31 މާޗް 2018 - 10:06
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 31) – މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމުގެ ކުރިން އެމެރިކާގެ މޭޖާ ލީގުގެ އެލްއޭ ގެލެކްސީއާ ގުޅެން ބޭނުންވި ކަމަށް އެ ޓީމަށް ދާދި ފަހުން ބަދަލުވި ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ފޯވާޑް އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު އެލްއޭ ގެލެކްސީއާ ގުޅުނީ މިދިޔަ ހަފުތާގަ އެވެ. އޭނާ ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސީޒަނުގެ ފަހުކޮޅު ސީރިއަސް އަނިޔާއެއް ކުރިމަތިވި އެވެ. މި ސީޒަނުގައި އެނބުރި އައިސް މަދު މެޗުތަކެއް ކުޅެދިން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އިބްރަހިމޮވިޗް އަނެއްކާ ކުޅުމާ ދުރަށްދާން ޖެހުނެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކުރިން ހިނގަން ޖެހިފައި އޮތް ކަމެއް މިއީ. އަހަރެންގެ ސިކުނޑި އޮތީ މިތަނުގައި. އަހަރެން މިތަނަށް އަންނަން ބޭނުންވި،" އިއްޔެ ބޭއްވި ރަސްމީ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުންޏެވެ.
މި ވަގުތު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެ އެވެ. އޭނާ އެލްއޭ ގެލެކްސީ އަށް ދިޔައީ ވެސް ވޯލްޑް ކަޕަށް ފިޓްވާން ކަމަށް ވާހަކަދެކެވެ އެވެ.
"ފުރަތަމަ އަހަންނަށް މިތަނުގައި ހިތްހަމަޖެހުމެއް ހޯދިޔަދީ. މިތަނުގައި ހިނގާ ކަމަކުން ދެން އިތުރަށް ކުރިއަށްދާނީ،" އިބްރަހިމޮވިޗް ބުންޏެވެ. "އެކަމަކު އަހަރެންގެ ސަމާލުކަން ހުރީ ގެލެކްސީއަށް. ގެލެކްސީ އަށް ރަނގަޅަށް ތައްޔާރުވުން. ކުޅެވޭ ހާލަތުގައި ހުރުން. ކޯޗަށް އެހީވުން. ކްލަބަށް އެހީވުން. އެ މީހުން ބޭނުންވާ ކޮންމެ ކަމެއް."
އޭނާ ބުނީ ވޯލްޑް ކަޕަކީ އެހެން ސުވާލެއް ކަމަށާއި އޭނާ ކުރިން ވެސް ބުނި ފަދައިން، އެއްވެސް މީހަކު އެއްވެސް މީހަކަށް ގުޅަން ނުޖެހޭނެ ކަމަށާއި އެ މީހުން އޭނާ ބޭނުންވާ ނަމަ އެތާ ހުންނާނެ ކަމަށެވެ.
ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާން އަދި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ކުޅެފައިވާ އިބްރަހިމޮވިޗަކީ މި ޖީލުގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ސެންޓަ ފޯވާޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަޓޮސް
03 April 2018
މޮޅު ވާހަކަ ދައްކާނެ އެހެން.... އިރެއްގަ މޮޅަސް މިހާރު މޮޅު ނޫނިއްޔާ ބޮޑު އެއްވެސް ކްލަބަކުން ނުބަހައްޓާނެ....ބޮޑު އަގުދީފަ ގެންނަނީ ތަފާތު ދައްކަން... އެ ތަފާތު ނުފެންނަންޏާ ބިލިއަން ޑޮލަރު ހަރަދުކޮށްފަ ނުބަހައްޓާނެ އިރެއްގަ މޮޅަށް ކުޅުނޭ ކިޔާފަ....
އަމީތާބު
31 March 2018
އިބްރާހިމްބެ ވޯލްޑް ކަޕުން ފެންނާނެބާ؟
ސިންތިލީ ވޫމް
31 March 2018
މެންޗެސްޓާ ޔުނައިޓެޑުގެ ކުރިން ހިނގަން ޖެހިފައި އޮތް ކަމެއް ތީ، އެކަމަކު އޭރު ބޭނުންވީ ގިނަފައިސާ މިހާރު ވަޅޯވީމައި މެންޗެސްޓާ ޔުނައިޓެޑުުން އެވަރެއް ނުލިބޭނެވީޔާ....