ޑެމޮކްރޭޓުންނަކީ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާރޓީ.. އެމްޑީޕީ.. ޓްރަމްޕް ވާދަ ކުރަރނީ އެމެރިކާގެ ޕީޕީއެމް އިން.. އެއީ ރިޕަބްލިކަން ޕާރޓީ.. އެޕާޓީއިން ސީނިއަރ ބުޝް ވެރިކަން ކޮށްފަ ފަހުން ޖޯޖް ބުޝް ވެރިކަން ކޮށްފަ މިފަހަރު ކޮއްކޮ ޖެބް ބުޝް ވެރިކަން ކުރަން އުޅެގެން ޕްރަމަރީއިން ބަލިވީ.. އެހެންވީމަ އެމެރިކާގެ އެމްޑީޕީއާއި ޕީޕީއެމް ވަރަށް ސާދު ދެއްތޯ؟
ޓްރަންޕް
19 July 2016
ތިޔަ ކޮމެންޓް ޓްރަންޕަށް ލިބިއްޖެ. ޝުކުރިއްޔާ