އިޒްރޭލު ސިފައިން ހަލާކުކޮށްލި ފަަލަސްތީނުގެ ޒުވާނާގެ ގޭ ގެ ކައިރީ އަންހެނަކު ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ
19 ޖުލައި 2016 - 14:49
ގުދުސް (ޖުލައި 19) - ގުދުސްގައި ފެބްރުއަރީ މަހު ދިން ހަމަލާއެއްގައި އިޒްރޭލުގެ އަންހެން ފުލުހަކު މަރުވި ހާދިސާގައި ތުހުމަތު ކުރެވުނު ފަލަސްތީނުގެ ޒުވާނެއްގެ ގެ އިޒްރޭލުން ރޭ ތަޅާ ސުންނާފަތި ކޮށްލައިފި އެވެ
ހުޅަނގު އައްސޭރީގައި ހުންނަ ބިލާލް އަބޫ ޒައިދުގެ ގެ އިޒްރޭލުގެ ބުލްޑޯޒަރުތަކުން ހަލާކު ކުރަން ފެށުމުން ފަލަސްތީނު މީހުން ވެސް ވަނީ އިޒްރޭލު ސިފައިންނަށް އަމާޒުކޮށް އަލިފާން ބޯޅަ އުކައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.
އިޒްރޭލު މީހުންނަށް ހަމަލާ ދޭ ފަލަސްތީނު މީހުންގެ ގޭ ހަލާކު ކުރުމަކީ އިޒްރޭލުން އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ އެކަކު ކުރާ ކުށަކަށް މުޅި އާއިލާ އަށް އަދަބު ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
ފަަލަސްތީނުގެ ޒުވާނާގެ ގޭ އިޒްރޭލް ސިފައިން ހަލާކުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ
އަބޫ ޒައިދު މިހާރު ހުރީ އިޒްރޭލް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އިޒްރޭލް ފުލުސް މީހާ މަރާލުމަށް އަބޫ ޒައިދު އެހީތެރިވި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުސް މީހާ އަށް ހަމަލާ ދިން ފަލަސްތީނުގެ ތިން މީހުން ވަނީ އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފަ އެވެ. އަދި އެ ހަމަލާ އަށް ފަހު ދެ މަސް ފަހުން ވަނީ މި ތިން މީހުންގެ ގެ ތަޅާލައިފަ އެވެ.
އިޒްރޭލު މީހުންނަށް ހަމަލާދީ ފަލަސްތީނު މީހުންގެ ގެދޮރު ހަލާކު ކުރުން އަވަސް ކުރުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫ
19 July 2016
އިޒްރޭލު އޮތީ ގަދަފަޅީގައެވެ. މިރާއްޖޭގެ ފުލުހުން ފަދައިންނެވެ. އެމީހުން އަނިޔާ ކުރިޔަސް އަނިޔާވެރި ވިޔަސް ޤާނޫނުތައް މުގުރިޔަސް އިންސާނީ ކަރާމަތް ފައިދަށުލައި ޗިސްކުރިޔަސް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ.
އިންސާނީއެހީ
19 July 2016
އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޖަމާއަތްތައް ތިތަޅަނީ ހުސް އަނގަ. ގައިމު އިޒުރޭލާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ. ހަމަ އެހާވެސް ބިރުބޮޑީ ދޯ..
މަސްއޮޑި
19 July 2016
ރާއްޖޭގަ ދެން މިއަށްވުރެ ރަނގަޅު، ހަމަ އެކަނި ޓީވީ އާ ފަރުނީޗަރު އެކަނި ހަލާކުކިރަނީ
ޗޮބާނީ
19 July 2016
ކޮބާ އދ. ކޮބާ އީޔޫ. ކޮބާ އަލީވަހީދު. ކޮބާ އަމާލުކުލޫނީ. ފަލަސްތީނު ރައްޔަތުންނަށް މިކުރަނީއަކީ އަދި މާބޮޑު އަނިޔާއަކަށް ނުވަނީބާ. މިރާއްޖެއާއި އަޅައިގަނެ ނުނެއްޓީގެން މިއުޅެނީ މިތަނުގައި ކޮންޒާތެއްގެ އަނިޔާއެއް ކުރާތީބާ.
ޗަބީނޯ
19 July 2016
ބަލަ ޢަލީ ވަހީދު މިރާއްޖޭގައި އަޅައިގަތީ އޭނާ މިރާއްޖޭގެ ދަރިޔަކަށް ވެފައި އޭނާގެ ޙައްޤު ގެއްލި އަނިޔާ ލިބިފައިވާތީއެވެ. އެހެންވީމާ ނުނެއްޓެވެނީއެވެ.
ދޮން އާމިރު
26 September 2016
މިސަރުކާރަށް ކެރޭނެތަ އިޒުރޭލާ ގުޅުންކަނޑާލަން...