ޚަބަރު / މެމްބަރު އަބްދުﷲ ސިނާން

ސިނާންގެ ބަންދާ މެދު ގޮތެއް ނިންމަން ހަމަޖެއްސި މަޖިލިސް ކެންސަލްކޮށްފި

ސިނާން: އޭނާ ބަންދަށް ކޯޓުން ފަހުން އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާގައި --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާ މެދު މިއަދު ކޯޓުން ގޮތެެއް ނިންމަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސިނާންގެ ބަންދަށް ކޯޓުން ކުރިން އިތުރު ކޮށްދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާގަ އެވެ. އެކަމަކު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު 11:00 ގައި މަޖިލީހެއް ބާއްވާނެ ކަމަށް ސިނާންގެ ވަކީލުންނަށް އެންގި އެވެ.

އެ މަޖިލިސް ކެންސަލްކުރި ކަން ސިނާންގެ ވަކީލުންނަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި އެ މަޖިލިސް ދެން އޮންނާނެ ދުވަހެއް އަދި ނާންގަ އެވެ.

މީގެކުރިން މިދިޔަ ހަފުތާގައި ވެސް ވެސް ސިނާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކެންސަލްކުރި އެވެ.

ސިނާންގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454